ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު އެކުދިންގެ ގިނަ ވަގުތުތައް ހޭދަ ކުރަނީ ގޭގައެވެ. ބޭރަށް ދިޔަސް ދާނީ ބޮޑު މީހަކާއި އެކު ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް އެ ކުދިންގެ ސިއްޙަތައް އެންމެ ފައިދާ ބޮޑު ވާނީ ކޮންމެ ދުވަހަކުވެސް ކިތައް ގަޑިއިރު ބޭރުގައި އުޅުމުންކަން އެނގޭ ހެއްޔެވެ؟

މީގެ 100 ވަރަކަށް އަހަރު ކުރިން ދިރިއުޅުނު މޮޅު ޓީޗަރެއް ކަމުގައިވާ ޗާލޮޓް މޭސަން ބުނެފައިވަނީ ކުޑަކުދިން ބޭރުގައި 4-6 ގަޑިއިރު ބޭރުގައި ހަފްތާ އަކު 3 ނޫނީ 4 ދުވަހު ހޭދަ ކުރުމުން އެ ކުދިންގެ ހެދިބޮޑުވުމަށް އޭގެ ފައިދާތައް ކުރާނޭ ކަމަށެވެ.

އޭރު ޗާލޮޓް އެހެން ބުނުމުން އެއްވެސް ބަޔަކު އެކަން ގަބޫލު ނުކުރި ނަމަވެސް، 100 އަހަރު ފަހުން، މިހާރުގެ ސައިންސްވެރިންވެސް މިވަނީ ޗާލޮޓްގެ ވާހަކަ އަކީ ހަގީގަތެއް ކަމަށް ބުނެފައެވެ.

މިގޮތަށް ހަމަހިމޭން މާހައުލެއްގައި ކުޑަކުދިން އެގޮތަށް އެކަނި ނުވަތަ ރަހުމަތްތެރިން ތަކަކާއި އެކު ނަމަވެސް ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ދިނުމުން އެކުދިންގެ ލޯތައް ވަށައިގެންވާ މާހައުލަށް ބޮޑަށް ހުޅުވި، ސިކުނޑި ވަރަށް ބޮޑުތަކުން ތަރައްގީވެގެން ދާނެއެވެ.

ޅަ އުމުރުގައި ކުދިންގެ ސިކުނޑި ތަރައްގީވުމުގެ ސަބަބުން އެކުދިން ކިޔަވަން ފަށާއިރުގައި ކިޔަވަން ފަސޭހަވެ، ފާހަގަކޮށްލެވޭ ކުއްޖަކަށް ވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ. އެހެންކަމުން މިއީ ކުޑަކުދިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ.