މުހައްމަދު ޝާތިރު ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައި އޮންނަނީ ކުޅަދާނަ ތާރީޚީ އިލްމުވެރިއެއްގެ ގޮތުގައެވެ. މިޖީލުދުއް އެންމެ މައުލޫމާތު ތަނަވަސް ތާރީޚީ އިލްމުވެރިންގެ ވެރިންގެ ތެރޭގައި އޭނާ ހިމެނޭނެ ކަން ޔަގީނެވެ. ނަމަވެސް ޝާތިރަކީ ނެށުމަށް ލޯބިކުރައްވާ "މޮޅު ނެށުންތެރިއެއް" ކަން މީގެ ކުރިން ގިނަ މީހުންނަށް އޮތީ ނޭނގިއެވެ. ޝާތިރުގެ ނެށުމުގެ ހުނަރު އާއްމުންނާއި ހަމައަށް ތިލަވެގެން އައީ ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރުގެ ނައިބަކު ނަށާ ވީޑިއޯއެއް ކަމަށް ބުނެ ޝާތިރުގެ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
މިހާރު ސައިންސާއި ޓެކްނޮލޮޖީއާއި ބެހޭ މިނިސްޓަރުގެ ނައިބަކަށް ހުންނެވި ޝާތިރުގެ ވީޑިއޯ އާއްމުވުމުން ފާޑުކިޔުންތައް އަމާޒުވެ އެންމެފަހުން މިނިސްޓަރ މަލީހް ވަނީ ޝާތިރަށް ނަސޭހަތް ދެއްވާފައެވެ. އެހައިހިސާބުން ޝާތިރު މިވަނީ އަމިއްލަ ނަފްސްގެ ދިފާޢުގައި ނިކުމެވަޑައިގެންފައެވެ.
އިއްޔެ އިން ފެށިގެން ޝާތިރު ގެންދަވަނީ އޭނާ ނަށާ މަންޒަރު ފެންނަ ވީޑިއޯތައް ޓްވިޓާގައި އާއްމު ކުރައްވަމުންނެވެ. ކޮންމެ ދުވަހަކު ތާރީޚީ އެތައް މައުލޫމާތެއް އާއްމުންނާއި ހަމައަށް ގެނެސްދެއްވާ ޝާތިރުގެ ޓްވިޓާ އެކައުންޓުން ދެ ވީޑިއޯ އަކާއި އަދި މިއުޒިކާއި ގުޅޭ އެހެން ބައެއް ވީޑިއޯތައް ވެސް ވަނީ އާއްމު ކުރައްވާފައެވެ.
Aanmu kankan pic.twitter.com/RVkkjeO6pk
— Mohamed Shathir (@shathirhiri) February 27, 2020
Abadhu ves Arts ge kankamugai pic.twitter.com/4JWUx8YFyt
— Mohamed Shathir (@shathirhiri) February 27, 2020
ޝާތިރު ވިދާޅުވާ ގޮތުގައި މިއުޒިކް ބޭންތައް ހިންގުމާއި އާޓްގެ ކަންކަމުގައި 1990 ގެ އަހަރުތަކުން ފެށިގެން އޭނާ ގެންދަވަނީ ހަރަކާތްތެރިވަމުންނެވެ.
ޝާތިރު ކޮށްދެއްވާފައިވާ ބައެއް ޚިދުމަތްތަކާއި އޭނާގެ މަސައްކަތުގެ އަގުވަޒަން ކުރައްވަން ލިބިވަޑައިގެންނެވި ބައެއް އިނާމްތަކުގެ މައުލޫމާތު ވެސް ގެންދަވަނީ އާއްމު ކުރައްވަމުންނެވެ.
މިހާރު ޔަގީންވާ ކަމަކީ ޝަތިރަކީ ހަމައެކަނި މޮޅު ތާރީޚީ އިލްމުވެރިއެއް ނޫނެވެ. އޭނާ އަކީ މޮޅު ނެށުންތެރިއެއް ވެސް މެއެވެ.
ޝާތިރަކީ ޗިޕެއް މަދު މީހަކާ ވައްތަރު. ނަޝަން ޖެހޭ ކަމަށް ގަބޫލު ކުރާ މީހާ.ނަށާނީ އެކަމަށް މުނާސަބު ތަންތަނުގައި.މިނިސްޓްރީ ތެރޭ ރަސްމީ.ގަޑީގައި ކުރަން ހުންނާނީ އޮފީސް މަސައްކަތް
ބޮލު ރޮދި ކެނޑިފަ މިހާރު އެހެރީ!! މީގެކުރިން ހަމަ ކިރިޔަ ކިރިޔާ ނުކެނޑި ހުރީ! މިހާރު އެހަރަ ފެންނަނީ ހަމަ ރަގަނޅަށް ބޮލުރޮދި ކެނޑިފައި ހުއްޓާ! މިކަމަށް ޖެހޭނީ ބޭސް ފަރުވާކުރަން! އެއްވެސް މީހަކު ހީސަމާސާކޮށް ނެހެދުމަށް ދަންނަވަން! ރޮދި ކެނޑިފަ ހަމައިން ނެއްޓިފައި އޮތް ސަރުކާރެއްގައި މިކަހަލަ ކަންތައްތައް ތަކުރާރުވަމުންދާތަން މިފެންނަނީ! ހިތާމަހުރި ކަމެއް!
މައިޝާއަށް ހިތަވަރުދީފަ ޝާތިރު ހުއްޓުވަން މިނިސްޓަރު ތި އުޅުށްވަނީ ޒާތީވެގެން
ސާތިރޫ މީ ހަމަ ގެއްލިފައި ހުރި ތަރިއެއް. މަލީހު ޖޭވަނީ ސާތިރު ނަށާވަރަށް ނުނެށޭތީ.
ތިޔައީ ގޮތެއް ފޮތެއް ނެތުމާއި ހަޔާތްކުޑަކަމާއި ރުޅިގަދަކަމުގައި ލާމަސީލު ނަމޫނާއެއް.
الله ދެއްވި ބުއްދި ފިލާ ދިއުމުގެ އަލާމާތެއްމީ
ތިޒާތުގެ ކަންކަންވެސް ހިނގަނީ މިސަރުކާރުގައޭ އަހަރުމެން ޕިންކީންގެ ވެރިކަމުގަ ކިހާ ރަނގަޅުހޭ .މޮޔައިންގެ އަތަށް ކަނޑިދިނީމާ ވާނެ ހައެއްޗެއް ވެފައޭތިއޮތީ ދެން ނަށާލާށޭ ލަލަލާއޭ ދެން ފަރަށްދޭބަލަ އެމްޑީޕީ ކުދިން ފަރަށް ފަރަށް ފަރަށް
ހެޔޮނުވާނެ އެހެންމީހުންނަށް ނުފެންނަ ތަންތާނގަ ނަށާބަލަ ކޮންމެހެން ނަށާހިތް ވަންނާވެސް
މީނަ އެބަޖެހޭ ސި ކުޑީގެ ޑޮ ކްޓަރަކަށް ދައް ކަން.
ނަށާހިއްވާ މީހާ މަޝްހޫރުވާން ބޭނުންނަމަ އާއްމުންގިނަ ތަންތާންގަ ނަށާނީ އެއިރުން އެހެންމީހުންނައް ތިމާއެއީ ކާކުކަމާ ތިމާގެފެންވަރު އެނގޭނީ ތަނެއްގަ ފިލާހުރެ ނެށިޔަކަސް ނޭންގޭނެ
ހަމަރަނގަޅައްވެސް ގޮވާފަ
މީނަ ހަމަތަ؟؟
އެއްޗެއް ބޮވެވުނީތޯއްޗެއް؟ތިޔައީ އާޓުތޯ؟
ތިގޮތަށް ނަށާނީ ހަމައެކަނި ފާޚާނާގަ މާތްކަލާކޯ މީހުންގެތެރެއަށް އަދި ނިކުންނަވަރެއްނުވޭ. ލޮލް
ހެޔޮނުވާނެ އޭނަކައިރީ ބުނޭ ތިނެށުން ހުއްޓާލާށޭ. ދެ އަތް ހުޅުންނެއްޓިދާނެ އެއްނު. ދެ އަތަށް ހިނި އަރައިގެން އުޅޭހެންވިއްޔަހީވަނީ.
މި އީ ސައިންޓިސްޓެއްތަ، މޑޕ ގަ އުޅޭނީ މިކަހަލަ ކޮހުން މަތިން ފެށިގެން ތިރިޔައް، ހަމަޖެހޭ އެކަކުވެސް ނުހުންނާނެ
މޮޅަށް ކަމެއް ކުރަން އެނގުމަކީ ހާލަތާއި ވަގުތާއި ނުބައްދަލުތަންތާ ހިތުހުރި ކަމެއް ކުރުމެއްނޫން.
ޢެއީ ޖެހިގެންއުޅޭ މައްސަލަޔަކީ.
