ބޮޑުބެރަކީ ދިވެހިންގެ ސަޤާފަތުގެ ތެރެއިން މި ޖީލާއި ހަމައަށް އެންމެ ޖޯޝާއި ފޯރިގައި ގެނެސްދީފައިވާ ހަރަކާތޭ ބުނުމަކީ ދޮގަކަށް ނުވާނެއވެެ. އެންމެ އިހު އެވޭލާ ޒަމާނުގެ ރަހަތަކާއި، ޒަމާނީ ކުލަތަކާއި އެކު ބޮޑުބެރު ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަ އިރު އާމްދަނީ ހޯދުމުގެ ގޮތުންނާއި، މުނިފޫހިފިލުވުމަށް ވެސް މި ހަރަކާތުގެ ތެރޭގައި އުޅޭ މީހުން މަދެއް ނޫނެވެ. ހަމައެހެންމެ ބޮޑުބެރަކީ ދިވެހި ސަޤާފަތް ދައްކުވާދޭ ކަންކަމުގެ ތެރެއިން އެންމެ ގިނަ ޒުވާނުން އެކަމެއްގައި ޝާމިލްވެ އުޅޭ ހަރަކާތްވެސްމެއެވެ.
ކަންމިހެން އޮތް އިރު ބޮޑުބެރު ގްރޫޕްތައް މިހާރު ކިތަންމެހާ ވެސް ގިނަޔަކުން ރާއްޖެއިން ފެނެއެވެ. އޭގެ ތެރެއިން ރާޅުގަނޑު ބޮޑުބެރު ގްރޫޕަކީ ނަގާކިޔާ އެއް ގްރޫޕަށް ވާނެއެވެ. ދިވެހިންނަށް އެންމެ ކަމުދާ ބޮޑުބެރު ލަވަތަކުގެ ލިސްޓެއް ހަދައިފި ނަމަ، އެންމެ ކުރީގައި ހިމެނޭނެ އެއް ލަވައަކީ އެ ްގރޫޕްގެ "ބާރަށް ދުއްވާ" މިލަވައެވެ. މިއީ ރާއްޖެގައި ބޮޑުބެރުލަވައަކަށް 1 މިލިއަން ލިބުނު ފުރަތަމަ ލަވަކަމަށް އެ ގްރޫޕުން ފާހަގަކުރެއެވެ.
މި ލަވައަށް 1 މިލިއަން ހަމަވީ 2019 ވަނަ އަހަރެެވެ.
ދިވެހި ރަހަ ފުރިހަމައަށް އެކުލަވާލާފައިވާ މި ލަވަ އަކީ ރާޅުގަނޑު ބޮޑުވެރު ގްރޫޕްގެ އެކި ފަންނުގެ ރަހަ އެކުލެވޭ ސައްތައިން ސައްތަ ދިވެހި އުފެއްދުމެކެވެ.
މި ލަވަ ކިޔާފައިވާ ފަންނާނު މައުކޮގެ އިތުރު ލަވައެއްގެ މަސައްކަތް މިހާރު ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.
މި ލަވަ އަބޫދާބީ ފެސްޓިވަލް އާއި އިޖިބްޓް ފެސްޓިވަލް ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ވެސް ވަނީ ހުށަހަޅާދީފައެވެ.
ރާޅުގަނޑު ބޮޑުބެރު ގްރޫޕަކީ އުމުރުން އެންމެ 16 އަހަރުގެ ފަންނާނުންތަކަކާއި އެކު އުފެއްދި ގްރޫޕަކަށް ވާއިރު އެ ގްރޫޕަށް މި އަހަރުގެ ސެޕްޓެމްބަރ މަހު 1ގެ ނިޔަލަށް 10 އަހަރު ފުރޭނެއެވެ.
