ބޮލީވުޑްގެ ބަތަލާ އަދި ރީތީގެ ރާނީގެ ލަގަބް ލިބުނު އައިޝްވާރީޔާ ރާއީ ބަނޑުބޮޑުތޯ ގިނަބައެއްގެ ސުވާލުތައް އަމާޒުކުރަމުން ދަނީ، އޭނާގެ ފިރިމީހާ އަބިޝޭކް ބަޗަން ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

އަބިޝޭކް މި މަހުގެ 21 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ، އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ދޭން ބޭނުންވާ ކަމަށެވެ. އަދި ޓިއުން ކޮށްގެން ތިބުމަށް އޭނާ ވަނީ އެދިފައެވެ.

އެ ޓްވީޓާއެކު ގިނަބަޔަކު ބަލަމުންދިޔައީ އައިޝްވާރިޔާ ބަނޑުބޮޑުކަމުގެ އުފާވެރި ހަބަރު އޭނާ ދޭން އުޅެނީ ކަމަށެވެ. ނަމަވެސް އައިޝްވާރިއާ ބަނޑުބޮޑުކަމަށް އަބިޝޭކް އެއްބަހެއް ނުވިއެވެ.

އޭނާ ދިން އެ ސަޕްރައިޒަކީ އޭނާގެ ބައްޕަ ފެނިގެންދާ ފިލްމް ޖުންޑުުގެ ޓްރޭލާ ކަމަށް ވެއެވެ. އެ ފިލްމްގެ ލީޑް ތަރީގެ ގޮތުގައި ފެނިގެން ދާނީ އޭނާގެ ބައްޕަ އަމީތާބް ބަޗަން އެވެ.

އަބިޝޭކްވެސް ހުރީ އެ ފިލްމާއި ހެދި ވަރަށް ބޮޑަށް އުފާވެފައެވެ.

އެ ފިލްމް ނެރުމަށް ހަމަޖެހިގައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަސް ތެރެގައެވެ. އެ ފިލްމްގެ ލީޑް ރޯލުން އަމިތާބް ބަޗަން ފެނިގެންދާއިރު، އަކާޝް ތޮަސަރް އާއި ރިންކޫ ރާޖްގުރޫ އެ ފިލްމުން ފެނިގެން ދާނެއެވެ.

މިއީ ސްޕޯޓްސް ފިލްމެކެވެ. މި ފިލްމްގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.