އެމެރިކާގައި ކޮވިޑް-19 ގެ ޝިކާރައަކަށްވި އުމުރުން 49 އަހަރުގެ އެލިޒެބެތް ބުނާ ގޮތުން އޭނާ ދިރި ހުރުމަކީ ބޮޑު މުއުޖިޒާތެކެވެ.

މިމަހުގެ ކުރީކޮޅު އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރި އިރު، އޭނާ އަށް ހޮސްޕިޓަލްގެ ސްޓާފުން ވަރަށް ރަނގަޅަށް ކަމޭއްހިތިކަމަށް އެލިޒަބަތް ބުނެއެވެ.

އެންމެ ފުރަތަމަ އޭނާގެ ކިބައިން އަލާމާތްތައް ފެނުނީ ހުކުރު ދުވަހެއްގައި ކަމަށާ، އެރޭ ނިދާގަޑި ޖެހުނު އިރު ވަރުބަލިވެ ލޮޑުކަން ވަރަށް ބޮޑަށް އިހުސާސްވިކަން އޭނާ ބުންޏެވެ. އެ ހަފްތާ އަކީ ވަަރަށް އަވަދިނެތި އުުޅުނު ހަފްތާއަކަށް ވުމާއި އެކު އެކީ މަސައްކަތުގެ އަސަރުކަަމަށް ޤަބޫލުކުރިކަން އެލިޒަބަތު ބުންޏެވެ.

އޭގެފަހުން ޖެހިގެން އައި ހޯމަ ދުވަހު ފައިގައި ކެތް ނުކުރެވޭ ވަރަށް ރިއްސަން ފެށި ކަމަށާ، އެއީ ނާރަށް ދިމާވި މައްސަލައެއް ކަމށް ބަލާފައި ޕެރަސެޓިމޮލް ކާން ނިންމި ކަމަށް އޭނާ ބުނެއެވެ. ފަހުން ޑޮކްޓަރުން އޭނާގެ މަސްގަނޑަށް ވެސް ވައިރަސް ދިޔަކަން ޔަގީންކޮށްދިނެވެ.

އޭނާގެ ކިބައިން ކެއްސާ ކިނބިހި އެޅުމުގެ ނިޝާންތައް ފެނުނު ނަމަވެސް، އެއީ ކޮވިޑް-19 ގެ އަލާމާތެއްކަން ޔަޤީންވާ ވަރަށް އަލާމާތްތައް ނުފެންނަ ކަމަށް އެލިޒަބަތް ބުނެެއެވެ.

އޭގެ ފަހުން އެއް ދުވަހު ބޭރުގައި އުޅެފައި ގެއަށް އައި އިރު ރޯގާ ޖެހި މީހާ ތުރުތުރުލާން ފެށި ކަމަށާއި، ހަތަރު ހޫނު ފެން ފުޅި އަޅައިގެން ދެ ބެޑްޝީޓް އަޅައިގެން ސޯފާގައި އޮވެގެންވެސް ހޫނު ނުވިކަމަށް އޭނާ ބުނެއެވެ.

ހުން އަންނަން ފެށީ އޭގެ ފަހުން ކަމަށް އޭނާ ބުންޏެވެ.

މުޅި ހަށިގަނޑުގައި އަލިފާން ޖައްސާ އިހުސާސް ކުރެވުނު ކަމަށާ، އާދަޔާ ޚިލާފަށް ބޮލުގަވެސް ރިއްސިކަމަށް އޭނާ ބުންޏެވެ. އަދި އެއްވެސް އެއްޗެއް ނުކެވޭކަމަށާއި ހޮޑު ލެވުމާއި، ގައިން އޮށްދާ ހިއްލާ، ނޭވާ ކުރުވުމަކީ ވެސް ދިމާވި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ނޭވާ ހިއްލުމުގެ މައްސަލަތައް ވެސް ހުންނަ އެލިޒަބަތް ހޮސްޕިޓަލަށް ގެންދެވުނީ އޭނާ ހޭނެތިގެންނެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިއުމާއި އެކު ސްވެބް ޓެސްޓެއް ހެދުމުން އޭނާ ކޮވިޑް-19 އަށް ފައްސިވިކަން އެނގުނެވެ. އަދި އެކްސްރޭ އަކާއި ލޭ ޓެސްޓެއް ހެދުމުން އޭނާގެ ބައްޔަކީ ކޮވިޑް 19 ކަން އިތުރަށް ޔަގީން ވިއެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކުރިތާ ދުވަސްކޮޅެއް ތެރޭ އޭނާ އަށް ކޮވިޑް 19 އާއި ގުޅުން ހުރި ނިއުމޯނިއާގެ ވައްތަރެއް ޖެހުނުކަން އެންގިއެވެ.

"ހީވަނީ މޭ އަތަށް އަންނަން އުޅޭހެން. މަރުވާން އުޅޭހެން ހީވީ. މަރުގައި އަތް ލެވުނު ހެން. ބޭރަށް ދެވުމުން އަހަރެން ބޭނުމީ ވައިގެ އިހުސާސް އަލުން ވާން. ދޫނިތައް ބަލަން." އޭނާ ކިޔާދިނެވެ.

މިހާރު އެލިޒަބަތް ގަބޫލު ކުރަނީ އޭނާ އަށް މިހާރު މިވަނީ ދިރިއުޅުމަށް ދެވަނަ ފުރުސަތެއް ލިބިފައި ކަމަށެވެ.

އޭނާގެ ކިބައިން ވައިރސްގެ އަލާމާތެއް ނުފެންނަކަން އެންގުމާއި ހަމައަށް ދިރިހުންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވެސް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު