ދުނިޔެއާއި އެއްގޮތް، ދުނިޔޭގެ ދައުރުވުމާއި އެއްފަދަ ގުރަހަ (ޕްލެނެޓް) ތައް ކައުނުން ފެންނަނީ މަދު ފަހަރެއްގައެވެ. އެހެން ނަމަވެސް ދުނިޔެއާއި އެތައް ގުނައެއް ތަފާތު، އާދަޔާއި ޚިލާފު ގުރަހަތައް މީގެ ކުރީން ގިނަ އަދަދަކަށް ސައިންސްގެ އަލީގައި ވަނީ ހޯދިފައެވެ. ދާދިފަހުން ސައިންސްވެރިން ހޯދާފައިވާ "އެންޖީޓީއެސް-10ބީ" އަކީ ވެސް އެފަދަ ގުރަހައެކެވެ.

ސައިންސްވެރިން ބުނާގޮތުގައި މި ގުރަހަ ފެނިފައިވަނީ ދުނިޔެ އާއި އެއްހާސް އަލި އަހަރު ދުރުގައިވާ ސޫރުދަ ނިޒާމަކުން (ސޯލާ ސިސްޓަމަކުން) ނެވެ. އާދަޔާއި ޚިލާފު ބާރުމިނެއްގައި މި ނިޒާމުގެ އިރުފަދަ ތަރި ވަށައިގެންދައުރުވާ މި ގުރަހަ، އެންމެ 18 ގަޑިއިރު ތެރޭގައި ދައުރުވުމެއް ފުރިހަމަކުރާ ކަމަށް ވެއެވެ. ދުނިޔެ، މި ސޫރުދަ ނިޒާމުގެ އިރުގެ ވަށައިގެން ދައުރުވަނީ 365 ދުވަހުން ނުވަތަ 8760 ގަޑިއިރުންނެވެ.

އަލަށް ފެނުނު "އެންޖީޓީއެސް-10ބީ"ގެ ދިރާސާތައް ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ގުރަހައަކީ މި ސޫރުދަ ނިޒާމުގައިވާ އެންމެ ބޮޑު ގުރަހަ، މުޝްތަރީ (ޖުޕިޓާ) ފަދަ ގޭސްތަކުން ފުރިފައިވާ ގުރަހައެކެވެ. ނުރައްކާތެރި ގިނަ އަދަދެއްގެ ގޭހުން އުފެދިފައިވާ މި ގުރަހައަކީ ހޫނުގަދަ "ހޮޓް ޖުޕިޓާ"އެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އާދަޔާއި ޚިލާފަށް އޭގެ ތަރިވަށައިގެން ދައުރުވާ މި ގުރަހައަށް ތަރީގެ ބިމަށް ދަމާ ބާރުގެ އަސަރު ކުރާ ކަމަށް ވެއެވެ. މިކަމުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި މި ގުރަހަ އޭގެ އިރުފަދަ ތަރިއާއި ފުށުއަރައި ނެތިގެންދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

"އެންޖީޓީއެސް-10ބީ" ސިކުންތަކު އޭގެ ތަރި ވަށައިގެން 40 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރާއިރު، މިއީ މިހާތަނަށް "ހޮޓް ޖުޕިޓާ" އެއް ތަރިއެއްގެ ވަށައިގެން ދައުރުވާ އެންމެ ހަލުވިމިން ކަން ވަނީ ހާމަވެފައެވެ. "ހޮޓް ޖުޕިޓާ" އުފެދެން މެދުވެރިވާ ސީދާ ސަބަބެއް އަދި ސައިންސްވެރިންނަކަށް ވެސް ހޯދިފައެއް ނުވެއެވެ. ނަމަވެސް "އެންޖީޓީއެސް-10ބީ"ގެ ހޯދުންތަކުން މިކަމުގެ ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއް ލިބޭނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.