ބަލަ ކޮންމެހެން ރަސްމިއްޔާތެއް ނުބޭއްވިޔަސް ނަށަން ބޭނުންމީހަކު ބޭނުންއިރަކު ބޭނުންގޮތަކަށް ނަށަންވީ ރަސްމީގަޑީގަވެސް ބުރޭކު ލިބޭނެދޯ ސާތިރަކީ ގަދަމީހެއް އެކަމަކު ސާތިރަކީ ނަށާ މީހެއްކަން މިއެގުނީ އަދިކިރިޔާ އެމީހަކު ބޭނުން ހިޔާލެއް ޖަޒުބާތެއް ބުނަން ބޭނުން އެއްޗެއް ފާޅުކުރުމުގެ ހައްގު ކޮންމެ މީހަކަށް މުތުލަގަށް ލިބިގެންވޭ އިމުގެ ތެރޭން ތަރަހަައިގެ ތެރޭން ބައެއް ފަހަރު ޖެހިގެން ހުރިމީހާ އެފަދަ ހިޔާލެއް ޑައިޖެސްޓް ނުވުން އެއަކީ ސާތިރު ކުރާނެ ކަމެއްނޫން
ކަލޭ ތިވަރަށް ނުނަށާ މައިކަލް ބަނޑަށް ޖެހިދާނެ
ނަށާލާކަށް ވަކިތަނެއް ވަކި ވަގުތެއް މުހުންމެއް ނޫން ނެށުމަކީ ބުރަކޮށް މަސައްކަތްކުރާމީންގެ ސްޓްރެސް ފިލުވާލާ ހަށިގަނޑަށް ކަސްރަތު ލިއްބައިދިނުމަށް ވަރަށް ރަގަޅު ކަމެއް
އެހެންތަ އެކަމަކު މިސްކިތަށް އަރާ ނުނަށައްޗޭ :ޕ
ކިތަންމެ ވަރަކަށް ނެށިޔަސް ކަލޭ މަޝްހޫރެއް ނުވާނެ ކަލެޔަށް މީހުން ކުރާނީ މަލާމާތް. ޗާބީދީފަހުރި ބުދެއްހެންހީވަނީ. ލަދުން ބޯފަޅައިގެން ދާވަރުވޭ
ދެން ދުވަސްކޮޅަކުން ފެންނާނީ މީދެން މާ މަޝްހޫރު މީހެއްކަމަށް ހަދައިގެން ، ޓިކްޓޮކް ކުޅޭ އެންމެހައި ބޮލުރޮދިން މިވައްތަރުތައްޖެއްސޭތޯ. ދެން ނޫސްތަކުގައި ވާނެ މިވަރުގެ ފަންނާނެއް ނެތޭކިޔައިގެން ފަލަ ސުރުހީއަށް އަރުވަން..
ނަށަން އިނގެނީ ވެސް ނޫން...ފުރަތަމަ ވީޑިޔ ގަ ހީވަނީ ކަރަންޓުގަ ޖެހިގެން ތެޅޭހެން...ލޮލް...ބޮއެގެން ތޯ..ވ ވއްތަރު
ރައްޔިތުން ކުރިމަތީ މިއަށްވުރެން އަވަހަށް އަގުވެއްޓުނު ސަރުކ ކާރެއް ކަލޭމެން ދުށިންތަ.
ކަލޯ ގަޔާ ބޮޑު ބެރަށް ނަށަން ދަސް ކުރަން ދާންވީ މީނާ ކައިރިޔަށް...ހެޔޮނުވާނެ މަ އޭރުވެސް ބުނީމޭ ތި ނޭންގޭ ވަރަށް ބޯށޭ...އެނގޭ ވަރަށް ބުއީމަ ވާނެ މިހެންވެސް....
ތިޔައީ މޮޔައެކޭ ނުބުނަން އެކަމަކު ތިހުރީ މޮޔަވެފައި ވަޒީފާގައި ބަހަށްޓާ ވަރަށްވުރެ މޮޔަ ރައީސް މިކަމާ ވިސްނާ
ސުނިޔަންކާ އާއިއެކު ލަވައެއް ކުޅެންވީނު. އެކަމަކު ހީވަނީ ގްްރާސްހޮޕައެއް ތެޅޭހެން.
ތީ ރިތިކް ގެ ކާފަ ތޯއްޗެއް އެކަމް ނެށުމުގެ ހުނަރު ލިބިފަ ނެތް ކަން ވ ހިތާމަ އާ އެކު ބުނަން! ނަށަން ދަސްކުރަން ރިތިކް ރޯޝަން ގެނޭ! ލަދުން ބޯ ހަލާކު! ނަށަން އިގޭ ނަމަ ވެސް ރަގަޅު! ހީވަނީ ޗާބީ ދީފަ އިން ރަގަބީލެއް ހެން.. ފުމެނީ! ރަގަޅަށް އެއްމެ ސްޓެޕެއް ވެސް ނުނެގޭ! ސާބަސް ދެން