އެ ފެންނަ ފޮޓޯ އަށް ބެލުމަށް ފަހުގައި ކޮންމެ މީހަކުވެސް ހީކުރާނީ އެ ފެންނަނީ ބުދެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ ތުއްތު ކުއްޖެކެވެ.

އިނގިރޭސިވިލާތުގެ ޑާބީ އަށް ނިސްބަތްވާ މައިކަލް ވިންޓަން އަކީ އުފެދުމުގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ހަމުގެ ބައްޔެއް ޖެހިފައެވެ. ހާލެކުއިން އިޗްތިއޮސިސްގެ ނަން ދެވިފައިވާ މި ބަލީގެ ސަބަބުން މައިކަލްގެ ހަންގަނޑަށް އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ.

މައިކަލް

ކޮންމެ 4 ގަޑިއިރުން މައިކަލްގެ މަންމަ، އޭނާގެ މުޅި ގައިގައި ލޯޝަން ކާހަން ޖެހެއެވެ. މިހެން ކަންތައް ނުކޮށްފިނަމަ އޭނާގެ ހަންގަނޑު ހަރުފައެއް ފަދައިން ފައިބާ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ. މައިކަލްގެ ހަންގަނޑަށް ކުރާ އަސަރުގެ ސަބަބުން ހެލިފެލިވެ އުޅެން އޭނާ އަށް އުނދަގޫ ވާއިރު، އަތްވައް ނުކުތުމުން އޭނާ އަނދާފާނެ ކަމުގެ ބިރުވެސް އޮވެއެވެ.

މައިކަލް ވިހެއި ހަފްތާ ތެރޭގައި ޑޮކްޓަރުން ވަނީ އޭނާ ދިރިހުރުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އޭނާގެ އުމުރުން 2 އަހަރުުވެފައި ވާއިރު އަދި ހިތާމަވެރި ހާދިސާ އެއް ނުހިނގައެވެ.

މައިކަލް އޭނާގެ މަންމަ އާއި އެކު

މައިކަލްގެ މަންމަ ބުނެފައިވާ ގޮތުގައި މީހުން އޭނާގެ ދަރިފުޅަށް ވަރަށް އިހާނެތިކޮށް ހިތާ ކަމަށާއި މަގުމަތިންނާއި ފިހާރަތަކުން ފެނުމުން މައިކަލް އަކީ ބުދެއްތޯ ސުވާލުވެސް ކުރާ ކަމަށެވެ. އަދި އޭނާ އަށް ގޮވައި، ޖެއްސުންކޮށް ހަދާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މައިކަލްގެ ހަންގަނޑު ހިކޭ ވަގުތު އޭނާގެ ދެ ލޮލާއި ތުންފަތަށް ވަރަށް ބާރު ކުރާނެއެވެ. ތިރީގައި އެވާ ފޮޓޯއިން މި ބަލީގެ ސަބަބުން އޭނާ އުޅެން ޖެހޭ ހާލު ވަރަށް ރަނގަޅަށް ފެނިގެން ދާނެއެވެ.

މައިކަލްގެ ހަންގަނޑު ހިކިފައި