އިނގިރޭސިވިލާތުގެ ވަލްސަލްގައި މިދިޔަ ހޯމަ ދުވަހު އުމުރުން 37 އަހަރުގެ މީހަކު ވަނީ އައުޑީ ކާރެއް ވަގަށް ނަގައިގެން އެކާރުގައި ފިލައިގެން ދާން މަސައްކަތް ކޮށްފައެވެ. ނަމަވެސް ވަގަށް ނެގި ކާރުގެ ފުރަތަމަ ދަތުގައި ވެސް ކާރު ދިޔައީ "ފުށުން ޖެހި އުދުހިގެން." ކަމަށް ފުލުހުން ބުނެއެވެ.

ކާރުގެ ސްޕީޑް ބާރުކަމުން ކޮންޓްރޯލް ނުކުރެވިގެން ގޮސް ވަނީ އެކްސިޑެންޓް ވެފައެވެ.

ކާރު އެކްސިޑެންޓްގެ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން ދާއިރު ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ދުއްވާފައި ދިޔައީ އައްޔެއް ދަތުރުކުރާހާ ބާރަށެވެ.

މިއީ ބައިލައްކަ ޕައުންޑްގެ އަގުހުރި ކާރެކެވެ.

ކާރު ދުއްވަން އިން މީހާ އަށް ވަނީ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު އޭނާ މިހާރު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ގެންދަނީ ހޮސްޕިޓަލްގައި ފޯރި މަރަމުންނެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލިހާ އަވަހަކަށް ފުލުހުންގެ ކަސްޓޯޑިއަލް ޖަލަކަށް އޭނާ ގެންދާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު