ޖަރުމަން މީހަކަށް އޮޅިގެން ޓެސްލާ މޮޑެލް 3ގެ 28 ކާރު ގަނެފިއެވެ. އޮންލައިން ވެބްސައިޓެއް މެދުވެރިކޮށް އޭނާ މި 28 ކާރު ގަތްއިރު އޭގެ އަގު 1،4 މިލިއަން ޔޫރޯއަށް އަރައެވެ.

ބެލޮން ނަމަކަށް ކިޔާ އެމީހާ ރެޑިޓްގައި ވަނީ އޮޅިގެން އެއް ކާރުގެ ބަދަލުގައި ތިން ކާރު ގަނެވުނު ގޮތް ހިއްސާކޮށްފައެވެ.

ޓެލްސާ ވެބްސައިޓް މެދުވެރިކޮށް އެ ފިރިހެން މީހާގެ އާއިލާއިން ކާރެއް ގަންނަން އޯޑަރު ކުރިއިރު، ފުރަތަމަ ހުރިހާ އެއްޗެއް ފިލް ކުރުމަށްފަހު ސަބްމިޓް ކުރުމަށް ޕޭމެންޓް މައްސަލައެއް އުޅޭކަމަށް އޭގައި ލިޔެފައި ވެއެވެ. އެހެން ނަމަވެސް އެ މީހުން ވަނީ ޕޭމެންޓް އެއްޗެހި ލިޔެފައި ވަނީ ރަނގަޅަށް ކަމަށް ބުނެފައެވެ.

އަނެއްކާ އޭނާގެ ބައްޕަ ވަނީ "ކޮންފޯމް"އަށް ފިއްތާލާފައި ކަމަށް އޭނާ ބުނެފައި ވެއެވެ. މިފަހަރުވެސް ބުނެފައި ވަނީ އެ ނުބައި ކަމަށެވެ. މިގޮތަށް ދެ ތިން ގަޑިއިރު ހޭދަވި ފަހުން ކުއްލިއަކަށް އެ ވެބްސައިޓުން ވަނީ އޭތި ކޮންފޯމްވެއްޖެ ކަމަށް ބުނެފައެވެ.

އެއީ އެވައްތަރު ކާރުގެ 28 ކާރެވެ. އޭގެ ބިލަށް އިނީ 1.4 މިލިއަން ޔޫރޯ އަރާފައެވެ. އަދި އޯޑަރު ކެންސަލް ކުރާނަމަ ކޮންމެ ކާރަކަށް 100 ޔޫރޯ ނަގާނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން އެ މީހުންގެ އަތުން އިތުރު 2800 ޔޫރޯ ނަގާނެއެވެ.

ނަމަވެސް އެންމެ ފަހުން ޓެލްސް ކުންފުނިން އެ މީހުންނަށް ގުޅާފައި ހާލަތު، އެ މީހުންނަށް އެނގި އެ އޯޑަރުތައް ވަނީ ކެންސަލް ކޮށްފައެވެ.އަދި އިތުރު ޗާޖެއް ނުނަގާނެ ކަމަށް ވަނީ ބުނެފައެވެ.