ކާ އެއްޗެހި އިސްރާފު ކުރުމުގެ ބަދަލުވައި އޭގެން ކުރެވޭނެ ބޭނުމެއް ޖަޕާނުގެ އާޓިސްޓަކު ދައްކާލައިފިއެވެ.

ޔުކިކޯ މޮރިޓޯގެ އިންސްޓަގްރާމް ޕޭޖު ކަމަށްވާ ޕަމްޕާ ޝޭޑްގައި ހިއްސާ ކޮށްފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ސަބްމެރިން ހަދަން ބޭނުން ކުރާ ބަނަހެއް ބޭނުން ކޮށްގެން ގޭގައި ލައިޓެއް ހަދާލާ މަންޒަރެވެ.

މިލައިޓް ހެދުމަށް ބަނަހުގެ އެތެރެ ވަކި ވަރަކަށް އޭނާ ސާފު ކޮށްލައެވެ. އަދި އޭގެ ފަހުން އޭގައި ތެރަސް ހޭކުމަށްފަހު ލައިޓް ހަރުކޮށްލައެވެ. އަދި އޭގެ ފަހުން ފާރުގައި އެ ބަނަސް ހަރުކޮށްލައެވެ.

އެވީޑިއޯ ހިއްސާކޮށް އޭނާ ބުނެފައިވަނީ އެއީ ބޭކަރީން ނުވިކި އޮތް ބަނަހެއް ކަމަށެވެ.

މި ވީޑިއޯ މީސްމީޑިއާގައި އާންމުވުމާއި އެކީ ގިނަ ބައެއްގެ ސަމާލުކަން ވީޑިއޯއަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ވީޑިއޯއާއި ގުޅޭ ގޮތުން ކޮމެންޓް ކުރި މީހަކު ބުނެފައިވަނީ އޭނާގެ ވިސްނުން ވަރަށް ފުރިހަމަ ކަމަށާއި އޭގެއިން ނުކުންނަ އައްޔަކީ ވެސް ހިތްހަމަ ޖެހުން ލިބޭ އައްޔެއް ކަމަށެވެ.

ބަނަސްގެ އިތުރުން ކްރޮސެންޓް ބޭނުން ކޮށްގެން ވެސް އޭނާ މީގެ ކުރިން ލައިޓް ފަރުމާކޮށް ވިއްކާފައިވާ ކަމަށް ބައެއް ރިޕޯތްތަކުން ބުނެއެވެ. އެފަދަ ލައިޓްތައް އޭނާ އާންމުކޮށް ވިއްކަމުން އަންނަނީ 500 އިންޑިއަން ރުޕީސް އާއި 15000 އިންޑިއަން ރުޕީސްގެ އަގެއްގައެވެ.