ބޮލީވުޑްގެ ބަތަލް ސްލްމާން ޚާން އާއި ތަރި ކެޓްރީނާ ކައިފްއާ ދެ މީހުންގެ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ. މި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުލުމެއްވެސް އޮތް ދުވަސްވަރެއް ދިޔައެވެ. ނަމަވެސް ދެ މީހުންގެ އެ ގުޅުން ވަނީ ކެނޑިފައެވެ. އެއާއެކު ދެ މީހުން އުޅެމުން ދިޔައީ ރަހުމަތްތެރިކަމުގައެވެ.
މި ދެ މީހުން އަދިވެސް ގުޅުމަކީ އުއްމީދެއްކަަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. ސަލްމާންގެ އުޅުން ހުންނަގޮތުން އަދިވެސް ވަރަށް ބޮޑަށް ކެޓްރީނާ ދެކެ ލޯބިވާކަން ހާމަވެއެވެ.
މިގޮތުން ވަރަށް ފަހުން ބޭއްވި ރިއަލިޓީ ޝޯވއެއްގެ ތެރޭގައި މި ދެތަރިން އެކުގައި އަރައިގެން އެ ޝޯވގައި ބައިވެރިވީ އެ މީހުންގެ ފިލްމެއް ޕްރޮމޯޓް ކުރުމަށެވެ. އެ ޝޯވގެ ތެރެއިން ކެޓްރީނާއަށް ރޮވެން ފެށުމުން އެތަން ބަލާކަށް ސަލްމާންއަކަށް ނުހުރެވުނެވެ. ކެޓްރީނާ ރޯތަން ބަލާފައި ސަލްމާންއަށް ވަރަށް ބޮޑަށް އަސަރު ކުރިކަން އޭނާގެ ލޯމަތިންވެސް ވަރަށް ބޮޑަށް ހާމަވެއެވެ.
https://www.instagram.com/p/BhcxFj2FoGW/?utm_source=ig_embed
ކެޓްރީނާ ރޯން ފެށުމުން ސަލްމާން ޕާފޯމެންސްތަަަކަށްވެސް ސަމާލުކަމެއް ނުދެވުނެވެ. އޭނާ ބޭނުންވީ ކެޓްރީނާގެ ރުއިން ހުއްޓުވާށެވެ.
ސަލްމާން ވަނީ ކެޓްރީނާގެ ލޮލުން ކަރުނަ ފޮހެ ދިނުމަށް ޓީޝޫވެސް ދީފައެވެ. އަދި އެ ޝޯވ ނިމުމާއި ހަމައަށް ސަލްމާން ވަނީ އެކި އެއްޗެހި ކިޔައިގެން ކެޓްރީނާ ހައްދަންވެސް މަސައްކަތްކޮށްފައެވެ.
މިއީ ސަލްމާން އަދިވެސް ކެޓްރީނާ ދެކެ ލޯބިވާކަން މާބޮޑަށްވެސް ހާމަވާ ކަމެއްކަން އިނގެއެެވެ.
ވެން އިޓް ކަމްްސް ޓު ޔޫ ކާންޓް ހޯލްޑް ދަ ޓިއަރސް އޮފް މައި އައިޒް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ނޯ އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ވެން އިޓް ކަމްސް ޓު ޔޫ ވެން އިޓް ކަމްްސް ޓު ޔޫ އިޓްސް އޯލް ޔުއަރސް ޓު ކީޕް ފޯރ އެވަރ. ޑާންްސް ޑާންސް ޑާްންސް ޑާންސް.
ޑާންސް ޑާންސް