ނިއު ޖާޒީގައި ދިރިއުޅެމުން އަންނަ އުމުރުން 81 އަހަރުގެ ވިންގާޓްގެ ކަރުގައި އުފެދިފައިވާ ބޮޑު ޓިއުމަރެއް ނަގައިފިއެވެ.

އޭނާގެ ކަރުގައި އުފެދިފައިވާ ޓިއުމަރު ނެގިއިރު އޭގެ ސައިޒު ވަނީ އޭނާގެ ބޯވަރުވެފައެވެ.

އޭނާގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ބުނީ، ފުރަތަމަ އޭނާ އަކަށް އެބަލި މީހާ ނުފެންނަ ކަމަށާއި ފުރަތަމަ ފެނުނީ ނަގާފައިވާ އެކްސްރޭއާއި އެމްއާރުއައި ރިޕޯޓްކަމަށެވެ. އަދި އެ ޓިއުމަރަކީ ނުރައްކާތެރި ބޮޑު ޓިއުމަރެއްކަން އެނގިފައިވަނީ އެރިޕޯޓްތަކަށް ބެލުމުން ކަމަށެވެ.


ވިންގާޓް ބުނީ، އެ ޓިއުމަރުގެ ސަބަބުން އޭނާއަށް ގެއިން ބޭރަށް ނިކުންނަން ޖެހިލުންވާ ކަމަށެވެ. ސަބަބަކީ އޭގެ ސައިޒުބޮޑުވެފައި އެއްވެސް ގޮތަކަށް ފޮރުވޭނެ ގޮތެއް ނެތުމުން ކަމަށެވެ. ވިންގާޓް ބުނެފައިވަނީ އޭނާ ކުރިން ބެލި ޑޮކްޓަރުން އެޓިއުމަރު ނަގައިފިނަމަ އޭނާގެ ނާރުގެ މައްސަލައެއް ދިމާވެދާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

އޭނާގެ ކަރުގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ކުރި އޮޮޕަރޭޝަން ވަނީ 7 ގަޑި އިރަށް ދިގު ދެމިގެން ގޮސްފައެވެ. ކާމިޔާބު އެ އޮޮޕަރޭޝަނުން ވިންގާޓްގެ ހާސްވުންތައް ވަނީ ނިމުމަކަށް އައިސްފައެވެ.

ވިންގާޓްގެ ކަރުގައި އުފެދިފައިވާ ޓިއުނަރު އޮޮޕަރޭޝަންކޮށް ނަގާފައިވަނީ ނިއުޔޯކުގައި ހުންނަ މައުންޓް ސިނައި ހޮސްޕިޓަލުންނެވެ. އޭނާ ބުނީ، އެ އޮޕަރޭޝަން ކޮށްފައިވަނީ ކެރޭ ކުޅަދާނަ ހުނަރުވެރި ޑޮކްޓަރުންގެ ޓީމަކުން ކަމަށެވެ.

ކާމިޔާބު އޮޕަރޭޝަނަކަށްފަހު ވިންގާޓްވަނީ މިހާރު ގެއަށް ދޫކޮށްލެވިފައެވެ. އޭނާ ގެއަށް ދޫކޮށްލެވިފައިވި ކަމުގައިވިއަސް އަދިވެސް އޭނާގެ ކަރުގައި ނުނެގިފަ ހުރި ކުދި ކުދި ޓިއުމަރުތަކެއް އެބަ ތިބި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެ ޓިއުމަރުތަކަށް ފަރުވާ ހޯދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު