އިންސްޓަގްރާމްގައި 154 ހާސް ފޮލޯވަރުން އެބަތިއްބެވެ. ރާއްޖޭގެ ރީތި މަންޒަރުތައް މުޅި ދުނިޔެއަށް ދައްކަމުން ދަނީ އޭނާގެ ރީތި ފޮޓޯތަކާއި، ވީޑިއޯތަކުންނެވެ. ފޮޓޯތަކަށް ފަސް ހާހުން ލައިކް ލިބެއެވެ. ވީޑިއޯތަކަށް 6000 އަށްވުރެ ގިނަ ލައިކް ލިބެއެވެ. އޭނާގެ ފޮޓޯތަކާއި ވީޑިއޯތަކަށް 100 އަށްވުރެ ގިނަ ކޮމެންޓް ލިބެއެވެ. އެހެންކަމުން މިއީ ރާއްޖޭގައި އިންސްޓަގްރާމްގެ ތަރިއަކަށް ނުވާންވީ ސަބަބެއް ވެސް ނެތެވެ.

އެއީ ބ. އޭދަފުއްޓަށް އުފަން އާދަމް ހަލީމް (އެޑަމް)އެވެ.

https://www.instagram.com/p/BuTT848loJD/?igshid=1aw06tdtu4cor

ރަށުގައި މިހާރު ގިނަ ވަގުތު އޭނާ ހޭދަ ކުރާ އިރު، އިންސްޓަގްރާމް ކުރާ ފޮޓޯތަކާއި، ވީޑިއޯތަކަކީ ލިބޭ ހުސް ވަގުތުތަކުގައި ތަންތަނަށް ގޮސް ނަގާ ފޮޓޯތަކާއި ވިޑިއޯތަކެވެ. އޭނާގެ ފޮޓޯތަކާއި ވީޑިއޯތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބޭ އިރު، މިކަން އޭނާ ކުރަނީ އެއްވެސް އަގަކާ ނުލާކަން ފާހަގަކޮށްލަން ޖެހެއެވެ. މިއީ އޭނާ ކުރާހިތްވާތީ ކުރަން ފެށި މަސައްކަތެވެ. އެއްވެސް ކަހަލަ އާމްދަނިއެއް ހޯދުމުގެ ބޭނުމަކު ނޫނެވެ.

އެޑަމް އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ ރިސޯޓެއްގައެވެ. އެއީ ވެލިގަނޑު އައިލެންޑް ރިސޯޓުގައެވެ. އެ ރިސޯޓުގައި އޭނާ ހައުސްކީޕިން ދާއިރާގައި މަސައްކަތުގައި ނުވަ އަހަރު ހޭދަ ކުރިއެވެ. އޭނާ ފޮޓޯ ނެގުމަށް ޝައުގުވެރިކަން އުފެދުނީ އޭރުއެވެ.

https://www.instagram.com/p/B82bvFZhuwU/?igshid=17kpblpdjktn7

"ރިސޯޓުގައި އުޅުނުއިރުވެސް ވަރަށް ފޮޓޯ ނަގަން ފޯނުން، އެގޮތަށް ނަގަމުން، ނަގަމުން އައިސް، އުޅެފައި، ރިސޯޓް ލައިފް ދޫކޮށްލީ އާއިލާ ބިޒްނަސް ފަށައިގެން ރަށުގައި. ދެން ވިޔަފާރީގައި މި އުޅެނީ، އެހެން އުޅެމުން ހިތަށް އެރީ އިންސްޓަގްރާމް ހިންގަން ފަށަންވީއޭ،" އެޑަމް "ވަގުތު" ކިޔައި ދިނެވެ.

https://www.instagram.com/p/B9LgQgKB-rS/?igshid=1e668uy5gb0oe

އެޑަމް ފާހަގަކުރިގޮތުގައި، އޭނާ ނަގާ ފޮޓޯތައް އެންމެ ފުރަތަމަ އާންމު ކުރީ ފޭސްބުކްގައެވެ. ފޭސްބުކްއަށް އޭނާ ނަގާފައި ލާ ފޮޓޯތަކަށް އާއްމުންގެ ސަމާލުކަން ލިބުނުއިރު، އޭނާ އިންސްޓަގްރާމް ފަށައިގަތީ 2014 ވަނަ އަހަރުއެވެ. އޭނާގެ އިންސްޓަގްރާމްގައި މިހާރު 412 ޕޯސްޓު ކޮށްފައި ވެއެވެ.

