މިރޭ ކުރިއަށް ދިޔަ ދިވެހި ފިލްމް އެވޯޑްސް ހަފްލާއަށް ދައުވަތު ދެއްވާފައި ނުވާތީ ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ރީކޯ މޫސާ މަނިކު ހިތުގައި ޖެހިއްޖެއެވެ.

މޫސައަކީ ކުރީގެ ގިނަ ފިލްމްތަކުން ފެނިގެން ދިޔަ ތަރިއެކެވެ.

ރީކޯ މޫސާ ވަނީ މިރޭ ކުރިއަށްދިޔަ ފިލްމް އެވޯޑްސް ހަފްލާއަށް އޭނާ އަށް ދައުވަތު އަރުވާފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ މިރޭ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ކޮށްފައިވާ ޓްވިޓެއްގައި ވިދާޅުވީ، އޭނާ 15 އަހަރު ވަންދެން ފިލްމު ކުޅެފައި ދުރުގައި ހުއްޓަސް ދައުވަތު ދެއްވި ނަމަ ޖަލްސާއަށް ވަޑައިގަތުމަށް ރަނގަޅު ވާނެ ކަމަށެވެ.

"15 ވަރަކަށް އަހަރު ފިލްމު ކުޅެފަ މިހާރު ދުރުގަ ހުރިކަމަށް ވިޔަސް، އެވޯޑު ޖަލްސާއަށް ދައުވަތު ދިން ނަމަ ރީތި ގަމީހެއް ލައިގެން އެތާ އިނދެލަން އަދިވެސް ކުމުދާނެ؟" މޫސާ ކުރެއްވި ޓްވިޓުގައި ބުނެފައިވެއެވެ.

މޫސާގެ ޓްވިޓުން ދޭހަވެފައިވަނީ އެއީ ޒާތީ މައްސަލައެއް ގޮތަށެވެ.

"މާ ބޮޑަށް ޒާތީ ނުވެ މިކަހަލަ ކަންކަމަށް ގޮވާލާނަމަ؟" މޫސަގެ ޓްވީޓުގައި ވެއެވެ.

މޫސާ މިގޮތަށް މިއީ ޒާތީ ކަމެއް ކަމަށް ދެކެފައިވާއިރު، މީގެ ކުރިންވެސް ފިލްމީ ދާއިރާގެ މަޝްހޫރު އެތައް ފަންނާނުންނެއް ވަނީ ދިވެހި ފިލްމު އެވޯޑްސް ވަނީ ޒާތީވެފައި ކަމަށް ބުނެފައެވެ.

ރީކޯ މޫސާ އަކީ ދިވެހި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަންވެސް ކޮށްފައިވާ ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅެކެވެ. އޭނާ ވަނީ އެންމެ ފަހުންވެސް ބޭއްވި ފިލްމު އެވޯޑްސް ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖިން

    ތިބޭކާ ރު މީހެއް

    15
    26
  2. ރަންގޮމާ

    މަނިކުފާނަކީ މިހާރު ބޭކާރު ބޮލެއް.

    16
    26
  3. ޢާސީ

    ތީ މިހާރު ބޮލެއް އެންޑީޕީ ހަލާކުކުރި ކަތުރުފަނި

    10
    12
  4. ނަން

    އަމިއްލަ އަންނައުނު ބަދަލުުރާ އުސޫލުން ޕާޓީ އެބަ ބަދަލުކުރޭ. އެހެން އުޅޭ މީހަކަށް މީހަކު އިހުތިރާމެއް ނުކުރާނެ.

    12
    9
  5. Anonymous

    ރީކޯ މޫސަ އަކީ މިރާއްޖޭގައި އުފެދުނު އަމިއްލަވަންތަ ގޮތަކަށް ފިލްމުތަކުގައި އެކްޓް ކުރަމުންދިޔަ މީހެއް.
    މިހާރު މަޝްހޫރު ވެގެންއުޅޭ ޔޫއްޕެއަކީވެސް މޮޅުމީހެއް. އެހެނަސް ޔޫއްޕެގެ ކޮންމެ ހަރަކާތެއްވެސް ހުންނާނީ ސާހްރުކްހާން އަކުރުން އަކުރަށް ކޮޕީކޮށްފައި. އަމިއްލަ ވަންތަ ކަމެއްނެތް.

    14
    1
  6. ރިސީ

    ރިޝްމީ އެއްޗެއް ދިނީތަ؟

    3
    2