ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުން ސަލާމަތްވުމަށް، އެންމެންވެސް ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދީފައިވާއިރު ކަރަންޓީނުވެގެން ގޭގައި ހޭދަކުރާ ވަގުތު ތަކުގައި މުނިފޫހިވިލުވުމުގެ ގޮތުން އެކި މީހުން އެކި ކަންތައް ކުރަމުން އަންނައިރު މީސްމީޑިއާގައި މިހާރު އެންމެ ގަދަ އަށް "ޓްރެންޑް" ވަމުންދާ އެއް ކަމަކީ #ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ބަޔަކު ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެކެވެ.
މި ޗެލެންޖްގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވެސް ބައިވެރިވެއްޖެއެވެ. މިފަދަ ކޮންމެ ކަމެއްގައި ވެސް އެންމެ ކުރީގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ޗެލެންޖް ފުރިހަމަ ކުރައްވަން މަސައްކަތް ކުރައްވާފައެވެ.
ޗެލެންޖް ފުރިހަމަ ކުރަން ޓިޝޫ ޕޭޕަރު ޖަގްލް ކުރުމުގެ ބަދަލުގައި ނަޝީދު މަސައްކަތް ކުރެއްވީ ފުރަތަމަ ވެސް ޝޫޓެއް ކުރަން ކަމަށް ބެލެވެއެވެ. ނަމަވެސް ޓޮއިލެޓް ޕޭޕަރުގައި ފައިން ޖައްސަވަން އުޅުއްވުމުގެ ތެރޭގައި ނަޝީދު ކައްސާލައިގެން ވެއްޓި ވަޑައިގެންނެވީއެވެ. އެމަންޒަރު ފެންނަ ވީޑިއޯ މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
Kihaa dhera kameh mee 🤣🤣🤣 HAHAHAHAHAHAAHAHAHAHAHAH pic.twitter.com/O6jdjff3I4
— Ad Lee (@AdleeDeadly) March 29, 2020
ބައެއް މީހުން ގެންދަނީ ނަޝީދުގެ ހާލުކޮޅާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނުގެ ހާލުކޮޅާއި ބެހޭ ގޮތުން ސުވާލު ވެސް ކޮށްފައެވެ. ކުރިން ވެސް އުނަގަނޑުގެ އާލާސްކަންފުޅަކަށް ނަޝީދު ބޭސް ކުރެއްވެވި ކަމަށް ވެއެވެ. އެހެންކަމުން މިއަދު ވެއްޓިވަޑައިގެންނެވުމުގެ ސަބަބުން އުނަގަނޑަށް ގެއްލުމެއް ލިބިފައި ވޭތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.
ނަޝީދު ޓިޝޫ ޕޭޕަރުން ޗެލެންޖް ފުރިހަމަ ކުރެއްވި ވީޑިއޯ އެއް އަދި އާއްމު ކުރައްވާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ޗެލެންޖް ފުރިހަމަ ކުރައްވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން މިވަގުތައް އެމަނިކުފާނު ވަނީ އެމަސައްކަތް ހުއްޓަވާލައްވާފައެވެ.
??????
ކެނެރީގެ ބުއްޅަބޭ 2012 ގައި ވެރިކަމުންވެސް ވެއްޓުނީ ހަމަ ތިފަދަ ގޮތަކަށް.
ހިތާމަޔާއި ބަލާއާފާތުގެ ވަގުތުގައި ﷲ ހަދުމަކޮށް ގިނަ ގިނައިން އެކަލާނގެ އަށް ތައުބާވެ ޒިކުރުކުރުން ގިނަ ކުރަން ވީ ވަގުތު ގައުމު ހިންގުމުގެ އަމާނާތް ހަވާލުވެ ތިބި ވެރީންގެ އަމަލުތައް މިހުރީ ލާދީނީ ގޮތަށް
ޤައުމެއްނޫން މިސްކިތެއް ހިންގަންވެސް ލާދީނީ ބަޔަކާ ޙަވާލު ކޮއްފިއްޔާ ކުރާނީ ލާދީނީ ކަންތައް.
އެބިނދުނީ އަނެއް ބަދަ ކަން ނޭނގެ!
ހަހަހަހަހަކެކެކެކެ
الحمد الله.
ރައްޔިތުންގެ ފައިސާ ބޯކޮށް ލިބޭމީހުން ގޭގައިތިބެ ގޮތްތޮތަށް އުޅުނަސް އަހަރަމެން ލާރިހޯދާނެ ގޮތެެްއް ނެތް.
ހަމަ ރަގަޅަށް ތިވީ! މިތާ ބަޔަކު ހާސްކަމެއްގަ ތިއްބާ ކޮން ޓޮއިލެޓް ޕޭޕަރ ޗެލެންޖެއްތަ؟ ޒިންޒި މަކުނުތަކަށް ވާނެ ހައެތި ތިވަނީ! ދެންވެސް ހަތިމް ނަގައިގެން ކިޔަވާ، ނަމާދުކޮށް، ދުއާކޮަށް، ގައުމާ ރައްޔިތުންނަށް ކުރިމަތިވެފަ މިއޮތް ހާލަތުން ސަލާމަތްކުރައްވާތޯ ދުއާ ކޮށްބަލަ!
ތީ ވެއްޓެން ވަރަށް މޮޅު މީހެއް.. ހުސްފޭކު
މި ނޫސްތައްވެސް ވެއްޖެ ކަންނޭގެ ތަންކޮޅެއް ޒިންމާދާރުވާން
ދުނިޔެ މިހާލަތައްވެއްޓިފައި އޮތް އިރު ގައުމުގަ އިސްކޮށް ތިބިމީހުން ޖަހާނާޗަންގީ ފަހަތުން ނުދުވެ ރައްޔިތު މީހާ ފަހަތުން ދުވަން ވެއްޖެހެން ހީވަނީ. ބަޔަކަށް ހީވާކަހަލަ ބޮޑުއީދު ލައިގަނެގެން އުޅޭހެން
އިރާދަކުރެއްވިއްޔާ ތިވެއްޓުނުގޮތައް ވަރައް އަވަހައްވެއްޓިގެންދާނެ އާމީން
އުނަގަނޑު ކިހިނެއް؟
މިކަލޭގެ އަނގައިގައި ކޮން ތުނބެއްބާ؟ ބުއްފުޅިބޯ ކުއްޖެއްބާ. ނޫނީ އެއްޗެއް ބޮވައިގަތީބާ. ބޯންވާނެ ބޮވެންޖެހޭނެ ބުނީ މިގޮތައްވާތީބާ
އެނާ އަނގަ ކަރަންޓީނު ކޮށްފައި ހުރީ އެހެންވެ ތުނބެއް ޖަހައިގެން އުޅެނީ!
އޭނާގެ ލޮލުގައި އަޅާފައި ހުރި އައިނު އަނގަމައްޗަށް ވެއްޓިފައި ހުރިތަން އެފެންނަނީ..
މަށަށް ދެރައީ މިކަން ކަން ޕްރޮމޯޓް ކުރާތީ ، މިގައުމުގަ އެބައުޅޭ ނިކަމެތިން ވެސް އެމީހުން ކަން ކަން މި ނޫސް ތަކުގަ ލިޔެގެން ނަމަވެސް އެމީހުނަށް އެހީތެރިކަމެއް ވެދެވޭތޯ ބަލާބަލަ،
ކޮންމެ ކަމެއްގައިވެސް ވެއްޓިފަދޯ މިއޮންނަނީ
ވެރިކަމުންވެސް ވެއްޓުުގޮތަށްދޯ...؟؟
ބުއްޅަބެއަކީ އަބަދުވެސް ފޫނެތްފަޔަށް ފެންފުރަންއުޅޭމީހެއް، ބަޔަކުމީހުން ބެރުޖެހީމާ ތިމާގެ ނާގާބިލުކަމާއިއެކުވެސް އެގޮތަށް އުޅެންއުޅޭމީހެއް
މީހުންގެ އެޓެންޝަން ހޯދަން އަންނި ކޮއްގެން އުޅޭ ކަމެއްތީ...
