ވެބް ޓެލެސްކޯޕުގެ އެހީގައި ނާސާއިން ފުރަތަމަ ފަހަރަށް އަހަރެމެންގެ ސޯލާ ސިސްޓަމްގެ ބޭރުން ޕްލެނެޓެއްގެ ފޮޓޯއެއް ނަގައި އާންމުކޮށްފިއެވެ.

ތަފާތު އެކި އާލާތްތައް ބޭނުންކޮށްގެން ވެބް ޓެލެސްކޯޕުން ވަނީ ދުނިޔެއިން ގާތްގަނޑަކަށް 385 އަލި އަހަރު ދުރުން އުފެދިފައިވާ އެކްސްޕްލެނެޓް ހިޕް 65426 ބީ ގެ ގިނަ ފޮޓޯތައް ހިއްސާކޮށްފައެވެ. ގޭހުން ފުރިފައިވާ މި ޕްލެނެޓަކީ ޖުޕިޓާއަށް ވުރެ ހައެއް ނުވަތަ 12 ގުނަ ބޮޑު ޕްލެނެޓެކެވެ.


މި
ފޮޓޯތަކަކީ ނާސާއިން މިހާރު ކުރިއަށް ގެންދާ ދިރާސާއެއްގެ ބައެއް ކަމަށް އެ އިދާރާއިން ބުނެއެވެ. މި ފޮޓޯތައް އަދި ޕިއަރ-ރިވިއު ކޮށް ނުވަތަ ސައިންޓިފިކް ޖާނަލްއެއްގައި ޝާއިއު ކޮށްފައެއް ނުވެއެވެ. ނަމަވެސް ނާސާއިން ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ބްލޮގް ޕޯސްޓެއްގައި މީގެ ހިތްގައިމު އެތައް ފޮޓޯއެއް ހިއްސާކޮށްފައެވެ.

ޔުނިވާސިޓީ އޮފް އެގްޒެޓަރ އެސޯސިއޭޓް ޕްރޮފެސަރ އޮފް ފިޒިކްސް އެންޑް އެސްޓްރޮނޮމީ ސާޝާ ހިންކްލޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ފޮޓޯތަކަކީ ހަމައެކަނި ވެބްއަށް ލިބުނުކުރިއެރުން ދައްކައިދޭ ފޮޓޯތަކެއް އެކަނި ނޫން ކަމަށާއި، މިއީ އެސްޓްރޮނޮމީއަށްވެސް އިންގިލާބީ ވަގުތުކޮޅެއް ކަމަށެވެ. އެކަމަނާއަކީ އެކްސްޕްލެނެޓްގެ ދިރާސާ ކުރިއަށް ގެންދިއުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރައްވާ އެންމެ އިސް ސައިންޓިސްޓެވެ.


އެޗް
.އައި.ޕީ 65426 ބީ އެންމެ ފުރަތަމަ ހޯދިފައި ވަނީ 2017 ވަނަ އަހަރު ޔޫރަޕިއަން ސަދަން އޮބްޒަރވޭޓަރީގައި ބޮޑު ޓެލެސްކޯޕަކުން ކާއިނާތު ބެލުމުގެ ތެރޭގައި އެވެ.

ނާސާގެ ވެބް ޓެލެސްކޯޕުން ދަނީ ކާއިނާތުގެ އެތައް އަލި އަހަރެއް ދުރުގައިވާ ޕްލެނެޓްތަކާއި ގެލެކްސީތައް ހޯދައި ފޮޓޯތައް އިންސާނުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮނިބެ

    މިވެރިން އަމިއްލައަށް ހަދައިގެން އުޅޭ ސިސްޓަމުން ބޭރު ޕްލެނެޓްކަށް ވެދާނެ