"އެންޖީޓީއެސް-10ބީ" ފަދަ ގުރަހަތައް އުފެދެން މެދުވެރިވަނީ ޖައްވުގައި އެނބުރޭ ގޭހާއި ހިރަފުހާއި އެނޫންވެސް އެފަދަ މައުދަނާއި މާއްދާތައް އެއްވެ އެކަތިގަނޑަކަށް ވުމަށްފަހު އެތައް ހާސް އަހަރެއް އެގޮތުގައި ދައުރުވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮބާ

    ކޮބާ ރާއްޖޭގަ އުޅޭ ސައިންސުވެރިން.ކޮމެންޓުގަނޑެއްވެސް ކޮށްނުލަނީތަ.މާ އެގޭބައެއްކަމަށް

    14
    1
    • ގުރަހަ

      ސިކުންތަކު 40ކިލޯމީޓަރު އެއީ އާދަޔާހިލާފު ބާރެއްނޫން،، ދުނިޔެ އިރުވަށާ ދަތުރުކުރަނީ ސިކުންތަކު 47ކިލޯމީޓާރ (107000 މައިލްސްޕާރބއަވާރ)

      • ކުރަނގި

        ތަންދޮރު ދަންނަ މީހުންވެސް މިތާ އެބަ ކޮމެންޓް ކުރޭ. މަ ހީކުރަނީ ހުރިހާ ދިވެހީންނަކީ ވެސް މި މުއްލާއިން ފެންވަރުގެ ބައެއް ކަމަށް.

    • ދިޓިސްޓް

      ކޯވިޑަށް ބޭހެއް ހޯދޭތޯ ދޯ އެންމެބެސް އުޅޭނީ

      4
      1
      • ސައެންޓިސް2

        ކޮވިޑަށް ބޭސްހޯދަނީ ބޭސްވެރިކަމުގެ ސައިންޓިސްޓުން. ކޮވިޑަކީ ވައިރަހަކުން ޖެހޭ ބައްޔަކަށްވީމާ އޮތް ހަމައެކަނި ފަރުވާއަކީ ވެކްސިން ނޫނީ އެންޓިބޮޑީ ޓްރީޓްމަންޓް. ޕްލެނެޓްތައް ހޯދާ ސައިންޓިސްޓުންނަކީ އެސްޓްރޮނޮމިސްޓުން، އެމީހުންގެ ކަމަކީ އުޑުގައިވާ (ހަތް އުޑެއް ނޫން) ތަރިތަކާއި ޕްލެނެޓްތައް ހޯދުން. ފަހަރެއްގައި މިހޯދުންތަކަކީ ބޭކާރު ހޯދުންތަކަކަށް ވެދާނެ. 18ވަނަ ގަރުނުގައި ކަރަންޓަކީވެސް ބޭކާރު އެއްޗެއް. އެކަމަކު މިހާރު ކިހާ މުހިންމު. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ހިތައްވެސް ނުގެނެވޭނެ މިޒަމާނުގެ ހޯދުންތައް. ކިހިނެއް އެނގޭނީ މިޕްލެނެޓްތަކަށް 50 އަހަރުފަހުން ނުދެވޭނޭ ކަމެއްވެސް. ހުރިހާ އެއްޗެއް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ.

        10
  2. ސުހި

    ނިކަން ގުރުއާނާއި ހަދީސުން ތިޔަކަމުގެ ހެއްކެއް ދަލީލެއް ދައްކަބަލަ

    3
    21
    • ސައިންޓިސް2

      ކީރިތި ގްރުއާނާއި ހަދީޘްތަކަކީ ދީނުގައި އުޅެންވާ ގޮތް އަންގަވާ ދޭއްޗެއް. ހަދީޘްގަވެސް ގްރުއާނުގައިވެސް ނެތް ދަނޑުގޮވާންކުރާގޮތްވެސް އެންމެ ކުޑަމިނުން. އެކަމަކު ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައިވެސް ދަނޑުގޮވާންކުރުން އޮތް. ހަމައެގޮތަށް ކަރަންޓާއި ސްމާޓްފޯނާއި ޓީވީގެ ވާހަކައެއްވެސް ނެތް ގުރުއާނާއި ސުންނަތުގައި. އެކަމަކު އެއެއްޗެހި މިވަނީ މިޒަމާނުގައި އުފައްދާފައި. ކަލޭ ކީކޭ ކިޔާކަށް. ގްރުއާނުގައި އަންގަވާފައި އޮތީ ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަންތަކުން އިބުރަތްތަކެއް ވެއޭ. ކަލޭ މި ޕްލެނެޓްތަކާމެދު ނުވިސްނާނަމަ ކޮން އިބުރަތެއްތަ؟ މި ޕްލެނެޓުންވެސް އެނގެނީ މާތްﷲގެ ކުޅަދުންވަންތަކަން.

      16