އަވައްޓެރި އިންޑިއާގައި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވެ، މި ބަލިމަޑުކަން ހިފެހެއްޓުމެއް ނެތި ފެތުރެމުން ދާތީ، އެޤައުމުގެ އާންމުންގެ ބަޔަކު މަގުތަކަށް ނިކުމެ ވައިރަސް އާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
އިންޑިއާގައި ބަޔަކު މަގުތަކަށް ނިކުމެ ކޮވިޑް-19 އާއި ދެކޮޅަށް މުޒާހަރާކޮށް ޝުޢޫރު ފާޅުކޮށްފައި ވަނީ، ވައިރަސް އާއި ގުޅިގެން އެޤައުމުގެ ރައްޔިތުން ތިބީ އެއްބައިވަންތަކަމާއި އެކުކަން ހާމަކޮށްދިނުމުގެ ގޮތުން، 9 މިނެޓު ވަންދެން ކަރަންޓު ކަނޑާލައި، އަވައްތައް އުއްބައްތިތަކުން ދިއްލާލުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެދިލެއްވުމުން، އެޤައުމުގެ އެކި ކަންކޮޅުތަކުގައި ރޭ ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ.
މި ހަރަކާތް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ރޭ ކުރިޔަށް ގެންގޮސްފައި ވަނީ އިންޑިއާ ގަޑިން 9:00 ގައެވެ. އެޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ހަރަކާތް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާއިރު، ހަރަކާތުގެ ތެރެއިން ބަޔަކު މަގުތަކަށް ނިކުމެ ކޮވިޑް-19 އާއި ދެކޮޅަށް ކުރި މުޒާހަރާއަކަށް ވެސް ގިނަ ބައެއްގެ ނަޒަރު މިހާރު ވަނީ ހުއްޓިފައެވެ.
މި މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، ވީޑިއޯތަކުން ފެންނަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި މެދު ނުރުހުންވުމުގެ ޝުޢޫރުތައް ފާޅުކުރުމަށް ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް އެއްވެ ތިބި މަންޒަރެވެ. މިގޮތުން މަގުތަކަށް ނިކުމެ އެއްބަޔަކު ޝުޢޫރު ފާޅުކުރަމުން ދިޔައިރު، އަނެއް ބަޔަކު ހިނގާލުންތައް ކުރިޔަށް ގެންދިޔަ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.
on Sunday, April 5, 2020
ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާގެ އާންމުންތަކެއް ނިކުމެ ކުރި މި މުޒާހަރާގައި، އެޤައުމުން "ކޮރޯނާވައިރަސް އައިތަނަކަށް އެނބުރި ދިއުމަށް" ގޮވާލާފައި ވެއެވެ. އަދި މި ވައިރަސް ދުނިޔެއިން އެންމެ ފުރަތަމަ ފެނުނު ޤައުމަކީ ޗައިނާ ކަމަށްވާތީ، އެޤައުމާއި ދެކޮޅަށްވެސް މުޒާހަރާގެ ބައިވެރިން އަޑުއުފުލާފައި ވެއެވެ. މުސާހަރާގެ ބައިވެރިން ބުނަމުން ދިޔައީ މިއީ "ޗައިނާ ވައިރަސް" ކަމަށެވެ.
on Sunday, April 5, 2020
މިކަމަށް މިހާރު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދާއިރު، އެފަރާތްތަކުން ބުނެފައި ވަނީ މި މުޒާހަރާ ކުރި މީހުންގެ ސަބަބުން އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ދެގުނަ ވެފައިވާ ކަމަށެވެ. ހަލުވިކަމާއެކު އެޤައުމުގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެމީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައި ވަނީ އިންޑިއާގެ ހުރިހައި ސަރަޙައްދެއް ފުރަބަންދު ކޮށްފައި ވަނިކޮށް އެ ނިންމުމާއި ވެސް ޚިލާފަށެވެ.
1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެޤައުމުގައި ކޮވިޑް-19 ފެތުރިއްޖެނަމަ އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، އިންޑިއާގައި ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ފުރަބަންދުގެ އަމުރާއި، ރައްކާތެރިކަމުގެ ޤަވާއިދުތަކާއި އެތައް ބަޔަކު ޚިލާފުވާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.
