ދަރިންނަކީ މާތްﷲ އަހަރެމެންނަށް ދެއްވާފައިވާ ވަރަށް އަގު ބޮޑު އަމާނާތެކެވެ. އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށް މުޖުތަމައު ބަލައިގަންނަ މީހަކަށް ހެދުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

ކޮންމެ މަޔަކުވެސް ބޭނުން ވާނީ ތިމާގެ ދަރިފުޅު އެންމެ ރަނގަޅު ކުއްޖާއަށް ހެދުމުގެ އިތުރުން އެންމެ ފުރިހަމައަށް ތަރުބިއްޔަތު ކުރުމެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ބޭނުންނަމަ ބެލެނިވެރިންވެސް ކުރަން ނުޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ދަރިފުޅު ކުރާ ކުށްތަކަށް އަޑުލާ ހެދުން: ކޮންމެ ކުއްޖަކީވެސް ކުށް ކުރާނެ ކުއްޖެކެވެ. މިކަން މިހެން ނުކުރާށޭ ބުނުމުން އެކަމެއް އެއަށްވުރެ ފޯރީގައި ކުރުމަކީ ކުދިންގެ އާދައެކެވެ. ވުމާއެކު މިކަން މިހެން ނުކުރާށޭ ބުނުމުގެ ބަދަލުގައި "ދަރިފުޅު ތިހެން ކަންތައް ކުރީމަ މަންމަ ވަރަށް ދެރަވޭ" މިފަދަ ގޮތަކަށް ދަރިފުޅަށް ވިސްނޭ ގޮތަށް ބުނެވިދާނެއެވެ.

މީގެ އިތިރުން ކުށެއް ކުރުމުން ދަރިފުޅަށް ބާރުދީ ވާހަކަ ދެއްކުން: މިކަން މިހެން ކުރުމަކީ ދަރިފުޅަށް ވަރަށް ނޭދެވޭ އަސަރު ކުރާކަމެކެވެ. ސަބަބަކީ މިކަން މިހެން ކުރުމުން ދަރިފުޅު ދެކޭނީ ކިތަންމެ ބޮޑު ކުށެއް ކުރިޔަސް މަންމަ އަހަރެން ސަލާމަތް ކުރާނެ ކަމަށެވެ. މިސާލަކަށް ދެކުދިން ދޭތެރޭގައި އަރާރުމެއް ވުމުން އަހަރެންގެ ދަރިފުޅު މިކަން ނުކުރާނެއޭ ބުނުމުގެ ބަދަލުގައި 2 ކުދިން ކާރިއަށް ގެނެސްގެން ދެކުދިންގެ ވާހަކަ އަޑުއެހުމަށް ފަހު ދެ ކުދިންނަށްވެސް ކުށްކުރެވުނު ކަމާއި ދެން އެހެން ކުންތަށް ނުކުރާށޭ ބުނެ މިފަދަ ގޮތަކަށް ނަސޭހަތް ދެވިދާނެއެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާބަޔަކީ މައިންބަފައިންނެވެ. ކޮންމެ ކުއްޖަކީވެސް ރަނގަޅު ތަރުބއިއްޔަތަކާ އެކު ބޮޑުކުރެވިދާނެ ކުއްޖެކެވެ. ވުމާއެކު މިފަދަކަންކަން ކުރުން ހުއްޓުން ވަރަށް މުހިންމެވެ.