އެ ގްރޫޕްގެ އަމާޒަކީ އާ ފަންނާނުން މިދާއިރާއަށް ތައާރަފްކުރުން ކަމަށް ވާއިރު، ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ ޕޭޖަށް މެސެޖްކޮށްލައިގެން އެ ގްރޫޕަށް ވަނުމުގެ ރަނުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މުޅިއަކުން ރަނގަޅަކައް ނުން ތިޔަ ބުނި ފައްޔްމިނި ގުރުޕުން ގެނެސްދިން ގައުމިލޮބި މަގެ އެއައްވެސް 1މިިިިލިޔަން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ދެލައްކަވިޔުސް ލިބިފައިވޭ
ބޮޑުބެރަކީ ދިވެހިން ގެ ޘަޤާފީ ކަމެއް ނޫން. އެއީ އިންޑިޔާ ގެ ބުޑިސްޓުން ގެ ފަރާތުން ނަޤުލު ކޮއްފައިވާ ޝައިޠާނާ ގެ ދުންމާރީ ގެ ވައްތަރެއް.
ރާއްޖޭގެ ހުރިހާ ނޫހަކަށް ގުޅައިގެން މި ޚަބަރު ޖެހިޔަސް 1 މިލިޔަން ވިއުވަރސް ލިބުނު ފުރަތަމަ ލަވަޔަކަށް ނުވާނެ.. ޕްލީސް ހަޖަމް.
ވެލް ސެއިޑް ގޮސަޔުޓިޔުބު ބަލަބަލަ ފައްޔްމިނިވެސް ލިބުން 1.2 މިލިޔަންވިޔުސް އަދި ތިތަނުން އެންމެ ލަވައަކައް ވުރެ ވެސް ގިނަ ވިޔުސް ލިބިފައިން ރައްޖެ ކުއްޖަކު ހަދަފަ އިން ޕަބްޖި ސެޓިން ވިޑިޔޮބަލަބަ އެޔައް ލިބިފަ އިބައިން 3މިލިޔަން ވިޔުސް ޗެކްކޮލައްޗެ ޗޭކޮ ކިޔަނި އެ ޗެނަލައް?
އެއިތީ ވެފަ އެއްނު. ހަޖަމް ޕްލީޒް
ދިދަ ދަނޑި ބުޑަށް ހަޖަމު ނުވީދޯ.. ހަޖަމް ވިޔަސް ނުވިޔަސް ކިތަންމެވަރަކަށް ކޮމެންޓް ކުރިޔަސް ޙަޤީޤަތް އޮޅުވައެއް ނުލެވޭނެ.. އެންމެ ފުރަތަމަ 1 މިލިއަން ވިއުސް ލިބުނު ބަޔަކަށް ރާޅުގަނޑު ނުވާނެ.. ހަޖަމް ޕްލީސް
އެމް.އެން.ޑީ.އެފް އިން ނެރުނު ސިފަކޮއި ގެ ލަވަތަށް މާ ވިއު ގިނަ
ލަވަ ކިޔާ ކުއްޖާ ވަރަށްގިނައިން ސިގެރެޓު ބޯކަންފާހަގަ ކުރެވޭ ސިއްހަތާމެދު ވިސްނާލާ ސިގެރެޓު ބުއިން ހުއްޓާލުން އެދެން އަދި ކާމިޔާބު ދުވަސް ތަކަކަށް އެދެން
ކަލޭމެން އެންމެން މިލިއަން ވިއުޒް ހިފައިގެން ނަރަކަ އަށް ވަަދެފަ ބުނޭ ޑިސްކައުޓް އެއް ދޭށޭ. ފާފަ އެއް މަދު ވެދާނެތީ އެކަމާތި އަރައިރުން ވަނީތި. ހެޔޮ ވިސްނުން ދެއްވާށި
ދޮގު ޚަބަރެއް ވީމަ.. ހަޤީޤަތް އޮޅުވާލަން މަސައްކަތް ކޮށް ދޮގު ޚަބަރު ފަތުރާތީ އެކަން ހުއްޓޭތޯ މަސައްކަތް މިކުރަނީ..