މުޅިންވެސް ހުރީ ރާއްޖޭގެ އެކި ތަންތަނަށަށާއި، ރާއްޖެއިން ބޭރަށް ގޮސް އޭނާ ނަގާފައި ފޮޓޯތަކާއި ވީޑިއޯތަކެވެ. ރިސޯޓްތަކަށާއި، ފިނޮޅުތަކަށް ގޮސް ނަގާފައިވާ ފޮޓޯ ތަކެވެ. އޭނާ ނަގާފައިވާ ކޮންމެ ފޮޓޯއެއްވެސް ތަފާތުވެފައި ރީތިކަން ދައްކުވައިދެއެވެ. ކޮންމެ ފޮޓޯއެއްގައި އެއީ ކޮން ތަނެއްގައި ބަޔާންކޮށް ލިޔެފައި ވެއެވެ.

"ކުރިން ފޭސްބުކަށް ފޮޓޯ ލަމުންދިޔައިރު، ގާތް ރައްޓެހިން ބުނާނެ ވަރަށް ރީއްޗޭ. ބޮޑަށް ފާހަގަވެގެން ދިޔައީ އިންސްޓަގްރާމްއަށް ފޮޓޯތައް އަޅަން ފެށި ފަހުން".

އޭނާ އެންމެ ފުރަތަމަ ވެސް އިންސްޓަރްގާމް ކުރަމުން ދިޔައީ ގުދުރަތީ ރީތި މަންޒަރުތަކުގެ ފޮޓޯއެވެ. ފުރަތަމަ ފޮޓޯއަކީ ފަޅު ރަށެއްގެ ގޮނޑުދޮށް ފެންނަ ފޮޓޯއެކެވެ.

https://www.instagram.com/p/CCdjRaKhpS2/?igshid=14m0hw34sflbx

"ދުނިޔޭގެ ގިނަ މީހުން ކަންތައްތައް ކޮށްފައި ހުންނަނީ އިންސްޓަގްރާމްގައި، އެހެންވެ ހިތަށް އެރީ ރިސޯޓް ލައިފް ނިމުނީމަ ގައުމަށް ކޮށްދެވޭނެ މިކަމުންވެސް، އެކަން އެކި މީހުން ކުރާނީ އެކި ގޮތްގޮތުންނޭ. ރާއްޖެ ޕްރޮމޯޓް ކުރާނީ އޭ. އެހެން ހިތަށް އަރާފައި ފޮޓޯ ލަނީމި، ދިމަދިމާލުން ނަގާފައި". އެޑަމް ރާއްޖޭގެ ރީތި މަންޒަރުތައް ފޮޓޯ ނަގަން ފެށުނު ގޮތް ހިއްސާ ކުރަމުން ބުންޏެވެ.

އެޑަމް ބުނީ، މިގޮތަށް އޭނާ ނަގާ ފޮޓޯތައް ރީތިވެގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު އޭނާ ގާތުގައި އެތަންތަނާއި ގުޅޭ މައުލޫމާތުތައް ހޯދައެވެ.

"ބައެއް މީހުން މެސެޖްކޮށްފަވެސް، ކޮމެންޓްކޮށްފަވެސް ބުނާނެ ތި އުޅެނީ ދުނިޔެ މަތީގެ ސުވަރުގޭގައޭ، އެކަހަލަ ވަރަށް ބައިވަރު ކޮމެންޓް ކުރާނެ ދުވާލެއްގެ މައްޗަށް،" އެޑަމް ބުންޏެވެ.

