މިއީ އެތައް ބަޔަކަށް ހައިރާން ކަމެއް ގެނުވި ވީޑިއޯއެކެވެ. ވީޑިއޯއަކުން ފެންނަނީ މަތިންދާބޯޓަކަށް ހޮނު އަޅާ މަންޒަރެވެ. އެ މަންޒަރު ނަގާފައި ވަނީ ވަރަށް ވިއްސާރަ ކަމަށް ދައްކާ ދުވަހެއްގައި ލަންޑަން ހީތްރޯ އެއާޕޯޓަށް އެ ފްލައިޓްް ޖައްސަން ދިޔައިރު ނަގާފައިވާ ވިޑިއޯއެކެވެ.

އެ ވީޑިއޯ ނަގާފައި ވަނީ ސެެންޓްރަލް ލަންޑަންގައި ކަމަށް ޔާހޫ ނިިއުސް އިން ބުނެފައި ވެއެވެ. އެ ވީޑިއޯގައި އެ މަތިންދާ ބޯޓަށް ތިން ހޮނު އަޅާ މަންޒަރު ވަރަށް ރީއްޗަށް ފެނިގެން ދެއެވެ. އަދި އެ ތިން ހޮނުވެސް އަޅާފައި ވަނީ ދިން ދިމާލުންނެވެ. އެ ހޮނު އެޅި ނަމަވެސް، އެ ބޯޓު ދިޔައީ ދަތުރު ކުރަމުންނެވެ.

އެ މަންޒަރު ފެނުނު ގެއެއްގެ ހަތްވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި މީހަކު ބުނީ، ކެމެރާއިން ފޮޓޯ ނަގާލަން އެއީ ވަރަށް ރަނގަޅު ވަގުތެއް ކަމަށެވެ.

"އެއީ ހަމަ ބޮޑު ހޮނެއް.. އުއްމީދު ކުރަން އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް". އޭނާ ބުނެފައި ވެއެވެ.

އެ މަންޒަރު ފެންްނަ ވީޑިއޯ މީސް މީޑިއާގައި އާއްމުވެ، އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ދިޔައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާނެ ކަމަށް ބެލެވެއެވެ. އެއީ ކޮމާޝިއަލް އެއާކްރާފްޓްތައް ހަދާފައި ހުންނަނީ މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ހާލަތްތަކަށްވެސް ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަލީ

  ހޮނު އަޅަނީ ފުލައިޓަށް ވުރެ މާދުރށްq އެ ވީޑިއޯއިން ފެއްނަގޮތުގަ.

  9
  1
  • ހަމަވަގުތު ގޯސްވީ

   މަށަކަަށް ނުފެނޭ ތިބުނާ ވީޑިއޯއެއް. އަނެއްކާ ވީޑިއޯ ބަލަން މިވަންނަން ޖެހެނީ އެހެން ދޮރާއްޓަކުންތަ؟