މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މައްޗަށް 2 އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ކޮށްފައިވަނިކޮށް އޭނާ އެކަން ހެއްކާއި އެއްކޮށް ދޮގު ކޮށްފިއެވެ.

ޖަސްޓިން ބީބާގެ މައްޗަށް ޑަނިއެލް ނަމަކަށް ކިޔާ އަންހެނަކު ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކޮށްފައިވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އިތުރު އަންހެނަކު ވަނީ ޖަސްޓިން ބީބާ އޭނާ ރޭޕް ކޮށްފައިވާ ކަމަށް ބުނެފައެވެ.

ޑަނިއެލް ބުނެފައިވަނީ އޭނާއާއި ޖަސްޓިން ދިމާވެފައިވަނީ އިވެންޓެއްގެ ތެރެއިން ކަމަށާއި އޭގެ ފަހުން ދެމީހުން ދިމާވެފައިވަނީ ހޮޓަލެއްގެ ތެރެއިން ކަމަށެވެ. ހޮޓެލުން ދިމާވެގެން ވަކި ވަރަކަށް ކައިރިވުމުން އޭނާ ރައްޓެހިން ކައިރިއަށް ދާން ބުނެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރައްޓެހިން މައްސަލައެއް ނުޖެހޭނެ ކަމަށް ބުނެ ޖަސްޓިން އޭނާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރި އަންހެން މީހާ ބުނީ، އޭނާއާއި ޖަސްޓިން ދިމާވެފައިވަނީ ޖަސްޓިންގެ ހަށިފާރުވެރިޔާ އޭނަ ލަވަކިޔާ ކޮޓަރިއަށް ގެންދިއުމުން ކަމަށެވެ. އެ ކޮޓަރިން ޖަސްޓިން އާއި ދިމާވެގެން ސަލާމް ކޮށް، ވާހަކަ ދައްކަމުން ގޮސް އޭނާ ބޭނުން ނުވާ ހިސާބަތް ކަންތައް ދިޔަ ކަމަށް ވަނީ ބުނެފައެވެ.

ޖަސްޓިން ކައިރީ ހުއްޓާލުމަށް ބުނުމުންވެސް ހުއްޓުމެއް ނެތި އޭނާ އެކަން ކުރި ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

މި ތުހުމަތު ދޮގުކޮށް ޖަސްޓިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ އޭނާ އަކީ އާންމު ގޮތެއްގައި ކަންކަން މީޑިއާގައި ހިއްސާ ކުރާ މީހެއް ނޫން ކަމަށާއި މިކަންތަކާއި ގުޅިގެން އޭނާގެ އަންހެނުންނާއި ޓީމާއި ވާހަކަ ދައްކައި އެކަމާއި ބެހޭގޮތުން ބަހެއް ހިއްސާ ކޮށްލަން ބޭނުން ވެފައިވާ ކަމަށެވެ.

އޭނާ ބުނީ، އޭނާއޭ ކިޔައިގެން ވަރަށް ގިނަ މީހުން ދޮގު ހަދާފައިވާ ކަމަށާއި އެހެން ނަމަވެސް ރޭޕްގެ ތުހުމަތަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޑަނިއެލްގެ ކޭސް އަކީ އެއީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އޭނާ އެވަގުތު އެތަނުގައި ނެއްކަމުގެ ހެކި ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ. އޭނާ ބުނީ އެ ދުވަހު އޭނާ ހުރީ ސެލީނާ ގޮމޭޒްގެ ޝޯ އެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައި ފީލް ސޮރީ ފޯ ހިމް

    މިކަހަލަ މީހުންގެ ފޮލޯވަރުން ގިނަ ވުމަކީ ޒާތީ ތަޢައްސުބާއި މީހުންގެ ނުރުހުންތެރި ބަަަަސް ތައް އަމާޒުވުން ނޫން އެހެންކަމެއް ނޫނެވެ. ދެންފަހެ އެސްފީނާވެސް ނުޖެހި ނުދާނެ ނޫންތޯއެވެ. ވަރަށް ވާހަކަ......

    16