އޭލިއަލުން ހޯދަން ސައިންސްވެރިން ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އޭލިއަނެއްގެ ޚަބަރެއް ނުވެއެވެ. މިހާތަނަށް ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތައް އެތައް ޚަރަދެއް ކުރެވިފައި ވާއިރު އޭގެ ބަދަލު ލިބޭވަރުގެ މައުލޫމާތެއް ވެސް ހޯދިފައެއް ނެތެވެ.

އޭލިއަނުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނައިރު އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ޕުއެޓްރޯ ރިކޯގައި އޭލިއަނުން ހޯދަން ބިނާކޮށްފައި ހުންނަ ބޮޑު ޓެލެސްކޯޕަށް މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޓެލެސްކޯޕްގައި ހުންނަ ރާޑަރު ޑިޝް ފަޅައިގެން ގޮސް، ކޭބަލްތައް ބުރިވެ ބޮޑެތި ގެއްލުންތައް ލިބުނީ އެރޭ މެންދަމު 02:45 ކަންހާއިރު ކަމަށް ޓެލެސްކޯޕް ބަލަހައްޓާ ޔުނިވަސިޓީ އޮފް ސެންޓްރަލް ފްލޮރިޑާ އިން ބުނެއެވެ. މި ޓެލެސްކޯޕްގެ ކަންކަން ބެލެހެއްޓުމުގައި އެމެރިކާގެ ނޭޝަނަލް ސައިންސް ފައުންޑޭޝަނުން ވެސް ބައިވެރިވެއެވެ.

ޔުނިވަސިޓީ އޮފް ސެންޓްރަލް ފްލޮރިޑާ އިން ނެރުނު ބަޔާނެއްގައި ބުނީ ޓެލެސްކޯޕަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ސަބަބެއް ނޭންގޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން ދަނީ ލިބުނު ގެއްލުންތައް ދިރާސާކޮށް، ހާލަތު ވަޒަންކުރުމުގެ މަސައްކަތް ކުރަމުން. އެންމެ އިސްކަން ދެނީ މުވައްޒަފުންގެ ރައްކާތެރިކަމާއި، އަޅުގަނޑުމެންގެ ވަސީލަތްތަކުގެ ރައްކާތެރިކަމަށް. ވަރަށް އަވަހަށް ފެސިލިޓީގެ މަސައްކަތް އަލުން ފެށޭނެ ކަމަށް އުއްމީދު ކުރަން." ޔުނިވަސިޓީ އޮފް ސެންޓްރަލް ފްލޮރިޑާގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިޓެލެސްކޯޕަށް ގޮތް ނޭންގޭ އެކްސިޑެންޓެއްގައި ގެއްލުން ލިބިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނުމުން ގިނަ އާއްމުން މީސް މީޑިއާގައި ބުނެފައި ވަނީ ޓެލެސްކޯޕަށް ހަމަލާ ދީފައި ވަނީ އޭލިއަނުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެބުނުންތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތެވެ.

ޕުއެޓްރޯ ރިކޯ ގައި އޭލިއަނުންނާއި ގުޅޭ ދިރާސާތައް 1963 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިހާރު ޔުނިވަސިޓީ އޮފް ސެންޓްރަލް ފްލޮރިޑާ އިން ބަލަހައްޓަމުން އަންނަ ޓެލެސްކޯޕް އަކީ ބޮޑުމިނުގައި 1000 ފޫޓް ހުންނަ ޓެލެސްކޯޕެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސ

    ކޮބާ ސީސީ ކެމެރާތަކާއި އެހެން ރާޑަރުތަށް؟ ފޮރުވިފައިވާ ސިއްރެއް އެބައޮތް ތިޔަކަމުގައި

    18
  2. ކާފަދ

    ގިފިލި ބަކަންޏާ ރުޅިއަންނާނެދޯ

    14
  3. އެދުރުބެ

    އޭލިއަނޭ ކިޔައިގެން ކޮން މެ ވެސް އެހެން ޖަރީ މމމާއެއް ހިންގަނީ.

    13
    1