ދާދިފަހުން ނިއުޒިލޭންޑުގެ ޔުނިވާސިޓީ އޮފް ކެންޓަބަރީ (ޔޫސީ) ގެ އެސްޓްރޮނޯމަރުން ހޯދާފައިވާ ދުނިޔެއާއި އެއްގޮތް ގުރަހައަކީ އާދަޔާއި ޚިލާފަށް ފިނިގަދަ ގުރަހައެއްކަމަށް ސައިންސްވެރިން ބުނެފިއެވެ.

މިހާތަނަށް ހޯދުނު ދުނިޔެއާއި އެއްގޮތް ސިފަ ލިބިގެންވާ "އެގްޒޯ-ޕްލެނެޓް" ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގުރަހަ ކަމަށްވާ މި ގުރަހައިގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމުގެ މަސައްކަތް ފާއިތުވެދިޔަ ދުވަސްތަކުގައި ސައިންސްވެރިން ކުރިޔަށް ގެންގޮސްފައިވާއިރު، މި ގުރަހައިގެ މާހައުލަކީ ދުނިޔެއަށްވުރެ އެތައް ގުނައެއް ފިނިގަދަ މާޙައުލެއްކަން ހާމަވާ ހެކިތައް ސައިންސްވެރިން ވަނީ ހޯދާފައެވެ.

ދުނިޔެއާއި އެއްގޮތް ގިނަ ސިފަތަކެއް ލިބިފައިވާ މި ގުރަހަ ދައުރުވަނީ، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ފަދަ ނިޒާމެއްގައި އިރުފަދަ ތަރިއެއްގެ ވަށައިގެންނެވެ. ނަމަވެސް އެ ތަރިއަކީ މި ސޫރުދަ ނިޒާމުގެ ތަރިއަށްވުރެ ކުޑަ ނުވަތަ އަލި މަޑު ތަރިއެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެ ގުރަހަ އާދަޔާއި ޚިލާފަށް ފިނިގަދަވާން މެދުވެރިވި ސަބަބަކީ މިއީ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދިރާސާތަކުގެ އަލީގައި ސައިންސްވެރިން ބުނެފައިވަނީ، މި ގުރަހައިގައި ދުނިޔެ ފަދައިން ބިންފަދަ ފަށަލައެއް އެކުލެވިގެންވާ ކަމަށެވެ. ނަމަވެސް އެ ގުރަހައިގެ ފިނިމިން އާދަޔާއި ޚިލާފަށް ދަށްވުމާއި ގުޅިގެން ގުރަހައިގައި ފެން ހުރިނަމަވެސް އެ ފެން ހުންނާނީ ގަނޑުފެނުގެ ގޮތުގައި ކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެންކަމުން މިއީ ދިރުންތަކަށް އެކަށީގެންވާ ގުރަހައެއް ކަމުގައި ބެލޭނެ ފުރުސަތު ވަނީ ކުޑަވެފައެވެ.

މި ގުރަހަ ހިމެނޭ ސޫރުދަ ނިޒާމު އޮންނަނީ ދުނިޔެ ދައުރުވާ މިލްކީވޭ (ގެލެކްސީ) ނުވަތަ މަޑިކިލަނބުގެ މެދުގައެވެ، އެހެންކަމުން މި ސޫރުދަ ނިޒާމާއި ދުނިޔޭގެ ސޫރުދަ ނިޒާމާއި ދެމެދު ގާތްގަނޑަކަށް 25000 އަލި އަހަރުގެ ދުރުމިން ހުންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އަލި އަހަރަކީ އައްޔަށް އަހަރެއްގެ ތެރޭގައި ދަތުރު ކުރެވޭ ދުރުމިނެވެ.

ޔޫސީގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި ދުނިޔެއަށްވުރެ ދިހަގުނަ ބޮޑު މި ގުރަހައިގައި އަހަރެއްގެ ދިގުމިން، ދުނިޔޭގެ ދުވަސްތަކުން ގުނާނަމަ 617 ވަރަކަށް ދުވަސް ދެމިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޯން

    ފިންޏަކަސް ހެޔޮތާ ކޮވިޑެއް ނޫޅޭނެއެއްނު؟

    11
    23
  2. ޢަހުމަދު

    ކޮންމެ ނަންނޭގޭ އެއްޗަކަށް ބަހެއް ހެދީމަ ހާދަ އޮޅުމެކޭ މިއަ ރަނީ. ސާމްޕަލް (ސުންކް)، ޕްލެނެޓް (ގު ރަހަ) މިހެންގޮސް ބައިވަ ރު. ވަގުތުން މިހާ ރު ރަދީފެއް އެބަ ހަދަން ޖެހޭ މިނޫސް ކިޔަން.

    25
  3. ކޮތަރު

    ތިޔަ ގުރަހައަކުން ތޯއްޗެއް ތިޔަ ކޮވިޑެއް ދުނިޔެއަށް އައީ.

    1
    23