ދުނިޔޭގައި ހުރި އެންމެ އުމުރުން ގިނަ ދުވަސްވީ ފިރިހެން މީހާ ކަމަށް ބެލެވޭ މީހާގެ 116 ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.

ފްރެޑީ ބްލޮމް ނަމަކަށް ކިޔާ މި މީހާ ވިހާފައި ވަނީ 1904 ވަަނަ އަހަރުގެ މެއި އަށް ވަނަ ދުވަހު އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ އެޑެލެއިޑް އަށެވެ.

އޭނާ ބުނެފައި ވާގޮތުން 1918 ވަނަ އަހަރު އޭނާގެ އުމުރުން 14 އަހަރުގައި އޭނާގެ ދައްތަ ވަނީ ސްޕެނިޝް ފްލޫ ޖެހިގެން މަރުވެފައެވެ. އެ ދުވަސްތަކުގެ ވާހަކަތައް ހަނދާން ކުރަމުން އޭނާ ބުނެފައި ވަނީ، އެ ބަލި ޖެހިދާނެ ކަމުގެ ބިރަށް ނިދަނީވެސް ބޭރުގައި ކަމަށެވެ. އެ ބަލި ޖެހިގެން 300،000 މީހުން ވަނީ މަރުވެފައެވެ.

ބްލޮމް ބުނާގޮތުގައި،ކޮވިޑް-19 އާ ހެދި އެންމެ އުނދަގޫ ބޮޑު އެއް ކަމަކީ ސިގިރެޓް ލުބުން ދަތިވުން ކަމަށެވެ. އަދި އޭނާގެ އަވައްޓެރިޔާ މައިކަލް ބުނާގޮތުގައި، ބްލޮމް އަށް ކޮވިޑް-19 ގެ މި ހާލަތު ނުއެއް އިނގެއެވެ.

އޭނާ ބުނީ، މިހާ ދުވަހު ދުނިޔޭގައި ހުރީ ކުޅަދުންވަންތަ ކަމުން ކަމަށެވެ.

ބްލޮމްއަކީ އިނގިރޭސިވިލާތުގައި ހުރި އެންމެ އުމުރުން ދުވަސްވީ ފިރިހެން މީހާގެ ލަގަބް ލިބިފައިވާ ބޮބް ވެއިޓަންއަށްވުރެ ދޮށީ މީހެކެވެ. ބޮބްގެ އުމުރަކީ 112 އަހަރެވެ. ބޮބްއަށް ވަނީ މިދިޔަ މާރިޗް މަސް ތެރޭގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަވެސް ލިބިފައެވެ.

އަދި މިހާަތަނަށް ބްލޮމްގެ އުމުރު އެއްވެސް ތާކުން ވެރިފައި ކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާއަށް ކާފަ ކިޔާ ކުދިންވެސް ވަނީ އެގެއަށް ގޮސްފައެވެ. އަދި އަވައްޓެެރިން ވަނީ އުފަން ދުވަހުގެ ލަވަތަކާއި އެއްޗެހިވެސް ކިޔާފައެވެ.

ބްލޮމް އޭނާގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަ ކުރި ކޭޕް ޓައުންގެ އެކި ތަންތަނުގައި ދަނޑުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގައެވެ. އަދި އޭނާ ވަނީ ކައިވެންޏެއްވެސް ކޮށްފައެވެ. އެ ކައިވެންޏެއް މިހާރު 50 އަހަރު ވެފައިވާއިރު، އޭނަގެ އަނބިމިހާގެ އުމުރަކީ 86 އަހަރެވެ.

މި ދެމަފިރިންގެ ދަރިން ނުތިބެއެވެ. ނަމަވެސް އޭނާގެ އަނބިމީހާ ކުރީގެ ކައިވެންޏަށް ލިބުނު ދެ ކުދިން އޭނާ ވަނީ އެޑޮޕްޓްކޮށްފައެވެ.