"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" ފީޗާ ފިލްމްތަކުން އެންމެ މޮޅު އަންހެން ތަރިއަކަށް އައިޝަތު ރިޝްމީ ރަމީޒް (ވިޝްކާ) ހޮވިއްޖެއެވެ.
ރިޝްމީ އަކީ ފިލްމީ އާއިލާއަކަށް ނިސްބަތްތާ ތަރިއެކެވެ. ވީޑިއޯ ލަވަތަކާއި، ހުކުރު ވިލޭރޭ، ފަދަ ފިލްމްތަކުން އެތައް ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ރިޝްމީއަކީ ސާކްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ފިލްމް ވިޝްކާއިން ހޯދާފައިވާ ތަރިއެއްވެސް މެއެވެ.
ވިޝްކާ ފިލްމަކީ ރިޝްމީ ޕްރޮޑިއުސްކޮށް، ޓައިޓްލް ރޯލް ކުޅުނު ފިލްމެކެވެ.
ރިޝްމީގެ އިތުރުން މޮޅު އެކްޓްރެސްއަށް ދެން ނޮމިނޭޓްވި ތަރިން
- މަރިޔަމް އައްޒަ (މީ ލޯތްބަކީ)
- މަރިޔަމް އައްޒަ (ހައްދު)
- މަރިޔަމް މަޖުދާ (ވަކިން ލޯބިން)
- ނުޒުހަތު ޝުއައިބް (މަލިކާ)
މިރޭ އޮލިމްޕަހުގައި ކުރިއަށްދިޔަ ހަފްލާގައި ރިޝްމީ އާއި މި އެވޯޑް ހަވާލުކޮށްދިނީ ބަތަލާ ނިއުމާ އަބްދުﷲގެ އިތުރުން، މަތީނެވެ.
މި އެވޯޑާއި ހަވާލު ވުމަށްފަހު ރިޝްމީ ބުނީ، އެންމެ ފުރަތަމަ ޝުކުރު އަދާ ކުރާނީ މަންމަ އަށާއި، ބައްޕައަށް ކަމަށާއި، އެއީ ފިލްމީ ދައިރާއިން ކުރިއަށްދިއުމަށް ސަޕޯޓް ދޭތީ ކަމަށެވެ.
"އަދި ރަވީ، ... އަދި ވިޝްކާ ޕޮސިޕަލްކޮށްދިނީމަ ވަރަށް ބޯޑަށް ތެންކިއު". ރިޝްމީ ބުންޏެވެ.
ރިޝްމީ ނިންމާލުމުން ބުނީ، ވިޝްލިސްޓުގައި ހުރި ހުރިހާ އެއްޗެއް ހަމަވީ ކަމަށެވެ.
މަ ހަމަ ހައިރާންވެއްޖެ ތިކަމާ
އަޅެ ދަރާ ރަޝީދު މޯދީއާ ވައްތަރެއް ނޫންތަ މިރޭ؟
އައްޒަ މާ ބޮޑަށް ވެސް މިފަހަރު ރަނގަޅު.. ރިޝްމީ އަށް އެވޯޑު ލިބުނީމަ އެންމެ ދެރަވެގެން އަމިއްލަ ކޮއްކޮ އަށާއި މަންމަ އަށް ޝުކުރު އަދާ ކުރަން ނޭނގުން.. އެކަމަކު ރަވީ މަތިން ހަނދައިން ހުރި.. ވަރަށް ހެއްވާ.. ??
ޙަބަރު އެއްކޮއް ކިޔާފަ ކޮމެންޓް ކޮއްބަލަ ގަމާރާ
ޢައްޒަ އެއި މާ ރަނގަޅު މީހެއްތަ ؟
މީދެން ކޮންކަމެއް އަޅެ
ރިޝްމީއާ އައްޒައާ ދެމެދު ކްލޭޝްއެއް އޮންނަހެން ވަރަށް ފާހަގަކުރެވޭ. ވަރަށްދެރަ އަމިއްލަ ކޮއްކޮއަށް ޝުކުރުގެ ބަހެއް ނުބުނީމަ. އައްޒަނަމަ ބުނީސް ކުޑަދައްތައަށް ތެންކްޔޫއޭ.
ރިޝްމީ ކިތަންމެހާ ވެސް މޮޅު އެކަމަކު އައްޒައާ ވާދަކޮށްގެން ވަނަ ހޯދާވަރަކަށް ނޫން. އައްޒަ ހަމަ ބެސްޓް
ބައިސްކޯފުން ދައްކާ ޑްރާމާ ސީރީޒްތަކަށް ކީއްވެ އެވޯޑު ނުދެނީ. ވަރަށް އާ ހުނަރުތައް އެބަ ފެނޭ، އަދި ހުވާ ވެބްސީރީޒްގެ ތަރިން ވަރަށްވެސް ކުޅަދާނަ.
ރިޝްމީ ހާދަ ރީތި ތަޅައިގެންގޮސް އިން ސާޅިއެއް އަޅައިގެން
އެންމެ ހެއްވާ ތަންކޮޅަކީ މުޅި ރާއްޖޭގައި ތިބެނީ އެންމެ ދެ ފަންނާނުން ، އެވޯޑެއް ލިބުނަސް ލިބެނީ އެ ދެ ފަންނާނުން ށް... ?????