ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ) ގެ ފްލައިޓެއް އިއްޔެ ވެއްޓުނު ހާދިސާ ވެގެން ދިޔައީ ބޮޑު ހާދިސާއަކަށެވެ. އެ ފްލައިޓުން ދަތުރު ކުރި 92 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ލާހޫރުން ކަރާޗީ އަށް ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓު ވެއްޓުނުއިރު، އެ ބޯޓުގައި 91 ފަސެންޖަރުންނާއި ހަތް ކްރޫން ތިއްބެވެ.

ޕީއައިއޭ އިން ބުނެފައި ވަނީ ފްލައިޓް ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެފައެވެ

މިއީވެސް އެ ބޯޓުން ދަތުރު ކުރަން އޮތް މީހެކެވެ. ކްރޫއެކެވެ. އޭނާގެ ނަމަކީ މަދީޔާ އިރާމްއެވެ. އޭނާ އެ ދަތުރު ދާން ނުޖެހުނީ އެ ދުވަހު ޑިއުޓީ ރޯސްޓާއަށް އައި ބަދަލަކާއި ގުޅިގެންނެވެ. އެއީ ހަމަ އޭނާގެ ނަސީބެވެ.

ކުރިން އޮތް ގޮތުން އެ ދަތުރު ދާން ޖެހެނީ މަދީހާއެވެ. އެހެންނަމަވެސް އެ ދުވަހު ޑިއުޓީއަށް އައި ބަދަލާއެކު މަދީޙާ ގޭގައި މަޑު ކުރިއެވެ.

ރިޕޯޓްތަތައް ބުނާގޮތުގައި، މަދީޔާހެ ބަދަލުގައި އިއްޔެ އެއާ ހޯސްޓެސްއަކަށް ގޮސްފައި ވަނީ އަނަމް މަސްއޫދެވެ. އޭނާ ވަނީ އެ ހާދިސާގައި މަރުވެފައެވެ.

އެ ފްލައިޓް ވެއްޓުނީ ކަރާޗީގެ އެއާޕޯޓާއި ވަރަށް ކައިރިވެފައި ވަނިކޮށް، ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. އަދި ފްލައިޓް ވެއްޓުނު ސަރަހައްދުގައި ދިރިއުޅެމުން އައި ތިން މީހަކު ވަނީ މިހާދިސާގައި މަރުވެފައެވެ.