ގޮޑިއެއް ބިންމަތިން އުފުލުމަކީ ފިރިހެނުންނަށް ވަރަށް ފަސޭހަ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް މިހާރު އާއްމުވެފައިވާ "ޗެއާ ޗެލެންޖް" ވެފައިވަނީ ފިރިހެނުންނަށް ކުރަން އުނދަގޫ، އެކަމަކު އަންހެން ވެރިންނަށް ފަސޭހަ ކަމާއި އެކު ކުރެވޭ ކަމަކަށެވެ.
"ޗެއާ ޗެލެންޖް" ގެ ވީޑިއޯ މުޅި މީސްމީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ މިކަން ކޮށް، މީސްމީޑިއާގައި ވީޑިއޯ އަޅާމުންނެވެ.
މި ޗެލެންޖުގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ، ފާރުގައި ފައި ޖައްސައި ފަހަތަށް ތިން ފިޔަވަޅު އެޅުމެވެ. އަދި އޭގެ ފަހުން ޖެހެނީ އުނަގަނޑުން ލަންބައި ބޯ ފާރުގައި ޖައްސާށެވެ. އަދި އޭގެ ފަހުން ބޯ ފާރުން ނުނައްޓައި ޖެހެނީ ގޮޑި ބިންމަތިން ހިއްލާލަންށެވެ. އެއަށްފަހުން އިތުރު އެއްވެސް ތަނެއްގެ ބާރަކާއި ނުލައި ޖެހެނީ އުނަގަނޑު ސީދާ ކޮށްލާށެވެ.
So we broke down and made a @tiktok_us
Follow us @jc_cardinals!
For our first video we had to try the chair challenge... pic.twitter.com/r7wbke3eau
— Johnson City Doughboys (@JC_Doughboys) November 19, 2019
ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ވަރަށްވެސް ފަސޭހަ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ގިނަ ފިރިހެނުންނަށް މިކަން ކުރަން ވަރަށް އުނދަގުލެވެ. މިގޮތުން މިކަން ކުރަން އެންމެ އުނދަގޫވަނީ ފިރިހެންނުންނަށް ކަމަށް މިހާރު ދައުރުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ފިރިހެނުންނަށް އެކަން ނުވެ އަންހެނުންނަށް އެކަން ކުރަން ފަސޭހަވެފައިވާ ބައެއް ސަބަބުތައް ބުނެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ފިރިހެނުންގެ ފައި ދިގުވީމަ އުނަގަނޑުން ލަންބައި ސީދާ ކުރަން އުނދަގޫވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ ފިރިހެނުންގެ ސެންޓަރ އޮފް ގްރެވިޓީ އާއި އަންހެނުންގެ ސެންޓަރ އޮފް ގްރެވިޓީ ތަފާތު ވުމުން މިކަން މިގޮތަށް ދިމާވެދާނެ ކަމަށެވެ.
މި ޗެލެންޖް ގިނަ ފިރިހެނުންނަށް ނިންމިފައިނުވާއިރު ބައެއް ފިރިހެނުންވަނީ ޖެހިލުމެއް ނެތި މިކަން ކޮށްލާފައެވެ.