https://www.instagram.com/p/CDaQV0uhh_o/?igshid=kool8p2a3mxp

އެޑަމް އެޕަލް އައިޕޮޑަކުން ނަގަން ފެށި ފޮޓޯތަކާއެކު އެކަމަށް ޖެހުނީ ބޮޑު ޝައުގުވެރިކަމެކެވެ. އޭގެ ފަހުން އައިފޯނުން ނަގަން ފެށިއެވެ. އަދި އަމިއްލަ ކެނޯން ކުޑަ ކެމެރާއެއްވެސް ގެންގުޅުނެވެ. އަދި ފަސް މީހުންގެ ރަހުމަތްތެރިންގެ ގްރޫޕަކުން ޑްރޯން އާއި ގޯޕްރޯ ކަހަލަ އެއްޗެހި ގަނެ، ފޮޓޯ ނަގަން ފެށީ އެންމެންގެ އެހީއާވެސް އެކުގައެވެ. މަސައްކަތް ކުރަނީ އެންމެންގެ މެދުގައެވެ.

އެޑަމް ފާހަގަކުރި ގޮތުގައި، އޭނާ އަމިއްލައަށް ކުރާ ހިތުން ކުރާ މިކަންތަކުގައި އާއްމުންގެ އެއްބާރުލުން ލިބޭއިރު، ގެސްޓް ހައުސްތަކާއި، ރެސްޓޯރެންޓްތައް ޕްރޮމޯޓް ކުރުމަށް ވެސް އޭނާއަށް ފުރުސަތު ލިބެއެވެ.

https://www.instagram.com/p/CCrLy91BcUB/?igshid=l7ybc08sn6t7

"އަސްލު ހަގީގަތަށް ބުނާނަމަ ކެރިއާއެއްގެ ގޮތުގައެއް ނޫން މިކަން ކުރިއަށް މި ގެންދަނީ، އަސްލު އަޅުގަނޑު ރަށުގައި ވިޔަފާރި ކުރަން އުޅެމުން އަޅުގަނޑު ހޮބީއެއްގެ ގޮތުގައި ކުރާ ކަމެއް މިއީ. އެކަމަކު ބައިވަރު މީހުން ބުނެގެން އަޅުގަނޑު ޕްރޮމޯޓްކޮށް ދެން އިންސްޓަގްރާމްގައި، ރެސްޓޯރެންޓްތަކާއި، ގެސްޓް ހައުސްތަކާއި. ދެން ބައެއް މީހުން ބުނާނެ ބައެއް އެއްޗެހީގެ ސްޓޯރިތައް ހަދައިދޭން ވެސް. އަޅުގަނޑު ހަމަ އެއްވެސް އަގަކާއި ނުލާ ހަދަން،" އެޑަމް ބުންޏެވެ.

އޭނާ ބުނެފައިވާ ގޮތުން، އަމިއްލަ ބުރަ މަސައްކަތްކޮށް ނަގާފައިވާ ފޮޓޯތައް ހުންނާނެއެވެ. އެގޮތުން އެޑަމް ވަނީ އޭނާ ނަގާފައިވާ ބައެއް ސަންސެޓް ފޮޓޯތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

"އަޅުގަނޑު ބުރަ މަސައްކަތްކޮށް ނަގާފައި އިންނާނެ ސަންސެޓް ފޮޓޯއެއް، ގަލުން އެއްޗެހި ހަދައިގެން، އެކި ގޮތްގޮތަށް ހަދާފައި ހުންނާނެ ސަންސެޓް ކުރީގަ، އަޅުގަނޑު އަމިއްލަ ބޮލިތަކެއް ބޭނުންކޮށްގެން،"

https://www.instagram.com/p/BH89OBXBqFh/?igshid=1nnydyq1cjq9k

އޭނާގެ އިންސްޓަގްރާމް އިން ފެންނަނީ ބޮޑަށް ބ. އަތޮޅުގެ ރަށްތަކާއި ރިސޯޓްތަކާއި، ފިނޮޅުތަކެވެ.

https://www.instagram.com/p/B-aGRivhtlq/?igshid=vblflhoeirjw

އެޑަމް ބުނަނީ އޭނާ ބޭނުންވަނީ ރާއްޖެ އިޝްތިހާރު ކުރާ މީހެއްގެ ގޮތުގައި ރިޕްރެޒެންޓް ވާށެވެ.