ހަމަ ރަގަޅަށްވެސް ތިޔައް ކިޔަންޖެހެނީ ހޭބަލިވުމޭ
އަނެއްކާ މިކަލޭގެ ފޮއްސިވީތަ ނޫނީ އަށްސި ވީތަ މޯދީ ކޮބާތަ މިކަން ކުރަން އުޅެނުކޮށް މޯދީއާ ދެމީހުން ދެމީހުނާ ދިމާވީކީ ނޫންބާ!
ފެންތިލާފަ ހުރީދޯ
ބޮޑަށް ހީވަނީ މައްޝޫރުވާންވެގެން ކުރިކަމެއްހެން? ބުއްޅަ އަކީ އެކަހަލަމީހެއް
މަ ޕެޑްޕަކެޓަކުން ކުޅެން އުޅެނިކޮން ވެއްޓި ނުތެދުވިފަމިއޮތީ ބުއްޅަ އާދެބަ މަ ނަގަން
ތިވާނީ އިތުރައް މަސްހޫރުވާން ޖެހި ސްޓަންޓަކައް އެކިމީހުން މަސްހޫރުވާން ކުރާނީ އެކި މަސައްކައް މީމިގައުމުގެ ވެރިންގެ ހާލް ދެން ކޮން ރައްޔިތަކައްތޯ އިޙުލާސް ތެިރިވެވޭނީ މިމީހުންރަގަޅު މެޑިކަލް ޓެސްޓެއް ހެދުން މިގޭގަ ތިބޭ ދުވަސްކޮޅު އޭރުން އޮޅުންފިލާނެ ގައުމާއިގެން ކުރިޔައް ދެވިދާނެތޯ
މާބަދަ ފިލިޓެރަރިސްޓު އިސްލާމްދީނާ މިލޮބުވެތި ވަތަނަށް ޖެހިފައިވާ އެންމެ ބޮޑް މުސީބާތް ކޮބިޑް19 އަށްވުރެ ބިރުވެރި ތި ޔަހޫދީ ވައިރަސް
މުހިއްމީކީ ޗެލެ ންޖެއް ނޫނ ން. މިހާރު ކިހާ ފައްކާ! ވިޑިއޯ ވައިރަލް. އިޓްސް އޯލް އެބައުޓް ފޭމް.
ޕްރިމިއަރ ލީގް ކުޅުންތެރިޔަކުވެސް މިކަހަލަ ޓިޝޫ ޕޭޕަރ ޖަގްލް ޗެލެންޖެއްގަ ސޯޝަލް މީޑިއާ އިން އިއްޔެ ފެނުނު. އެމީހުން އުޅޭހާ ގޮތްގޮތައް އަޅުގަނޑުމެން އުޅޭކަށް ނުވާނެ، އަމުދުން މި ހިތާމަވެރި ދުވަސްވަރު. ދުނިޔޭގެ ގިނަބަޔަކު މިއަދު ރޮނީ. ބައްލަވާ 3 ދުވަސްތެރޭގަ 5 ލައްކައިން 7 ލައްކައަށް. މިއީ ކޮން ބައެއްގެ ހިތަށް ފިނިކަމެއް ލިބިދާނެ ޗެލެންޖެއްތޯ؟ ކޯވިޑް-19 ވިކްޓިމްސްތޯ ނުވަތަ އެކްޓިވިސްޓުންތޯ؟
ދިއުޅި ދޫވެފަ ތިބޭ މީހުން ހަރެއްނުލާނެ!
