އުމުރުން 19 އަހަރުގެ މި އަންހެން މީހާ ކޮންމެ ދުވަހަކު އެތައް ފަހަރަކު ހޮޑުލާ މައްސަލައެއް ޑޮކްޓަރުންގެ ޓީމަކުން މި ވަނީ ބަލާފައެވެ. ކޮންމެ ދުވަހަކީވެސް އޭނާ ވޭނާއި ކެކުޅުން ތަޙައްމަލް ކުރަން ޖެހޭ ދުވަހެކެވެ. މިގޮތުގައި އޭނާ ދިރިއުޅެމުންދާތާ އެތައް ޒަމާނެއް ވެފައިވާއިރު، އެކަމުން ސަލާމަތް ވެވޭނޭ ގޮތެއް އަދި ވަނީ ނުވެފައެވެ.

އޮސްޓްރޭލިޔާގެ ސިޓީއަކަށް ނިސްބަތްވާ ކޭޓްލިން ވައިޓް ނަމަކަށް ކިޔާ މި އަންހެން މީހާއަކީ ގޭސްޓޯޕެރަސިސް ކިޔާ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. އެ ބަލީގެ ސަބަބުން އޭނާގެ ބަނޑުން ވަނީ ވާގި ނެތިފައެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށް ވެއެވެ.

ކޭޓްލިން ވައިޓް

އެހެންވެ އޭނާ ކޮންމެ ދުވަހަކު 30 ފަހަރަށް ހޮޑުލައެވެ. އޭނާ މިހާރު ދުނިޔޭގައި ހުންނަނީ ސޫޕާއި، ޖެލްސް އަދި ޕައުޑާ ފަދަ ތަކެތި ކެއުމަށް ބޭނުންކޮށްގެންނެވެ. އަދި ކޮންމެ ދުވަހަކު އަށް ގަޑިއިރުވަންދެން ހޮސްޕިޓަލުން އޭނާއަށް ވިޓަމިންސް އާއި މިނަރަލްސް ދެއެވެ.

ކޭޓްލިންގެ އެ ދިރިއުޅާމެދު އާއިލާއިން ވަރަށް ހިތާމަ ކުރެއެވެ. ކިރިޔާވެސް ބަލައި ނުލެވިއްޖެ ނަމަ އޭނާ ބަނޑުހައި ހޫނުކަމުގެ ތެރޭގައި މަރުވެދާނެތީއެވެ. އޭނާގެ އާއިލާއިން ބުނެފައިވާގޮތުގައި، އޭނާއަށް ފަރުވާދިނުމަށްވެސް ބައެއް ޑޮކްޓަރުން ވަނީ ބޭނުން ނުވެފައެވެ. އެހެން ނަމަވެސް މިހާރު އޭނާގެ ފަރުވާތައް ފެށުމަށް ޑޮކްޓަރުންގެ ޓީމަކުން މަޝްވަރާ ކުރަމުންދާތީ އާއިލާއިން ތިބީ އެ ބަލިން އޭނާ ސަލާމަތްވާނެ ދުވަހެއް ފެންނާނެ ކަމުގެ ފޮނި އުންމީދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާވަތުބަތާނަ

    އޭނާގެ ކައިވެނި އަވަސްކޮ ދިރިއުޅުމެއް ފަށަނިކޮށް ރަނގަޅުވެދާނެ. ޢިންޝާﷲ

    • ގަފޫރު

      މަށާ އިންނަން މި މަންޖެ އެއްބަސްވާނެނަމަ ދޯ.

  2. ސަންތިމަރިޔަނބު

    އިންޝާﷲ. ބަލި ފަސޭހަވާނެ.....!!!