"އަޅުގަނޑުގެ ވިސްނުން ހުރީ ރިސޯޓްތަކުންވެސް ޗާންސް ލިބިއްޖެއްޔާ ގޮސް، ނޫނިއްޔާ ގެސްޓް ހައުސްއަށް ގޮސް އެގޮތަށް ފޮޓޯ ނަގަން. ބޮޑަށް ބޭނުންވަނީ ގައުމަށް ކޮށްދެވޭ ކަމެއްގެ ގޮތުގައި ކޮށްދޭން،" އެޑަމް ބުނެފައިވެއެވެ.

އެޑަމް ބުނީ މިހާ ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެއްބާރުލުން ލިބިގެންނެވެ. އެގޮތުން މިހާތަނަށް މީހެއްގެ ފަރާތުން މަލާމަތް ރައްދުވެފައި ނުވާ ކަމަށާއި ރަހުމަތްތެރިންނާ އާއިލާ އަދި ރަށު މީހުންގެ ފަރާތުން މިކަމަށް ބޮޑު އެއްބާރުލުމެއް ލިބެން އަންނަ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

https://www.instagram.com/p/CBelIKolS-Z/?igshid=123qtgtuvkijw

"ބޮޑަށް ފާހަގަކޮށްލެވެނީ ގައުމުން ބޭރު މީހުން، ވަރަށް ބޮޑަށް ސަޕޯޓް ލިބޭ އެ މީހުންގެ ފަރާތުން".

އޭނާގެ އުއްމީދުގެ ހުޅުކޮޅު ދިއްލެމުން ގޮސް، އެއަށް އިތުރު އަލިކަމެއް ލިބިގެން ދިޔައީ އެމެރިކާގެ ގޯލީގޮމީގެ ބްރޭންޑް އެމްސެޑަރުކަންވެސް ލިބުމުންނެވެ. އެއީ އެމެރިކާގެ ސިއްހަތާއި ބެހޭ، ވެރިފައިޑް އެކައުންޓެކެވެ. އެހެންކަމުން އޭނާގެ މަސައްކަތްތައް ބޭރު ދުނިޔޭގެ ލޯތަކަށް އަމާޒުވާކަމުގެ ހެކިތައް އެދަނީ ފެންނަމުންނެވެ. އޭގެން އޭނާ ނެރޭ ނަތީޖާއަށް އޭނާއަށްވެސް ފައިދާ ލިބެއެވެ.

https://www.instagram.com/p/B_MxDr7h_20/?igshid=b1tudtocwl3i

"އެ މީހުން އަޅުގަނޑަށް މެއިލްކޮށްފައި މި އިންނަނީ، ގިނަ ފޮލޯވަރުން ތިބޭ އެކްޓިވް މީހެއްގެ ގޮތުގައި ފާހަގަވާތީ އެމްބެސެޑަރުކަން ދޭ ކަމަށް. ދެން ވަރަށް އުފާވި އަސްލު".

އަދި އޭގެ ފަހުން އޭނާ ވަނީ އެމެރިކާގެ އަންނައުނު ވިއްކާ ބައެއް ކަަމަށްވާ ޗިކްގެ އެމްބެސެޑަރުކަންވެސް ލިބިފައެވެ.

"އޭގައި ހުންނާނެ އަޅުގަނޑަށް ޑިސްކައުންޓް ދީފައި، މިސާލަކަށް 200 ޑޮލަރަށް ދޭ އެއްޗެއް އަޅުގަނޑަށް ލިބޭނެ 60 ޑޮލަރަށް ނޫނީ 50 ޑޮލަރަށް،އެކަމަކު މީގައި އަޅުގަނޑު ކުރަން ޖެހޭ ކަމަކީ މި ބުނާ ދޭތީގެވެސް ސްޓޯރީ ހެދުން، ޕްރޮމޯޓް ކުރުން،" އެޑަމް ބުންޏެވެ.

