ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ އަވަހަށް ކުރި އެރި އެއް ފަންނާނަކީ ޓިކްޓޮކް ތަރި މަރިޔަމް ޝިފާއެވެ. އޭނާގެ ކުޅަދަނަ އެކްޓިން އާއި ނެށުމުގެ ހުނަރުގެ ސަބަބުން އެތައް ބަޔަކު މިއަދު ކުރަނީ ތައުރީފެވެ. ނަމަވެސް ބައެއް ފަހަރު ޝިފާއަކީ ހޫނުފެނަށް ވެއްޓޭ ފަންނާނެކެވެ.

ރާއްޖެ ޓީވީ އިން ގެނެސްދިން ސެލެބްރިޓީ ރޭސްގައި ޝިފާ އާއި މުހައްމަދު މަނިކުއާ މެދު ހިނގި ދެ ބަސްވުމާއި އިންޓަވިއުތަކުގައި ޖެހިލުމެއް ނެތި ޝިފާދޭ ޖަވާބުތަކަކީ އެއަށް އާއްމުންގެ ސަމާލުކަން ހުއްޓޭ ކަންކަމެވެ. ބައެއް ފަހަރު އެކަންކަން ބިނާވަނީ އޭނާގެ ކެރުމާއި ހުނަރަށެވެ. އަނެއްބައި ފަހަރު އެކަންކަން ބެލެނީ ފާޑުކިޔުމުގެ ނަޒަރަކުންނެވެ.

ބައިސްކޯފް ޝޯއެއްގައި ބައިވެރިވެ ޝިފާ ދިން ޖަވާބުތައް ވެސް އެހާމެ ޝައުގުވެރިއެވެ. އެ ޝޯގައި ލޯބިވެރިޔާގެ ނަން ހާމަކުރަން ބޭނުން ނުވުމުން އޭނާ އަށް ޖެހުނީ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ނަހުލާ އަށް ގުޅާށެވެ. ނަހުލާ އަށް ގުޅުމަށް ފަހު ޕްރޮޖެކްޓެއް ދިނުމަށް އެދުމުން ނަހުލާ ވަނީ ޝިފާ ބޭނުން ވަނީ ކޮންކަހަލަ ޕްރޮޖެކްޓެއްތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ޝިފާ ވަނީ ކޮންމެ ކަހަލަ ޕްރޮޖެކްޓެއް ވެސް އޯކޭ ކަމަށް ބުނެފައެވެ.
ޖަވާބުގައި ނަހުލާ ބުނީ އެކަމާ މެދު ޖެހޭނީ ވިސްނާލަން ކަމަށެވެ.

ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއަކީ ރާއްޖޭގެ ޓިކްޓޮކްގެ އެންމެ މަގުބޫލު އެއް މޫނެވެ. އޭނާ އަކީ ޓިކްޓޮކް ކުޅެގެން އާއްމުންގެ މަގުބޫލުކަން ހޯދިދާނެކަން ސާބިތުކޮށްދިން ފަންނާނެކެވެ. އޭނާ ވަނީ ފާޑުކިޔާ މީހުންނަށް ބެލުމެއް ނެތި އެ ދާއިރާއިން ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށް މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ނަމާދު ކޮށް ރޯދަހިފާ ގުރުއާންކިޔަވާ އޭރުން ސަލާމަތާ ރައްކާތެރިކަންލިބޭނެ ...

    92
    3
    • އަވަސް ސިފާ

      ދަރުސް ދޭ ބައިގަނޑު ދަރުސްދޭން ފެށީ. ބަލަ ބީތާޔާ ކަލޭ ނޫނަސް އެހެން މީހުންވެސް ހަމަ އުޅެނީ ޝަހާދަތްކިޔާ ނަމާދުކޮށް ރޯދަހިފާ ޒަކާތްދީ ކުޅަދާނަ މީހުން ހައްޖައްގޮހޭ.

      1
      21
  2. އަނިލް

    ނަހުލާގެ ޖަވާބު ފުރިހަމަ މިކަމުގައި ގޯހެއް ނެތް

    73
    1
  3. ސަމާ

    އަހރެންގެ ހިތެއް ނުބުނޭ ނަހުލާ ތިމަންޖެއަށް އެއްވެސް ރޯލެއް ދޭނެއެކޭ.
    ތިއީ ގިނަމީހުން ރުޅިއަންނަގޮތަށް އުޅޭ މީހެއް.
    ބުރުގާ އަޅައިގެން އުޅެފައި އެއްމެފަހުން އޮރިޔާންވެގެން އުޅޭ މުޖުތަމައު ނަމޫނާއަކަށް ބަލާވަރު މީހެއްނޫން.

    58
    3
  4. ނާނޯ

    ރާއްޖޭގަ ހޫނުފެނަށްވެއްޓުނަސް ނުވެއްފިހޭ . ހޫނުފެންވެސް ހުންނަނީ ފިނިކޮށް . މިރާއްޖޭގަ ހުރިހާކަމެއްވެސް ވަރަށްތަފާތުވާނެ

    19
    1
  5. ސަނީމާ

    ރާއްޖޭ މީހުން އަދިވެސް ކުޅޭތަ ފިލްމާ ޑްރާމާ ؟؟

    12
  6. ނނނ

    ބިޓު ގެ ނަން ހާމަ ނުކޮށް .....ނަހުލާ އަށް ގުޅަން ލޮލް މަހީކުރީ އެއީ ބިޓޭ ބުނަން އުޅުނީ ކަމަށް......