މީސްމީޑިއާއަކީ ބައެއް ފަހަރު އަޖާއިބެއް ކަހަލަ ތަނެކެވެ. މިތަނުގައި މީހަކު ނޫނީ ކަމެއް މަޝްހޫރުވެ ޓްރެންޑެއް ފެށެން ނަގަނީ ސިކުންތުކޮޅެކެވެ. ބައެއް ފަހަރު މިކަހަލަ ޓްރެންޑްތަކަކީ މާބޮޑު މާނެއެއް ނެތް ކޫސަނި ޓްރެންޑްތަކަށް ވެސް އޮންނަނީ ވެފައެވެ.
މީގެ ކުރިން މިކަހަލަ އެއް ޓްރެންޑަކީ ޕޫޖާ ވަޓް އިޒް ދިސް ބިހޭވިޔާގެ ނަމުގައި ފެށުނު ޓްރެންޑެކެވެ.
އެއީ ކަލަސްގެ މަގްބޫލް ރިއަލިޓީ ޓީވީ ޝޯގައި ހިނގި ޒުވާބަކާއި އެކު ފެށުނު ޓްރެންޑެކެވެ. މިފަހަރު މިއޮތް ޓްރެންޑަކީ ބިނޯދުއެވެ. ސްޓޭޓަސް އާއި ކޮމެންޓް އަދި މީމްތަކުން ބިނޯދުގެ ވާހަކަ މިދިޔަ ހަފްތާގައި ނުފެންނަ މީހަކު މަދުވާނެއެވެ.
ބިނޯދުގެ ނަން ޓްވިޓާ އާއި ފޭސްބުކް އަދި އެހެން ތަންތަނުގައި ގިނަވެ އެއާޓެލް ފަދަ މަޝްހޫރު ކުންފުނިތަކުން ވެސް ވަނީ ދެން އެ ކުންފުނީގެ ހޮޓްލައިން އިން ފޯނު ނަގާފަ ބުނާނީ "ކީކޭ ބިނޯދު" މިހެން ކަމަށް ބުނެފައެވެ. އަދި ދާދިފަހުން މަޝްހޫރު ފްރެންްޗް ހެކަރަކު ވެސް ވަނީ އޭނާ އަށް ބިނޯދު ކިޔުމަށް އެދިފައެވެ.
ސުވާލަކީ ކުއްލިއަކަށް މާ މަޝްހޫރުވެގެން މިއުޅޭ ބިނޯދުއަކީ ކާކުތޯއެވެ؟ އަދި އޭނާގެ ވާހަކަ މާ ގިނަ މީހުން މި ދައްކަނީ ކީއްވެގެންތޯއެވެ.
މިކަންތައް ފެށުނު ގޮތަކީ ސްލޭ ޕޮއިންޓޫން ހެދި ޔޫޓިއުބް ވީޑިއޯއެއްގައި އަބްޔުދަޔާ އާއި ގޯތަމީ، ޔޫޓިއުބް ވީޑިއޯ އަކާއި ގުޅިގެންނެވެ. އެ ވީޑިއޯއަކީ ތާކުންތާކު ނުޖެހޭ ނޫނީ ތަފާތު ކޮމެންޓްތައް ކުރާ މީހުންނާއި މެދު ހެދި ވީޑިއޯއެކެވެ. އެ ވީޑިއޯއަށް ސްލޭ ޕޮއިންޓުން ހޯދި ހޯދުމުން ފެނުނީ މަޝްހޫރު އެތައް ބައެއްގެ ވީޑިއޯއަށް ބިނޯދް ތާރޫ ކިޔާ މީހަކު ކޮށްފައިވާ ކޮމެންޓްތަކެވެ.
މަގްބޫލް އެތައް ބައެއްގެ ވީޑިއޯ އަށް އޭނާ ތަކުރާރުކޮށް ކޮމެންޓްކޮށްފައިވާ އިރު ކޮންމެ ކޮމެންޓެއްގައި ވެސް ލިޔެފައި އޮންނަނީ ހަމައެކަނި "ބިނޯދު" މިހެންނެވެ.
ޔޫޓިއުބް ވީޑިއޯގެ ކޮމެންޓް ސެކްޝަން އަށް ކުއްލިއަކަށް އެތައް ބަޔަކު ވަނީ ބިނޯދު ޖެހުމަށް ފަހު ކޮމެންޓް ކޮށްފައެވެ.
މިހާރު ބިނޯދުއަކީ ކޮންމެ ކަމަކަށް ވެސް ބޭނުންކޮށްލެވޭ ނަމެކެވެ. ރުޅިއަޔަސް އުފާވިޔަސް އެހެން ކަމެއް ވިޔަސް ބުނަނީ ބިނޯދެވެ. އަދި އިސާހިތަކު ބިނޯދު އަކީ އެންމެ މަޝްހޫރު މީމް މެޓީރިއަލް އަށް މިވަނީ ވެފައެވެ. ނުވިތާކަށް ފުލުހުންނާއި، ކުންފުނިތަކުން ވެސް ވަނީ ބިނޯދުގެ ނަން ބޭނުން ކޮށްފައެވެ.
މޮޔަވޭ
ބިނޯދު
ބިނޯދު ކިޔަނީ ގުއިވަޅުމެއްސަށް.
ބިނޯދު
ބިނޯދު
މަޖިލިސް ރައީސް ބޯގޯސް ބިނޯދު ހަ ހަ !!
ބިނޯދު
ޝައިޠާނާގެ އާލާތްތައް