ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ބިރުވެރިކަމުގައި މުޅި ދުނިޔެ މި ދަނީ ހިތާމަ ކުރަމުންނެވެ. މި ވައިރަސް ނުފެންނަ ގައުމެއް މިހާރު ނެތެވެ. ގިނަގައުމުތަކަށް މި ވައިރަސް ވެފައި ވަނީ މުޅި ގައުމު ހުއްޓުވާލި ކަމަކަށެވެ. އެ ދެ ނަންވެސް މުޅި ދުނިޔެއަށް ވެފައި ވަނީ ބިރުވެރި ނަމަކަށެވެ.
އެހެން ނަމަވެސް އިންޑިއާއާށް ނިސްބަތްވާ މި ދެމަފިރިންނަށް އެއީ ބިރުވެރި ނަމަކަށް ނުވި ކަހަލައެވެ. އެދެމަފިރިންނަށް ދާދި ފަހުން ލިބުނު އެއްމާބަނޑު ދެ ކުދިންނަށް ދިން ނަމަކީ ކޮރޯނާ އާއި ކޮވިޑް އެވެ.
ރައިޕޫރްއަށް ނިސްބަތްވާ އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެ މީހުންނަށް އެ ދެކުދިން ލިބުނީވެސް އިންޑިއާ ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ އޮތް ދަނޑިވަޅެއްގައެވެ.
އެ އަންހެން މީހާ ވިހާފައި ވަނީ މާރިޗް 26-27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސަރުކާރު ހޮސްޕިޓަލެއްގައެވެ. އެ ދެމަފިރިން ބުނާގޮތުގައި، އެ ކުދިންނަށް ދީފައިވާ ނަމުން، ފުރަބަންދުގެ ތެރޭގައި އުޅެން ޖެހުނު އުނދަގޫތައް ހަނދާންވާނެ ކަމށެވެ.
އެހެން ނަމަވެސް ފަހުން އެދެމަަފިރިން، އެ ކުދިންވެސް ނަން ބަދަލުކޮށްދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕްރީޓީ ވަރްމާ ނަމަކަށް ކިޔާ އެ ކުދިންގެ މަންމަ ބުނިގޮތުގައި، އޭނާ ވިހެއިވެސް ވަރަށް ދަތި އުނދަގޫތަކާއި ދިމާވުމަށް ފަހުއެވެ.
އޭނާގެ އަންހެން ދަރިފުޅަށް ދިން ނަމަަކީ ކޮރޯނާ އެވެ. ފިރިހެން ދަރިފުޅަށް ދިން ނަމަކީ ކޮވިޑް އެވެ.
"ވިހެއީ ވަރަށް ދަތި އުނދަގޫތަަކާއި ދިމާވުމަށްފަހު، އެހެންވެ އަހަރެންނައި ފިރިމީހާ ބޭނުންވަނީ އެ ދުވަސް ހަނދާނުގައި ބަހައްޓަން"/
އެ އަންހެން މީހާ ބުނީ، މި ވައިރަސްއަކީ ނުރައްކާތެރި ވައިރަސްއެއް ކަން އިނގޭ ކަމަށާއި، އެހެން ނަމަވެސް އެ ވައިރަސްގެ ސަބަބުން އާއްމުންނަށް ވަރަށް ރަނގަޅު ކަންތައްތަކެއް ދަސްވި ކަމަށެވެ. އެއީ ސާފްތާހިރުކޮށް އުޅުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އެހެންވެ ހިތައް އެރީ އެކަހަލަ ނަމެއް ދޭން. ހޮސްޕިޓަލްގެ ސްޓާފުން އެ ކުދިންނަށް ކޮރޯނާ އާއި ކޮވިޑްގެ ނަމުން ގޮވީމަ އަހރުމެން ހިތަށް އެރީ ދޭން.
މި ދެމަފިރިންނަކީވެސް އުއްތަރްޕްރަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
ވަޓް ނޯންސެންސް. އަވަހަށް ނަން ބަދަލުކުރުން އެދެން??
و
އަދިވެސް މޮޅޮކަން ނުހީދިގެން. އެދެކުދީންނަށް ކިހާބޮޑު ލަދެއް
ނަން ބަދަލު ކުރެެ ހަަދަ ދެރައެ. ???