މުޅި ދުނިޔެއަށް ފެތުރިފައިވާ ބިރުވެރި ކޮވިޑް-19 ޖެހިގެން އެންމެ ގިނައިން މަރުވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަން އެއީ ގިނަ ބަޔަކު ގަބޫލު ކުރާ ހަގީގަތަކެވެ. މިހާތަނަށް އެ ބަލީގައި މަރުވެފައިވާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއީ އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން ދެ ހަފްތާގެ ތެރޭގައި ދުނިޔެއާ ވަކިވެގެން ދިޔަ އާއިލާއެއްގެ ވާހަކައެވެ.

އުމުރުން 84 އަހަރުގެ ކެއިތު މެކްވިކާ އާއި އޭނާގެ އަނބިމީހާ 82 އަހަރުގެ ޖީން، ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ ދެ ހަފްތާގެ ތެރޭގައެވެ. އެމީހުންގެ ފަހުން، ޖެހިގެން އައި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެ މީހުންގެ އަންހެން ދަރިފުޅު 62 އަހަރުގެ ޖޭން ވަނީ ބަލި ޖެހިގެން ދުނިޔެ ދޫކޮށްފައެވެ.

ޖޭން އަކީ ދެ ކުދިންގެ މަންމައެކެވެ. ޖޭން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމާއި އެކީ އޭނާގެ ފިރިހެން ކޮއްކޮ ވަނީ އޭނާ ބަލިން ރަނގަޅުވޭތޯ ދުއާ ކުރުމަށް އެދިފައެވެ.

ޖޭންގެ މަރާއި އެކު އޭނާގެ ދެ ކުދިން މިހާރު ތިބީ ހާލުގައި ޖެހިފައެވެ. ހަމަ އެކަނި އަޅާލާނެ މީހަކަށް އާއިލާގައި ހުރީ އުމުރުން 60 އަހަރުގެ ބޭބެއެކެވެ.

ޖޭން މަރުވުމުގެ ކުރިން އޭނާ ވަނީ އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން މީސްމީޑިއާގައި ކޮވިޑް-19 ގެ ނުރައްކާތެރިކަން ބުނެ، އެ ބަލިން ރައްކާތެރިވުމަށް ސޯޝަލް ޑިސްޓެންސް ބެހެއްޓުމަށް ގޮވާލާފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 84،279 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 10،612 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު