ބޮލީވުޑްގެ ލެޖެެންޑް ތަރިއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދާ އަނިލް ކަޕޫރް އާއި މަޝްހޫރު ޑިޒައިނާ ސުނިތާ ކަޕޫރްގެ ކައިވެންޏަށް ވަަރަށް ގިނަ ދުވަސްވެއްޖެއެވެ. އަނިލް ސުނީތާ އާއި ކައިވެނި ކުރީ 1984 ވަނަ އަހަރުއެވެ.

އަނިލް ބުނެފައިވާގޮތުގައި، އޭނާއަށް އެންމެ ފުރަތަމަ ސުނިތާއާ ގުޅޭގޮތުން ކަމުގޮސްފައި ވަނީ އޭނާގެ އަޑެވެ. އެންމެ ފުރަތަމަވެސް ލޯބިވީވެސް ސުނިތާގެ އަޑު ދެކެއެވެ.

އިންޑިއާގެ ނޫހަަކަށް ދިން އިންޓަވިއެއްގައި އަނިލް ކަޕޫރް ބުނިގޮތުގައި، އޭނާއަށް ކަމުގޮސްފައި ވަނީ ސުނީތާ އނިގިރޭސިން ވާހަަކަދެއްކި ގޮތެވެ. އެއީ އަނިލް އޭނާއަށް ފޯނުން ގުޅުމުން ދެއްކި ވާހަކަތަކުންނެވެ. އަދި އަނިލްއަށް ސުނީތާ ފެނިގެން ގޮސްފައި ވަނީ ރާޖްކަޕޫރްގެ ގޭގައި އޮތް ޕާޓީއަކުންނެވެ. އަދި އަނިލްއަށް ސުނީތާ ވަރަށް ރީތިވެގެން ދިޔަ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި މެރިޖަންގ ފިލްމް ގެ ޝޫޓިންގ ފެށި ދުވަސް ނޫން އަނެއްް ދުވަހު ދެ މީހުން ކައިވެނި ކުރި ކަމަށާއި، އަދި އޭނާ ދިޔައީ ތިން ދުވަހަށް ޝޫޓިންގއަށް ކަމަށް އަނިލް ބުންޏެވެ.

އަދި އެ ދުވަސްވަރު އޭނާއާ ނުލާ ސުނީތާ ހަނީމޫނަށް ގައުމުން ބޭރަށް ދިޔައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަނިލް ސުނީތާއާ ކައިވެނި ނުކުރުމަށްވެސް އެއިރު ގިނަބަޔަކު އެދުނު ކަމަށް ވެއެވެ. އެއީ އޭނާގެ ކެރިއާ ރޫޅިދާނެ ކަމަށް ބަލައެވެ. ނަމަވެސް އޭނާއަށް ކެރިއަރަށްވުރެ މުހިންމީ ލޯތްބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    އާނ. ލޯބި މުހިއްމުވީވަރު އެނގޭތާ. ހަނީމޫނަށްވެސް އެފަކީރު ފޮނުވާލީ އެކަނިވިއްޔަ.

    10
    1
  2. ހަސަނު ގޯތި ފާތުމާ

    ތި ނުވާނެ ހަނީމޫނަކަށް.