ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ދިވެހި ވެބްސީރީޒް "ހުވާ" ސީޒަން ދޭއްގެ ފުރަތަމަ އެޕިސޯޑް މިރޭ ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

އެ ސީރިސް ދައްކަމުން ދަނީ ބައިސްކޯފް އެޕުންނެވެ. މިއީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާގެ ބުރަ މަސައްކަތެކެވެ.

ނަހުލާގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑް މިރޭ 9:00 ގައި ބައިސްކޯފުން ދައްކަން ފަށާނެއެވެ.

ހުވާ ސީޒަން އެކެއްގައި ހިމެނޭ މައިގަނޑު ތަރިންނާއި ބައެއް އާ ތަރިން ހިމަނައިގެން ގެނެސްދޭ ހުވާ ދޭއްގެ ރަހަގަނޑު ޔަގީނުންވެސް ވަރަށް ހެޔޮވަރުވާނެއެވެ. ނަހުލާގެ ފިލްމްތަކާއި ވާަހަކަތަކަކީ އަސަރުގަދަ އެއްޗެއްސެވެ.

https://www.facebook.com/1750964688277651/posts/3576286585745443/

ބެލުންތެރިންގެ ބޮޑު ޝައުގުވެރިކަމެއް ލިބުނު ހުވާ ފުރަތަމަ ސީޒަން ވަރަށް ކާމިޔާބުކަމާއެކު ނިންމާލިއިިރު، ދެވަނަ ސީޒަންގައި ދެން ވާނީ ކިހިނެއްބާއޭ ގިނަބައެއްގެ ހިތުގައި ސުވާލު އުފެދޭނެއެވެ.

ސީޒަން ދޭއެއްގެ ޓްރެއިލާގައި ފައިސަލު ބުނަނީ " އެންމެންނަށް ވެސް ހީވާނެ އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ހާސްކަމެއްް ފިލައިގެން ގޮސް އަލުން އުފާވެރި ދުވަސްތައް ފެށުނީ އޭ. އެކަމަކު ކަންވީ އެހެނެއް ނޫން. އަހަރެމެންގެ ދިރިއުޅުމުގައި ހަނގުރާމަތައް އަދި މި ފެށުނީއެވެ.

އިންތިޒާރުކޮށްލާށެވެ.