އެއްމާބަނޑު ތިން ދަރިން ލިބުމުން އަނބިމީހާ ދޫކޮށްލުމަށް ފަހު ދެކުނު އެފްރިކާގެ ފިރިހެނަކު ފިލައިފިއެވެ.
ފަސް ކުދިންގެ މަންމަ ބުނީ ދެމަފިރިން ކައިވެނި ކޮށްގެން އުޅޭތާ 12 އަހަރު ވެފައިވާ ކަމަށާއި އެންމެ ފަހުން އެއްމާބަނޑު ތިން ކުދިން ލިބުމުގެ ކުރިން ދެކުދިން އެދެމަފިރިންނަށް ލިބިފައިވާ ކަމަށެވެ.
އުގޯމާ ކިޔާ އަންހެން މީހާ ބުނީ ނިކަމެތި ދިރިއުޅުމެއް އުޅެމުން ދިޔަ އޭނާ އާއި ދަރިންނަށް ފިރިމީހާ އެމީހުން ދޫކޮށްފައި ދިއުމުން މިހާރު ވަނީ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހި ސަލާންޖަހަން ޖެހިފައެވެ.
ތިން ކުދިން ވިހަން އުގޯމާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ފިރިމީހާގެ އެއްވެސް ޚަބަރެއް ނުވެއެވެ. ފިރިމީހާގެ ފޯން ރިންގްވި ނަމަވެސް ފިރިމީހާ ފޯނަށް ޖަވާބު ނުދޭ ކަމަށް އުގޯމާ ބުންޏެވެ. އުގޯމާ ބުނީ ފިރިމީހާ މިހާރު ވެސް ފިރިމީހާގެ އާއިލާ މެމްބަރުންނަށް ފޯނުކޮށް ހަދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ފިރިމީހާ ހުރީ ގަދަވެ ސަލާމަތުންކަން އެނގެއެވެ.
އެހެންކަމުން އުގޯމާ ލަފާކުރަނީ ފިރިމީހާ އޭނާ އާއި ދަރިން ދޫކޮށްލާފައި ދިޔައީ އިތުރު ތިން ދަރިން ލިބުމުން އިތުރު ޚަރަދުތަކެއް ކުރަން ޖެހޭތީއެވެ.
އުގޯމާ ބުނީ ތިން ދަރިން ލިބިގެން މިވީ ދެތިން މަސް ދުވަސް ތެރޭގައި އޭނާ ވަރަށް ނިކަމެތި ހާލުގައި އުޅެން ޖެހުނު ނަމަވެސް އަދިވެސް ފިރިމީހާ އޭނާ ކައިރިއަށް އަތުވެއްޖެނަމަ މަޢާފު ކުރުމަށް ފަހު އާ ފެށުމަކުން ފަށަން އޭނާ ހުރީ ތައްޔާރަށެވެ.
ތީ ފިރިހެނެއްވެސް ނޫން. ފިނޑިހެނެއް!
ބައެއް ފިރިހެނުންގެ ފެންވަރު...
މަގޭ ބަފާބެ މިއަންހެންމީހާ އާ ކައިވެނި ކުރަން ފެނޭ
ކުރިންތިބި 2ކުދިންނާއެކު އުގޫމާ އަށް 5000 ރުފިޔާ ލިބޭތޯ ބެލުމަކީ ރައީސް އިބޫ ސާލިހު ބަލަން ޖޭހޭކަމެއް. އެކަން ކަޝަވަރުކުރުމަކީ ވަގުތު ނޫސް ގެ މަސްއޫލިއްޔަތެއް.
ޢަހަރެމެން މި އުޅެނީ ދަރިން ނުލިބިގެން.
ކައިވެންޏަށް 10 އަހަރު. ޔާﷲ. ދަރިން ނުލިބިގެން މަސައްކަތް ކުރާ މުސްލިމް އަހުންނާ، އުހުތުންނަށް
ސަލާމާތް ސިއްހަތެއްގައިވާ ކުދިން ދެއްވާން ދޭވެ.