މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނަހުލާ ދުބާއީއަށް ދިޔަތަނުން ކޮވިޑަށް ފައްސިވެފައިވާކަން އޭނާ ވަނީ ފޭސްބުކް ޕޭޖްގައި ހިއްސާ ކޮށްފައެވެ.

އެގޮތުން ނަހުލާގެ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ކޮވިޑަށް ފިލައިގެން މަސައްކަތްތައް ހުއްޓާލާފައި ބޭރަށް ނުގޮސް އުޅޭތާ ދެ އަހަރު ފަހުން ރާއްޖޭން ބޭރަށް ދިއުމުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

"ކޮވިޑަށް ފިލައިގެން މަސައްކަތް ހުއްޓާލާފައި. ގޭގެ އެއްބުރިން އަނެއް ބުރިއަށް ވެސް ނުގޮސް، މީހުން އެއްވާ ތާކަށް ނުގޮސް، ދެ އަހަރަށްވުރެ ގިނަ ދުވަހު މަޑުކޮށްފައި އެންމެ ފަހުން ޗުއްޓީއެއް ހަދާލަން އާއިލާއާ އެކީ ހަމަ ނުކުތީ ކޮވިޑް ޖެހުނީ" ނަހުލާ ފޭސްބުކްގައި ލިޔުނު ޕޯސްޓްގައި ވެއެވެ.


ނަހުލާ ބުނެފައިވަނީ ކޮވިޑަށް ފައްސިވުމުން މިވަގުތު ދުބާއީގައި ހުންނަ ސްޕާކަލް ޓަވަރުގައި އޭނާ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.

އަމިއްލަ ޕްރޮޑަކްޝަން ހައުސް، ކްރިސްޓަލް އެންޓަޓައިންމެންޓްވެސް ހިންގަމުންދާ ނަހުލާއަކީ ރާއްޖޭގައި ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރ އަދި ވާހަަކަ ލިޔުންތެރިއެކެވެ. އޭނާގެ މަގްބޫލު ފިލްމްތަކުގެ ތެރޭގައި ޔޫސުފް، 4426، ބޮސް ފަަދަ ފިލްމްތައް ހިމެނެެއެވެ.

އަދި ރާއްޖޭގެ އެންމެ ފުރަތަމަ ވެބް ސީރީޒް "ހުވާ" އަކީ ނަހުލާގެ އުފެއްދުމެކެވެ. ނަހުލާ އިތުރު މަސައްކަތްތަކެއް ކުރިއަށްވެސް އެބަ އޮތެވެ. އޭގެ ތެރޭގައި ފިލްމް "ސޮރީ" ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    29
    3
  2. ހައްވަ

    ނަހޫއަށް އަވަސް ޝިފާއަކަށް އެދެން

    10
    1
  3. Anonymous

    ދިވެހި ދިދަ ބައިދަޑިއައްތިރިކުރާވޜުގެ ކަމެއް

  4. ނަޒޫަ

    ނަހޫގެ ހުރިހާ ފިލްމެއްވަސް ވަރަށް ރީތި ދުނިޔޭގެ އާދަ ކާދަޔާ އެއްގޮތައް ހުށައަޅައިދޭތި ވަރަށް ސައުގުވެރިވޭ

    3
    4
  5. ދައްޔޫސު

    ދުބާއީއަށް ދިޔަކަން އެނގިއްޖެ.

  6. ެއިރުވައި

    އަވަސް ޝިފާ އަކަށް އެދެން.

    4
    1
  7. Anonymous

    ދިވެހިން ޗުއްޓީ ހަދަން ޑުބާއީ އަށް ދަނީ ކީއްވެ ކަން ބުނެދީބަލަ