ބޮލީވުޑް އެކްޓަރު ރަންވީރް ސިންގް މޮޅީ ހަމައެކަނި އެކްޓުކުރާކަށް ނޫނެވެ. އޭނާގެ ރީތިކަމުގެ ސަބަބުން އޭނާ އެ ދަނީ އެތަކެއް ސަތޭކަ އަންހެން ކުދިންތަކެއްގެ ހިތްތައް ފަތަހަ ކުރަމުންނެވެ. ނަމަވެސް "މޮސްޓް ޑިޒެޔަރަބަލް މެން ލިސްޓް" ގެ އެންމެ ކުރީ ސަފުން ޖާގަ ހޯދި ރަންވީރް ދެކޭ ގޮތުގައި އޭނާއަކީ "ރީތި" މީހެއް ނޫނެވެ.

"އަހަރެން ނުދެކެން އަހަރެން މިއީ ރީތި އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރު މީހެއް ކަމަކަށް. އަހަރެންގެ ނުވަވަނަ ކްލާހާއި ހަމައަށްވެސް އަހަރެން ހުރީ ވަރަށް ފަލަކޮށް. އެކަމަކު މިހާރު ރީތިމީހުންގެ ލިސްޓުގައި އަހަރެން ހިމެނުނީމަ ދެން ވަރަށް އުފާވޭ." ބޮލީވުޑް ފިލްމު "ޕަދުވާވާތު" އިން އެންމެ ފަހުން ފެނިގެންދިޔަ ރަންވީރް ބުނެފައިވެއެވެ.

މިފަދަ ލިސްޓުތަކުގައި ހިމެނި މީހުން ޑިޒެޔަރަބަލް މީހެއްގެ ގޮތުގައި ދެކުމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާ ކަމެއް ކަމަށްވެސް ރަންވީރް ވަނީ ބުނެފައެވެ.

"އަހަރެންނަށް ޤަބޫލުކުރެވެނީ އަދިވެސް އަހަރެންނަކީ ހަމަ އަންހެން ކުދިންގެ އެޓެންޝަން ނުލިބޭ ފަލަ ކުއްޖެއް ގޮތަށް. އެއީ އަސްލު އެދުވަސްވަރަކީ އަހަރެން ކުޑައިރުގެ ދުވަސްތަކަށްވެފައި އެންމެ އެޓެންޝަން ބޭނުންވި ދުވަސްވަރު. އެކަމަކު ފަލަވުމުގެ ސަބަބުން އެކަން ނުވުމުން އަދިވެސް އަހަރެންނަށް ވިސްނިފައި އޮންނަނީ އެހެން" ރަންވީރް އޭނާގެ ކުޑައިރުގެ ދުވަސްތަކުގެ ވާހަކަތައް ހިއްސާ ކުރަމުން ބުންޏެވެ.

ރަންވީރް ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑް ފިލްމު "ގަލީ ބޯއީ" އަދި "ސިންބާ"އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ރީތިކަމުންތަ އަންހެންވެރިން ބައެއް މީހުންނަށް ހިތްކިޔަނީ؟ މަގުމަތީ އުޅޭ ޕާޓޭން ލައިގެން ހުރި ޖީންސް ޅިނދުމަތީން ފައިބާފައިހުންނައިރު ވައިރޯޅިއެއް ޖެހުނަސް މީހާ ވެއްޓޭހާ ބަލިކޮށް ތިބޭއިރުވެސް ބައެއް އަންހެނުން ތިބެނީ މޮޔަވެފަ. ގައިމު ރީތި ނޫނިއްޔާ މީހާގެ ހުރި އެހެންވެސް ޖިސްމާނީ ބާރެއް ނުވަތަ ގުނަވަނެއްގެ ޖާޒްބީގައި ތާ މީހުން މޮޔަވާނީ. އެއިންކަމެއްވެސް ހަރާން.

    • ހުސޭނުބޭ

      ކެކެކެކކެ....... ރަގަޅު ވާހަކައެއް!

    • ބުލޫ

      ހާހާހާހާ.....ހީހީ ހަލާކު....ރަނގަޅަށް ތިބޭ ބައެއް ޒުވާނުންގެ ހާލުވެސް ހުރީ ތިފަދައިން.މަގުމަތިން ދާއިރު ފެނުނީމަ ނުހޭން ހުއްޓަސް ހެވޭ.