ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމުގެ މަތިން މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ސަސްޕެންޝަން އުވާލައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނަހުލާ ސަސްޕެންޑު ކުރީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ކަނޑައެޅުމުންނެވެ.

ސުލޫކީ ކޮމެޓީން އެގޮތަށް ނިންމުމުން ނަހުލާ ސަސްޕެންޑް ކުރީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ހަ މަސް ދުވަސް ވަންދެން ވާދަ ނުކުރެވޭ ގޮތަށެވެ. ނަމަވެސް އެ މައްސަލަ ރިވިއު ކުރުމަށް ފަހު ޕާޓީން ވަނީ ފިޔަވަޅުތައް އުވާލާފައެވެ.

މިކަމާއި ގުޅިގެން ނަހުލާ ވިދާޅުވީ ޕީޕީއެމުން އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލި ކަން މިހާރު އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި ފިޔަވަޅުތައް އުވާލީ ސީދާ ޔާމީންގެ އެންގެވުމަށް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ ރައީސް ޔާމީން. އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުވެ އަބަދުވެސް ހުންނާނެ" ނަހުލާ ވިދާޅުވިއެވެ.

ނަހުލާއާ ގުޅުވައިގެން ތަފާތު އެކި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތި ވެފައިވެއެވެ. އެގޮތުން ކައުންސިލަރުންތަކަކަށް ބިރު ދެއްކި ކަމަށް ބުނެ ވެސް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ނަހުލާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރައީސް ޔާމީނުގެ ވެރިކަމުގައި މުއިއްޒުމެން ސަރުކާރުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދިޔައީ ވެސް ތިގޮތަށް ނުހައްގުންނެވެ. އެކަމުގެ ސަބަބުން ރައީސް ޔާމީންގެ ވެރިކަން ވެއްޓުނީއެވެ. އެމަނިކުފާނު ޖަލަށް ދާންޖެހުނީއެވެ. ކަނޑުކޮހެއްހެން މުޒާހަރާކުރަމުން މަގުމަތީގައި ގަނަތެޅެންޖެހުނީއެވެ. ދެން އެމަނިކުފާނަށް ދުވަހަކުވެސް މިގައުމުގެ ވެރިކަން ލިބޭނެކަމެއް ނޭނގެއެވެ. އެމަނިކުފާނަށް ލަނޑުދިން މީހުން މިހާރު އެތިބީ މަތީ މަގާމުތައް ހޯދައިގެންނެވެ.

    1
    3
  2. ނުނން

    ކިހާ ސަޅި އަދި ކިހާ ހެޔޮފުޅު ؟؟؟

    3
    1
    • Anonymous

      ވެރިކަމުގައި ހުރިއިރު ތި ހެޔޮފުޅުކަމެއް ނުދެއްކުނެއްނު. ނަތީޖާއަކީ ވަގެއްގެ ގޮތުގައި ޖަލަށް ދާންޖެހުން. ވެރިކަމުގައި ހުރިއިރު އެތައް ބަޔަކު ވަޒީފާއިން ވަކިކުރީ ބޭއިންސާފުން. މާތްﷲ މިކަން ވެސް ދެނެވޮޑިގަންނަވާ.

      1
      2
  3. ނަހު ލ

    ޤަވާއިދާއި ޚިލާފަތް ކުރި ކަމެއް އެއީ މާފެއް ނުކުރާނަން

    1
    1