ސުޝަންތް ސިންގ ރާޖްޕުތްގެ ކުއްލި މަރަށްފަހު މިހާރު މީސް މީޑިއާގައި އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކަތަކެވެ. އެ މަރަށް މިހާރު ދެ މަސްވީއެެވެ. އާއިލާއާ އޭނާގެ ފޭނުން ދަނީ ސީބީއައިއިން އެ މައްސަލަ ބަލަން އެދެމުންނެވެ. މީގެ ކުރިން އެ މަރާއި ގުޅޭގޮތުން މާބޮޑެތި ވާހަކަތަކެއް ފެންމަތި ނުވި ނަމަވެސް، ކުއްލިއަކަށް ސުޝަންތްގެ ބައްޕަ ކޭކޭ ސިންގ އެ މަރުގެ ހިފާލުމާއެކު އެތައް ވާހަކައެއް ދަނީ ފެންމަތިވަމުންނެވެ.
ކޭކޭ ސިންގ ވަނީ ޕަޓްނާ ފުލުހަށް ސުޝަންތްގެ ލޯބިވެރިޔާ އާ ދެކޮޅަށް މައްސަލަތަކެއް ހުށަހަޅާފައެވެ. އޭނާގެ މައްޗަށް ކުރެވިގެން ދަނީ ސީރިއަސް ތުހުމަތުތަކެކެވެ.
ސުޝަންތް މަރުގެ ހަބަރުތައް އެންމެ ތާޒާކޮށް ގެނެސްދެމުން އަންނަ އިންޑީއާގެ މީޑިއާއެއް ކަމަށްވާ ޓައިމްސް ނައި އިން ރިޕޯޓްކޮށްފައިވަ ގޮތުން، ރިއާ ސުޝަންތްގެ މަރަށް ފަހު، އޭނާގެ އީމެއިލްއަށް ވަނުމަށް މަސައްކަތްތަކެއްކޮށްފައި ވެއެވެ. އެގޮތުން ސުޝަންތް މަރުވި ދުވަހު އީމެއިލް އަށް އޭނާ ވަންނަން އުޅުނު ކަމަށާއި، އޭނާ ސުޝަންތްގެ މެއިލްގެ ޕާސްވޯޑުވެސް ބަދަލު ކުރަން އުޅުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓައިމްސް ނައު އިން ބުނާގޮތުގައި، ސުޝަންތްގެގެއިން ރިއާ ދިޔަފަހުންވެސް، ރިއާ އާ ގުޅުން ބާއްވަން ސުޝަންތް މަސައްކަތްކޮށްފައިވާ ކަަމަށެވެ. ރިއާ ސުޝަންތްގެ ގެއިން ގޮސްފައި ވަނީ ކަމަކާއި ހިތްހަމަ ނުޖެހިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ދިޔައިރު ގޮސްފައި ވަނީ އޭނާގެ އެއްެޗެހިވެސް ހިފައިގެންނެވެ. އަދި ރިއާ ސުޝަންތްގެ ލެޕްޓޮޕާއި، މެޑިކަލް ރެކޯޑްތައް އިތުރުން، ހާޑް ޑިސްކެއްވެސް ގެންގޮސްފައި ވާ ކަމަށް ވެއެވެ.
އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ސީބީއައި އިން ބަލަން ހުއްދަ ދީފައެވެ.
ބޮޑު ކަމެއްމީދެން މި ސުސާންތު މަ ރުވެގެން.ކޮން މޮޔައެއްވެގެން ކާކު ބުނެގެން އަމިއްލަޔަށް ދަންޖެހިގެން މަ ރުވީ. ދެން މާ އިމޯޝަނަލް މީހަކަށް ވާންވެގެންނޯ. އައްޗި
އެދެން ކާކު
މާ ނޫން ކަމަށް ދިވެހިން ހެދޭނެ އެކަމު މިކަން އިނގެން ޖެހޭ ރާއްޖޭގައިވެސް މިހާރު މިހެން ވަނީ ފިރިހެނުންވެސް އަންހެނުންވެސް ވާވައްދާ މުދަލާ އަރާމު ހޯދުން ކަމަކީ މިހާރު
ތިޔައީ ދިވެއްސެއްތަ ނޫނީ ބަނގުލަ މޯޓަރެއްތަ މާ ސުސާންތު ވެގެން ތިއުޅެނީ؟؟
މަރުވިފަހުން މާބޮޑަށް މަޝްހޫރު ވެއްޖެހެން ހީވޭ
އާން ތެދެކޭ
އަހަ ރެމެންގެ އަމިއްލަ ނަފްސުތަކަށް ވު ރެ ބޮޑަށް ރަަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ދެކެ ލޯބިވާނަމަ ދެގަޑިން ދެގަޑިން ކާ ބޭހެއް ހެން މިކަހަލަ އަމިއްލަޔައް މަ ރުވާ މީހުންގެ ވާހަކައެއް ނޫން ގެނެސްދޭނީ. ބައިވަ ރު ވާހަކަ އިނގޭ.....
ސުށާންތު މަރާލީ. އޭނާ ދަންޖެހުނީ ކަމަށް ހެދީ. ރިޕަބްލިކް ޓީވީ ބަލާބަލަ.