އިންޑިއާގެ މައިސޫރް ކައިރީ އޮންނަ ޑިސްޓްރިކްޓެއްގައި މަރުވި ސިކުނޑީގެ މައްސަލަ ހުންނަ މީހަކު ވަޅުލާން އާއިލާއިން ދެކޮޅު ހެދުމުން، އެ މިހާގެ ހަށިގަނޑު ފުލުހުން ވަޅުލައިފިއެެވެ.

ކޮވިޑް-19 ޖެހިދާނެ ކަމުގެ ބިރަށް އުމުރުން 44 އަހަރުގެ އެ ފިރިހެން މީހާގެ ކަށުކަމާއި ކެމީގެ ކަންތަކުގައިވެސް އާއިލާއިން ވަނީ ބައިވެރިވާން ދެކޮޅު ހަދާފައެވެ.

އެ މީހާ މަރުވެފައި ވަނީ ނުރައްކާތެރި ޖަނަވާރެއްގެ ހަމަލާ އަމާޒުވެގެން މީގެ ހަތަރު ދުވަސް ކުރިންނެވެ.

އެ މީހާގެ ޕޯސްޓްމޯޓަމްއަށް ފަހު އެ މީހާގެ އާއިލާއިން އެ މީހާގެ ހަށިގަނޑު ގެންދިއުމަށް ބޭނުން ނުވިއެވެ.

އެހެންވެ ކަރްނަޓަކާގެ އެސިސްޓެންޓް ސަބް އިންސްޕެކްޓަރ މަޑެގޮވްޑާ އާއި އިތުރު ދެ ފުލުހުން ވަނީ އެ މީހާ ވަޅު ލުމުގެ ކަންތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހިންދޫންނަށް ހާއްސަ ސަހަރާގައި ހުރިހާ އެ މީހާގެ ކަށުކަމާއި ކެމީގެ ކަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން އެ މީހާ ވަޅުލުމަށްޓަކައި ވަޅު ކޮނެފައި ވަނީ ފުލުހުންނެވެ. އަދި އެ މީހާ ކަފުން ކުރުމަށް ހުދު ފޮތި ގެނެސްފައި ވަނީ މަޑެގޮވްޑާ އެވެ. މަޑެގޮވްޑާ އާއި އިތުރު ދެ ފުލުހެއްގެ އެހީގައި އެ މީހާގެ ހަށިގަނޑު ވަނީ ވަޅުލާފައެވެެ.

އިންޑިއާގައި ކޮވިޑް-19ގެ ބިރު ވަރަށް ބޮޑެވެ. އެ ގައުމުގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 59662 އަށް ވަނީ އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1981 އަށް ވަނީ އަރާފައެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 17847 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު