ކޮވިޑް-19 އާއި ގުޅިގެން މީހުންނަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ވަކިވަކިން މީހުންނަށް ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ފައިސާ ފޮނުވިއިރު އޮޅިގެން މީހަކަށް މާގިނަ ފައިސާ ފޮނުވިއްޖެއެވެ.

އެމެރިކާގެ އިންޑިއާނާއަށް ނިސްބަތްވާ ޗާލްސް ކެލްވިންގެ އެކައުންޓަށް އެމެރިކާ ސަރުކާރުން ފޮނުވަން ނިންމާފައި އޮތީ 1700 އެމެރިކާ ޑޮލަރެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 26000 ރުފިޔާއެވެ. ނަމަވެސް އޮޅިގެން ޖަމާކުރެވިފައި ވަނީ 8.2 މިލިއަން ރުފިޔާއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 126 މިލިއަން ރުފިޔާއެވެ.

ޗާލްސް އާއި އޭނާގެ އާއިލާގެ ކަންކަން ހަމަޖައްސަން ސަރުކާރުން ދިން ފައިސާގެ އިތުރަށް އެތައް ގުނައެއް ގިނައިން ފައިސާ ޖަމާވެފައި ހުރުމުން އޭނާ ހީކުރީ އޭނާ އަށް ލޮޓަރީއެއް ވިން ކުރެވިގެން ގިނަ އަދަދެއްގެ ފައިސާ ލިބިފައި ހުރީ ކަމަށެވެ.

ނިއު ޗިކާގޯގައި ވޮލެންޓިއާ ފަޔާ ފައިޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޗާލްސްއަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައި ހުރިކަން އެނގުނީ 200 ޑޮލަރު އޭޓީއެމް އިން ނެގުމުން އެކައުންޓްގެ ބެލެންސް އައިއިރު، އެކައުންޓްގައި އަށް މިލިއަން ޑޮލަރު ހުރިކަމަށް ދެއްކުމުންނެވެ.

"އަހަރެންނަށް ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު. ދެން އަހަރެން ހީކުރީ އަހަރެންނަށް ލޮޓަރީއެއް ވިން ކުރެވުނީ ކަމަށް. ދެން އަހަންނަށް ހީކުރެވުނީ މިއީ އޭޓީއެމްގެ މައްސަައަކުން އަރާފައި އޮތް އަދަދެއް ކަމަށް." ޗާލްސް ބުންޏެވެ.

ޗާލްސްގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ ހުރުމުން އޭނާ ވަނީ އެއީ ކިހިނެއް ޖަމާވި ފައިސާތޯ ބަލާފައެވެ. އެއީ ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުން ޖަމާވި ފައިސާކަން އެނގުމުން އޭނާ ވަނީ އެކަން ބޭންކްގެ ސަމާލުކަަމަށް ގެނެސްފައެވެ. ބޭންކްގެ ސަމާލުކަމަށް އެކަން ގެނައިތާ އިރުކޮޅެއްގެ ތެރޭގައި އެކައުންޓްގައި ހުރި ފައިސާތައް މިހާރު ވަނީ "ގެއްލިފައެވެ."

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ

    8.2 މިލިއަން ރުފިޔާ 126 މިލިއަން ރުފިޔާ އަށް ބަދަލުވި ގޮތެއް ނޭނގުނު

    47
    4
    • ާލޮލް

      އަދުރެ މެޓިކްސް