ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރްއަކީ ޅަ އުމުރުގައި ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދި ފަރާތެކެވެ. އެގޮތުން އޭނާ ވަނީ ވެއިޓްރެސްއެއްގެ ގޮތުގައިވެސް ދުވަސްކޮޅަކަށް މަސައްކަތްކޮށްފައެވެ. ސޯނަމް ކަޕޫރް އެންމެ ފުރަތަމަ ފެނިގެންދިޔަ ފިލްމަކީ ސާވަރިޔާއެވެ. އެހެންނަމަވެސް އޭނާ ވަނީ އޭގެ ކުރިން އެސިސްޓެންޓް ޑިރެކްޓަރެއްގެގޮތުގައި ސަންޖޭ ލީލާގެ ބަންސާލި ފިލްމުގައިވެސް މަސައްކަތްކޮށްފައެވެ.

ސަންޖޭ ލީލާ އެތަނުން ސޯނަމްއަށް ދޮޅު އަހަރުވަންދެން ފިލްމީ އިންޑަސްޓްރީއަށް ނިކުތުމަށް ވާހަކަދައްކައި ނަސޭހަތްދިންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސާވަރިޔާއިން ސޯނަމް އެންމެ ފުރަތަމަ ފެނިގެންދިޔައިރު އޭނާ ވަނީ އެ ފިލްމް ކުޅުމަށްޓަކައި 30 ވަރަކަށް ކިލޯ ބަރުދަނުން ލުއިކޮށްފައެވެ.

ސޯނަމް އަކީ ފެޝަން އައިކަންއެއްގެ ގޮތުގައި ބެލެވޭ ފަރާތަކަށްވާއިރު އޭނާއަކީ ފެޝަންގެ ހަބަރުތަކުގެ އިތުރުން ދުނިޔޭގެ އެކި ހަބަރުތައް ކިޔައި އުޅޭ ފަރާތެއްވެސްމެއެވެ. އެގޮތުން ސޯނަމް އަކީ ވަރަށް ވާހަކަފޮތް އަދި ހަބަރު ކިޔާ އުޅޭ ފަރާތެކެވެ. އެއީ ފެޝަންގެ އެންމެ ފަހުގެ ހަބަރުތައްވެސް ސޯނަމް ދެނެގަންނަ އެއް ގޮތެވެ.

އަރްޖުން ކަޕޫރްއަކީ އެންމެންވެސް ދަންނަގޮތުގައި ސޯނަމްގެ ދެބެއިންގެ ދަރި ފަރާތެކެވެ. އެކަމަކު ރަންވީރް ސިންގްއަކީވެސް ސޯނަމްގެ މަންމަގެ ފަރާތުން އާއިލާއާއި ގުޅިފައި އޮންނަ ފަރާތެއްކަން ދަންނަނީ ކިތައް ބޭފުޅުންތޯ؟ ސޯނަމް އަކީ ސެންޓުތަކަށްވެސް ވަރަށް ލޯބި ކުރާ ފަރާތެކެވެ.

އެގޮތުން އޭނާއަކީ ކޮންމެ ކޮންމެ ސެންޓެއް ޖެހުމަށް ދެކޮޅުހަދާ ފަރާތެކެވެ. ސޯނަމް އެންމެ ގަޔާވާ ސެންޓަކީ ޝެނެލް ނަމްބާރ 5 ޖޯން ޕޯލް ގޯޓިއާރ ކްލާސިކް އަދި މައިކަލް ބައި މައިކަލް ކޯރސްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާލިޔާ

    ސޯނަމް ނޫނަކަސް މަހިތުން އެއްވެސް މީހަކު ހަމަ ކޮންމެ ކޮންމެ ސެންޓެއް ނުޖަހާނެ އެމީހަކަށް މީރު ވަސް ދުވާ ވައްތަރެއް ހޯދައިގެން ޖަހާނީ