އެޑަމް ގަބޫލުކުރާ ގޮތުގައި ފޮޓޯގްރަފީ ދާއިރާގައި ރާއްޖޭގައި މިހާރު ފުރުސަތު އެބަ އޮތެވެ. އަދި މިއީ ކެރިއާއެއްގެ ގޮތަށްވެސް ކުރެވިދާނެ މަސައްކަތެއް ކަަމަށް އޭނާ ގަބޫލު ކުރެއެވެ.

https://www.instagram.com/p/CCvTZ1_Bb7X/?igshid=i2uyhg3bi45k

އެޑަމް ބުނީ، އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އެންމެ ފޮލޯވަރުން ގިނަ އެއް އެކައުންޓަށް ވުން ކަމަށެވެ. އަދި ގޯލީގޮމީ އާއި ޗިކްގެ އެމްބެސެޑަރުކަން ލިބުންވެެސް އެއީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށްވެސް އެެޑަމް ބުންޏެވެ.

"އަސްލު އަޅުގަނޑު ވަރަށް އުފާވޭ ރާއްޖެ އަކީ ހާދަ ރީތި ތަނެކޭ، ކޮން ތަނެއްހޭ އެންމެ ދާން ބޭނުން ރަނގަޅީ މިފަދަ މެސެޖްތަކާއި ކޮމެންޓްތައް އަންނާތީ"

https://www.instagram.com/p/CCLgp-_hffo/?igshid=uadge8jxq3q5

އޭނާ ވަނީ މިކަމުގައި އޭނާ ކުރިއަށް ދިއުމަށް އެހީތެރިވެދޭ އެންމެންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ވަކިން ހާއްސަކޮށް އޭނާ ވަނީ މެސީ، ފައިސަލް، އަޝްފާން، ޝިޔާޒް، ސޮބީ، ފަޒޫ އަދި ނާދީގެ ނަން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޅަތީފާ

    ނޮހޮރުއްޕާން ވާވަރައް އެޑިޓް ކުރީމަ ރީތި ކަން ގެއްލިފަ ތިޔަހުރީ ރާއްޖޭގެ ގުދުރަތީ މަންޒަރުތަ ކަ ކީ އެޑިޓް ނު ކުރިޔަސް ހިތްގައިމު ރީތި ކަން ދައް ކުވައިދޭނެ މަންޒަރުތަ ކެއް

    57
    18
  2. ކަޅޯ..

    އެއީ ފޭކު ފޮލޯ ވަރސް.. މަށަށް ހީވަނީ... ތާރޑް ޕާޓީ އެޕްސް ބޭނުން ކޮއްގެއް ފޭކު ލައިސް އަދި ފޮލޯ ވާރސް އެެއީ.. މަ ބަލާ ފިން..

    28
    2
  3. އަލީލީ

    އަސްލުބަލަންވީ ލިބޭ ލައިކް އަކަށް ނޫން. ފޮލޮވާރސް އަކަށްވެސް ނޫން. އެފޮޓޯގައި އެވާ ގުދުރަތީ އަޖައިބުތަކަށް. އިންސްޓެޑް އޮފް ބީންގް އެމޭޒްޑް އެބައުޓް ދަ ފެކްޓް ދެޓް ވީ ހޭވް ޓޭކަން އެން އެމޭޒިން ޕިކްޗަރ ވީ ނީޑްޓްބީ އެމޭޒްޑް އެބައުޓް ދަ ޔުނީކް އެމޭޒިންނަސް އޮފް ވަޓްސް އިން ދަ ޕިކްޗަރ. ދެން އޮންލީ ވީ ވިލް ފީލް ހަމްބަލް އެންޑް ރިއަލައިޒް ދަ ޕަވަރ އޮފް ދަ ކުރިއޭޓަރ އޮފް ވަޓްސް އިން ދަ ޕިކްޗަރ

    23
    8
  4. ފޮޓޯ

    ރާއްޖެ އިޝްތިހާރުކުރާ މީހާގެ ނޫހުގަ ޖަހަން ލިބުނީ ބޭރުގައުމެއްގަ ނަގާފައިން ފޮޓޯއެއްތަ؟

    18
    1
  5. ހުސްނުވި ސޫދު

    ރީއްޗެއް ނޫން.. އެއްގޮތަކަށްވެސް ކަމަކު ނުދޭ. ސުމެއް ހަމަ.

    7
    5
  6. އ . ޖ . އ

    ނެއްތަ ފްރީ ޕްރޮމޯޝަނެއް ލިބޭކަށް