ލޫކް ހާނޮމް ނަމަކަށް ކިޔާ މި މީހާ މިއަދު ދުނިޔޭގައި އެ ހުރީ ނަސީބަކުންނެވެ. އާއްމުކޮށް ގިނަ ބަޔަކުކޮށްއުޅޭ އާއްމުކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ނިޔަފަތި ކައިގެން އޭނާ ވަނީ ބޮޑު ބައްޔެއް ޖެހިފައެވެ. އެ ބައްޔަށް ކިޔަނީ ސެޕްސިސްއެވެ.

އުމުރުން 28 އަހަރުގެ ހަނޮމް ނަމަކަށް ކިޔާ މި މީހާއަކި އާއްމުކޮށް ނިޔަފަތި ކައި އުޅޭ މީހެކެވެ. މިގޮތަށް ނިޔަފަތި ކެއި ދުވަހެއްގައި އޭނާ ވަރަށް ބޮޑަށް ބަލިވިއެވެ. މުޅި މީހާ ދާހިތްލާ އަތްފައި ތުރުތުރުއަޅާ ގޮތްވިއެވެ.

އޭނާ އެކަމަކާ މާބޮޑަށް އަޅާ ނުލިއެވެ. އަދި އެ ދުަވަހު އޭނާ ނިދީއެވެ. ނަމަވެސް އޭނާގެ އިނގިލިތައް ދުޅަވެ ގޮތްގޮތްވާން ފެށުމާއެކު އޭނާ ޑޮކްޓަރަށް ދައްކަން ބޭނުންވިއެވެ.

އޭނާ ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރުން ބުނީ، އޭނާ ދުނިޔޭގައި އެ ހުރީ ނަަސީބު ގަދަ ކަމުނެވެ. ސެޕްސިސް އަށް އޭނާއަށް ގިނަ ދުވަސްތަކެއްވަންދެެން ފަރުވާކުރިއެވެ. އޭނާއަށް ފަރުވާދެމުންދިޔައިރު، ހާލު ވަރަށް ދަށެވެ. އެ ބަލީގެ އަސަރު އޭނާގެ މުޅި ހަށިގަނޑަށްކޮށްފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އޭނާ ހޮސްޕިޓަލްގެ އޮބްޒާވޭޝަންގައި 24 ދުވަސް ހޭދަކުރިއެވެ. އޭނާ ހިތްބިރުގަންނަ ކޮންމެ ފަހަރަކު ނިޔަފަތި ކާކަމަށްވެސް އޭނާ ބުންޏެވެ،

ސެޕްސިސްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިޔަފަތި ވިހަވީ.