އެކަލޭގެ ވެއްޓުނުވަޤުތު މޫނުފުޅުގަ އިން އައިނުފުޅުގެދުނިފުޅު އަނގަފުޅައްވަދެފަ އެއިނީ
މިހާރު މިސޮރުމިކިޔަނީ މަޖިލިސްތެރެއިން ބަރުލަމާނީ ޔައްބަދަލު ކުރަން ދެއަހަރުބައި ވާއިރަށް އިބުރާހީމައް ދޮންކަޅުވެސް ނައަންގާ މިކަންވާނެބާ ރައިޔަތުން އަނެއް ދިވެހިރާއްޖެޔައް ފޮނުވާފަކަންނޭގެ އަނެއްކާ ބަލަމިފަރަކު ނުތިބޭނަން .......
ނަމޫނާއަކަށްވެސް ގަންނަންޖެހޭ އެއްޗެއް (މިސާލަކަށް: ބިސް، ޓިޝޫ، ލޯޝަން،ފަދަ އެއްޗެހި) ބޭކާރުކުރާތަން ފެނުމަކީ މި ދަނޑިވަޅުގައި ކަމުދާކަމެއް ނޫން. ޚާއްސަކޮށް މަޝްހޫރު ބޭފުޅުން މި ކަންކަންކުރަން ފެއްޓެވީމާ އާދައިގެ ގޭގޭގެ މީހުންވެސް މި ކަންކަން ކޮށް އިސްރާފުކުރަން ދަސްވާނީ.
މީ ވަގަށްކޮށްފާހުރި ވީޑިއޯއެއްތަ؟ ހަމަހޭގާހުރިމީހަކު ހިޔެއްނުވޭ މިކަހަލަ ވީޑިއޯއެއް އަޕްކޮށްފާނެހެން.
ރެނދު ކަމަނާ އަށް ވީ ގޮތް ނުވެއްޖިއްޔާ ރަނގަޅު. މަޖިލީހުގެ ރައީސް ކަން ކުރެވޭ ވަރު ވޭ ބާ އަނެއްކާ؟
ބުއްޅަބެ ވެއްޓިފަޖެހުންގަޑީ ދެތިން ފޮޑިވެސް ބޭރުވިޔޯ.
ބުއްޅަބެ ދިވެހި ރާއްޖެއަށް މިގަރުނުގައި ދިމާވެފައުވާ އެއްމެ ބޮޑު މުޞީބާތް.... ޤައުމުގެ ހަލާކު.
ތި ބީތާއެއްގެ ކިބައިންދިވެހިން ސަލާމަތް ކޮއްދެއްވާ ހެޔޮވިސްނުންދެއްވާންދޭވެ.
ވެއްޓުނުލެއް މަޑީ. ދެކަމުއެކީ ހާޖަތަށް ނުދެވުނުކަން ދެރައީ.
ގޮޑިކޮޅުން ވެއްޓެން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ފެށީތާ. ކުރީ ފަހަރުވެސް ހުކުރު މިސްކިތު ހަރިންމައަށް ވަންނަން ހުންނަ ދޮރުގެ އޮޅިގަނޑުގައި އަޅައިގެންފައި ވެއްޓުނު ވާހަކައެއް ފެތުރުނުތާ މާގިނަ ދުވަހެއް ނުވެ އޮތީ ގޮޑިކޮޅުން ވެއްޓިފައި.
ލާދީނީ ގެރި މޯޑީ ސިޑިން ވެއްޓުނު ގޮތައް ލާދީނީ ބުއްޅަބޭވެސް ﷲގެ އިރާދަފުޅާއެކު ވެއްޓިއްޖެ. މުސްލިމުންނަން ވަރަށް އުފާވެރި ހަބަރެއް.
???
މުހިންމީ ޗެލެންޖް ކާމިޔާބު ކުރުމެއް ނޫން... ޗެލެންޖާ ކުރިމަތިލާން ކެރޭ ވަރުގެ ގަޓު ހުރުން. ??
އާދަމް ނަވާޒު އާ ޝާނީ މިކަން ކޮއްބަލަ
ތިކަން ކުރަނީކީއްކުރަން