އެގޮތުން މީގެ ދެ ދުވަސްކުރިން، އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން ވަނީ އެމީހުންގެ ދީނީ ފެސްޓިވަލެއް ފާހަގަކުރުމަށް ފައްޅިތައް ކައިރިޔަށް ވެސް ޖަމާވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން މި ފެސްޓިވަލް މިއަހަރު ނުބާއްވާގޮތަށް، އިންޑިއާގެ ހިންދޫ ދީނުގެ އިސް ފާދިރީން ނިންމާފައި އޮތް ނަމަވެސް ގިނަ ބަޔަކު ވަނީ "ޕޫޖާ ކުރަން" ކަމަށް ބުނެ، ސަލާމަތީ ބާރުތަކުގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި އެއްވުންތައް ކުރިޔަށް ގެންގޮސްފައެވެ.
އިންޑިއާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 208 ޤައުމަކުން ކޮވިޑް-19 ފެނިފައި ވާއިރު، އެޤައުމުން މިހާތަނަށް 4314 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. މީގެތެރެއިން މިއަދުގެ މިހާތަނަށް އެޤައުމުން ފައްސިވީ މީހުންގެ އަދަދު 25 އަށް އަރައެވެ. އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ޖުމްލަ 118 މީހަކު މަރުވެފައި ވާއިރު، ބަލިން ރަނގަޅު ވެފައި ވަނީ 328 މީހުންނެވެ.
ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ވައިރަސް ފެނުނު ގިނަ ޤައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ. އިންޑިއާ އަކީ އެންމެ ގިނަ ބަޔަކު މި ފިޔަވަޅުތަކާއި ޚިލާފުވަމުންދާ އެއް ޤައުމު ކަން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ފެންމަތިވެފައިވާ މައްސަލަތަކުން ހާމަވެއެވެ.
ކޮވިޑް-19 ގެ ނުރައްކަލަށް ދުނިޔެ ހުށަހެޅުމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، "ޑަބްލިއުއެޗްއޯ" އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ. މި ވައިރަސް އަށް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.2 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ އޭގެތެރެއިން 70000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެ ދެކެފައިނުވާ ވަރުގެ ނުރައްކާތެރި ބަލިމަޑުކަމެކެވެ.
މޮޔަ އިންޑިއާ
ކޮން މުޒާޚަރާއެއް ކުރާކަށް! ހީވަނީ މުޒާހަރާކުރުމުން މިކަމުން އަރައިގަނެވެނީ ހެން
ތި މުޒާހަރާނުކޮށް އިސްލާމްދީނުގެ ޙިދާޔަތު ލިބިގަނެ ﷲ އަށް ބިރުވެތިވޭް
ބުއްދިފަސްވެފައި ތިބޭ ބައެއް! ކަލޭމެންގެ ބޮސްތަ މިޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި މި އިންނަނީ!
" ވައިރަސް އާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.." .ކޮވިޑް 19 ތިމީހުންދެކެ ބިރުގަންނާނެކަމަށް ދޯ؟
އަޅާނުލާ ސީނު. އެއީ މޮޔައިން.?
އަޅާނުލާ ސީނޫ. އެއީ ބޮޑު މޮޔައިން!
ބަލަގަ މުޒާހަރާ އައް ނިިކުތީމަ ބަލި ފެތުރޭނީއޭ......
? އަރޭ ޔޭ ކިޔާ ކަރްރަހޭހޯ ތުމްލޯގް!!؟؟ ޕާގަލް ހޯގައީ ކިޔާ؟
ޔޭތޯ ސައްޗާ ޕާގަލްހޭ
މޮޔަގެރި އަވަލީމަ ވާގޮތް ތޯއްޗެއް
ގެރިމަހަކީ ޢާއްމުކޮށް ކާމަހަކަށް ހަދައި ގެރީގެ ނަޖިސް މުޤައްދަސް އެއްޗަކަށް ހަދައިގެން އުޅުން ހުއްޓާލާ
ކަލޭމެން މުޒާހިރާ ކުރީމާ މި ބަލި ކިހާ ބިރެއް ގަންނާނެ. ބޯގޮވި ބޮޓުންތަކެއް. ގެރި މޯޖީއަށް މި ބަލި ޖެހިއްޖިޔާ ރަނގަޅު.
މިހާރު އެވައިރަސް ބިރުން ނެތހި ފަނާވެ ދިޔައީތޯ ނޫންނަމަ އެހެން ވޭދާނެ ކަމައްތޯ ހީކުރެމެނީ ކާފަރުންގެ ލަށްކަތުތައް މިވައިރަހުގެ ށިކާރަޔަކައްވެ ނެތިދިއުން އެދި ﷲ އައް ދުއާ ކުރަން އާމީން
އިންޑިއާ މީހުން ބޯހަމަޖެހޭ އެކަމެއް ވެސް ނުކުރާނެ.. ނުބައި ކަން ބޮޑު ވެގެން ގޮސް ބޯހަލާކު ވެފަ.
