އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރުޒާ އަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު އޭނާ ދީފިއެވެ.
މީސް މީޑިއާ މެދުވެރިކޮށް ސާނިއާ މިކަން ހާމަކޮށްފައިވަނީ ޓުވިޓާގައި "#ބޭބީމިރްޒާމާލިކް" މިހެން ލިޔެފައިވާ ލިޔުންކޮޅަކާއިއެކުގައިއެވެ.
އިންޑިއާގެ ނޫހަކަށް ސާނިއާގެ ބައްޕަ ދިން އިންޓަވިއުއެއްގައި ސާނިއާ ބަނޑުބޮޑުކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ "މިއަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ސާނިއާ ވިހާނެ ކަމަށް ލަފާކުރެވޭ" ކަމަށެވެ.
ޕާކިސްތާނުގެ މަޝްހޫރް ކްރިކެޓް ކުޅުންތެރިޔާ ޝުއައިބު މާލިކްއާއި ސާނިއާ ކައިވެނި ކުރީ 2010 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުއެވެ. މިހާތަނަށް މި ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެއެވެ.
ލިބެން އުޅެނީ އަލަތު ދަރިފުޅުކަމަށްވުމާއިއެކު އެ ދަރިފުޅު ވަރަށް ޚާއްސަވާނެ ކަމަށާއި މާލިކް ބޮޑަށް ބޭނުންވަނީ އަންހެން ދަރިއެއް ކަމަށް ވެސް ސާނިއާ ވަނީ ބުނެފައެވެ.
އުމުރުން 37 އަހަރުވެފައިވާ ސާނިއާ އިތުރަށް ބުނެފައިވަނީ އެދެމަފިރިންނަށް ލިބޭ ދަރިއަށް ނަންކިޔާއިރު ނަންކިޔާނީ އެ ދެމަފިރިންގެ ފަހު ނަންވެސް ބޭނުންކޮށްގެން ކަމުގައެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ސާނިއާ ޓެނިހާ ދުރުން އުޅުން ކަމުގައިވިޔަސް 2003 ވަނަ އަހަރުން ފެށިގެން ޓެނިސްކުޅެމުން އަންނަ ސާނިއާގެ މަޝްހޫރު ކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދެން އަހަރުންނަށް ކީއްތަ؟