މަޝްހޫރު ސްޕެޝިގެ ޓީވީ ސީރީޒް މަނީ ހެއިސްޓްގެ ތަރި އަލްބާ ފްލޮރެސް ނުވަތަ ނައިރޯބީގެ ވީޑިއޯއަކަށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިިބިގެން ގޮސްފައެވެ. ކްރައިމް ޑްރާމާ ސީރީޒއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މަނީ ހެއިސްޓުން ނައިރޯބީ މަޝްހޫރު ވެގެން ދިޔައިރު، އޭނާ މީގެ ކުރިން ކުޅުނު ރޯލްތަކުން ޓެލެގޫ ބަހުން ވާހަކަދައްކާ ވީޑިއޯއެއް މީހާރު މީސް މީޑިއާގެ ސަމާލުކަން މި ވަނީ ހުއްޓިފައެވެ.

އުމުރުން 33 އަހަރުގެ އަލްބާގެ އެ ވީޑިއޯއިން ފެންނަނީ އޭނާ އަންދްރާ ޕްރަދޭޝްގެ އަންހެނެއްގެ ގޮތުގައި 2013 ވަނަ އަހަރު ނުކުތް ފިލްމް ވިސެންޓެ ފެއްރެރް އިން ފެނިގެންދާ މަންޒަރެވެ. އެ ވީޑިއޯއެތައް ބައެއްގެ ސަމާލުކަން ދަމައިގެންފިއެވެ. ހާއްސަކޮށް އޭނާގެ ފޭނުންގެއެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އަލްބާ ސާރީ އަޅައިގެން ހުންނަ މަންޒަރެވެ. އަދި އެ ފިލްމްގައި އޭނާ އަދާ ކުރަނީ ޝާމިރާގެ ރޯލެވެ. އަންދްރާ ޕްރަދޭޝްގެ އަންދަޕުރަމްއަށް ނިސްބަތްވާ އަންހެނެއްގެ ގޮތުގައެވެ.

އެ ވީޑިއޯ އެންމެ ފުރަތަމަ ހިއްސާކޮށްފައި ވަނީ މީގެ ފަސް ދުވަސް ކުރިން ޓިކްޓޮކްގައެވެ. އެއާއެކު އެތައް ހާސް ބަޔަކު އެ ވީޑިއޯ ބަލައި، ރިއެކްޓް ކޮށްފިއެވެ. އަދި ފަހުން ޔޫޓިއުބްއަށް އެ ވީޑިއޯ ލުމުން 7.8 ލައްކަ ވިއުސް އެ ވީޑިއޯއަށް ލިބިގެން ގޮސްފައި ވެއެވެ. އަދި 8000 އަށްވުރެ ގިނަ ލައިކް އެ ވީޑިއޯއަށް ލިބުނެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު އޭނާއަކީ ވާަސަޓައިލް މޮޅު އެކްޓަރެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރަން ފެށިއެވެ. އަދި އޭނާގެ ފޭނުން އިތުރުވާން ފެށިއެވެ.

އޭނާ ބޮޑަށް ސަމާލުކަން ލިބިގެން ގޮސްފައި ވަނީ މަނީ ހެއިސްޓުންނެވެ. އޭނާގެ ފޭނުން އޭނާއަށް މަރުދޭ ކަން އިނގެނީ އެ ސީރިސްގެ ވާގޮތް މީސް މީޑިއާގައި ވާހަކަދައްކާ މީހުން އިންތިހާއަށް އިތުރުވެގެން ދިއުމުންނެވެ.