މިހާ ކަންދައްކާ ސިކް ގައުމެއް ނުދެކެން.
ހަހަހަހަހާ.
ޢިންޑިއާގެ އޭބީޕީ ނިވްސް އިން ކިޔަނީ މުސްލިމް ތަބްލީޣީ ޖަމާ އަތުގެ ސަބަބުންނޭ މިބަލި ބޮޑަށް ފެތުރިގަތީ އެމީހުން ދީނީ އެއްވުމެއް ބާއްވައިގެން ކަމަށް އަދި އައިސޮލޭޝަންގަ ތިބޭއިރުވެސް ޑޜ. ގެ ބަސް ގަބޫލުނު ކޮށް ކައިރި ކައިރީގަ ތިބެ ނަމާދު ކުރުންފަދަ ކަންތައް ކުރާތީ ކަމަށް
އަޅޭ ސަނޫ!
ނޔުޔޯކުގަ ހުސް މުސްލިމުން
މިބައިމީހުނަށް ވުރެ ކަނޑަކޮސް ބަޔަކު މިހާރު ދުނިޔޭ އެބައޮޅޭތެ ؟
އަންނި ނިކުމެ ތިޔަ މުޒާހަރާ ދިފާއު ކުރައްވާނެ ކަންނޭގެ
ޔަޤީން ނުކުރާނެ.
ހަމައެކަނި ކޮރޯނާއަށް މުޒާހަރާ ކުރީ ކީއްވެ ؟ ތިޔަ އިންޑިއާގާ ނެތްބައްޔެއް ދުނިޔޭގެ އެއްތާކުވެސް ނެތް ! އެބަލިތަކަށްވެސް މުޒާހަރާ ކޮށްބަލަ ! ބަލަ މޮޔަ އިންޑިއާގެ ޖާހިލުން ނޭވޭ ! އަނެއްކާ މަގުތަކަށް މީހުންނިކުމެ އުޅެގަތީމާ އިތުރަށް ކޮރޯނާ ޖެހޭނީ ! ކީއްކުރާނީ މިމީހުންނަކީ ޖާހިލުންގެ ތެރޭންވެސް އަރާތިބިބައެއް ! ވާނީވެސް އެހެން ! ވެރިން ހިސާބަށްވުރެ ޖާހިލުވީމާ ދެން ނުވާނެ ކަމެއް ނޯންނާނެ !
ކޮ ރޯނާ އިސްތިއުފާ! ހެހެހެ
ފައިދާއެއް ގެއްލުމެއްނުދެވޭ ގެރިބޮލަށް އަޅުކަން ކުރާ ބައެއްގެ ބުއްދި ހަމަ ޖެހޭނެ ބާ ؟
މިވެ ރިން ހާދަ މޮޔައޭ...ގެ ރި ވަ ރެއް ނެތިގެން އުޅޭ ބައެއް.ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.މި މީސްތަ ކުންނަށް ތެދުމަގު ދައްކަވާފާންދޭ.
ކަލޭމެން މުޒާހަރާ ނުކޮށް މާތް ﷲ ގެ މަގަށް ތަބާވޭ! ކޮވިޑް19 އަކީ މާތް ﷲ ގެ ހަޟްރަތުން އައި ކޯފާއެއް. ހަޅޭއްފަޅޭއް ނުލަވައި ދޭބަލަ ޝަހާދަތް ކިޔައިގެން އިސްލާމްވާން...
Insane... WHO said to stay home
ހަމްކޯ ބޮހޯތް އާސޫ އާޔާ..ތުމްސަބް ގުއްސޭމޭ މޭރޭ ޚިލާފް އާވާޒް އުޓާކާރު ހަމްކޯ ގާލާ ދިޔާ....ޓީކޭ...ހަމް ޖާރަހީހޫން އިސް ޕާގަލް ދޭޝް ޗޯޅްކަރު... ލޭކިން....، މޭ ވާޕަސް އާއޫނގާ މެރޭ ބާއީކޭ ސާތް.. އޯރް ތުމް ސަބްކޯ ޓުކުޅޭ ޓުކުޅޭ ކަރްދޫނގާ..ހައްހައްހާ!
ޢައި ކެނޮޓް އަންޑަސްޓޭންޑް!