ކޮވިޑް-19 އަށް ޝިފާއެއް ހޯދުމުގެ ބޭނުމުގައި އިންޑިއާގެ ފާމަސިސްޓަކާއި އޭނާގެ ބޮޑުމީހާ ހެދި ކެމިކަލް ބޮއެގެން، ފާމަސިސްޓް މަރުވެއްޖެއެވެ.

ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނީ، ހާބަލް މެޑިސިން ކުންފުންޏެއްގައި މަސައްކަތް ކުރަމުންދާ އެ މީހުން، ކޮވިޑް-19 އަށް ފަރުވާ އަށް އެދި ކެމިކަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައީ ކަމަށެވެ. އަދި އެއީ ނައިޓްރިކް އޮކްސައިޑް އާއި ސޯޑިއަމް ނައިޓްރޭޓް އެއްކޮށްގެން ހަދާފައިވާ ކެމިކަލްއެއް ކަމަށް ބުނެފައި ވެއެވެ.

ޗެންނާނީ ސިޓީގެ ގެއެއްގައި އެ ކެމިކަލްގެ ޓެސްޓިންގ ކުރިއަށްދިޔައިރު، އުމުރުން، 47 އަހަރުގެ ކޭ ސިވަނެސަން އެ ބުއިތާ މާގިނަ އިރުތަކެއް ނުވަނީސް އެތަނަށް ވަނީ މަރުވެފައެވެ. އަދި އޭނާގެ ބޮޑު މީހާ ރާޖްކުމާރް އަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކުމާރް އާއި ސިވަނެސަން އެ ކެމިކަލްތައް ގަނެފައި ވަނީ މާރެކޭޓަކުންނެވެ. އަދި އިންޓަނޭޓުން ރީސާޗް ހަދައިގެންް އެ މީހުން ވަނީ ފޯމިއުލާއެއް ޑިވެލޮޕްކޮށްފައެވެ.

މިކަން އިންޑިއާ ފުލުހުން ދަނީ ބަލަމުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައިނުވާއިރު، އެ ބަލީގައި 300،000 އާއި ގާތް ކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގައިވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުން ކޮވިޑް-19 ޖެހިގެން 2109 އަށް ވަނީ އަރާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަޖާނުބެ

    ރޯދަމަސް ވީމަ ނެތިން އެއްޗެކޭ ބުނަން ތިކަމަކަށް! އަނގަޔަށް އަންނައެތި ބޮޑުކަމުން

    39
    2
    • ޢަލީ

      ސަޅިވާނެ ރޯދަމަސް ނިމުނީމަވެސް ތިހެން ބަސްމަދުކުރަން ?

      12
  2. ޞާދިގު

    ރާއްޖޭގަ ބޭނުންކުރާ ޓެސްޓް ކިޓްތައް ކަމުދޭބާ؟

    12
    11