ބޮލީވުޑްގެ އެންމެ ރީތި ތަރިންގެ ތެރޭގައި ހިމެނެ ވިދްޔާ ބާލަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

އޭނާ ރާއްޖެ އައިސް، ބައެއް ދިވެހި ފޭނުންނާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އޭނާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެއެވެ. އޭނާ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިކަން އެއްވެސް އިންޑިއާ މީޑިއާއަކުން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ސިިދާތް ރޮއި ކަޕޫރާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިދްޔާ އެންމެ ފަހުން ކުޅުނު ފިލްމް ދަ ހިއުމަން ކޮމްޕިއުޓަރުގެ ޝޫޓިންގތައް ނިންމާ މިހާރު އެ ފިލްމް އެޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އުމުރުން މިހާރު 40 އަހަރު ފުރިފައިވާ ވިދްޔާ އަކީ ފިލްމީ ދާއިރާއިން އެވޯޑްތައްވެސް ހާސިލްކޮށްފައިވާ ތަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި އަބަދުވެސް ބޮޑު މަގުބޫލުކަމެއް އޮންނަ ގައުމެކެވެ.