ބޮލީވުޑްގެ ފިލްމް އުފެއްދުންތެރިޔާ ނިޝިކަންޓް ކަމަތް އަށް އިންޑިއާގެ ހައިދަރް އާބާދުގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފިއެވެ.

އުމުރުން 50 އަހަރުގެ ނިޝިކަންޓް ކްރޯނިކް ލިވާ ޑިޒީސް ޖެހިފައިވާ ކަމާއި، އިތުރު އިންފެކްޝަންތަކެއް ހަށިގަނޑުގައި އުފެދިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކްޓަރ ޝަރްދް ޖެލްކަރް ވަނީ، އޭނާ ލައިފް ސަޕޯޓްގައި އޮތް ކަމާއި، އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށްވެސް ބުނެފައެވެ.

ފިލްމް އުފެއްދުންތެރިޔާ މިލާމް ޒަވެރީ ވަނީ އޭނާ ނިޝިކަންޓް އާއެކީ ހޭދަ ކުރި ދުވަސްތަކުގެ ހަނދާންތައް އާކޮށްފައެވެ. އަދި ހޮސްޕިޓަލްގައި ހުރި މީހަކާއި ވާހަކަދައްކާލުމުގެ އެނގުނުގޮތުގައި، ނިޝިކަންތް މަރާއި ހަނގުރާމަ ކުރަމުންދާ ކަމަށް އެނގިފައިވާ ކަމަށެވެ.

"އަހަރެން ވާހަކަދެއްކިން ހޮސްޕިޓަލްގައި ނިޝިކަންތް އާއެކު ހުރި މީހަކާއި. އޭނާ އަދި މަރެއް ނުވޭ، އެކަމަކު ހާލު ވަރަށް ކްރިޓިކަލް. އޭނާ ދަނީ މަރާއި ހަނގުރާމަ ކުރަމުން. އެކަމަކު އޭނާ އަދި ދުނިޔޭގައި އެބަ ހުރި"މިލާޕް ބުނެފައި ވެއެވެ.

މިލާޕް މިގޮތަށް ބުނެފައި ވާއިރު، އޭނާ މަރުވެއްޖެ ކަމަށް ބުނެ އިންޑިއާ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ނިޝިކަންތްގެ އެންމެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި އަޖޭ ޑީވްގްން ފެނިގެން ދިޔައީ ޑްރިޝްޔާމް އާއި އިރްފާން ޚާން ފެނިގެން ދިޔަ މަޑާރި ހިމެނެއެވެ. އޭނާ ވަނީ ޖޯން އަބްރަހަމްއާއެކުވެސް ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ ފޯސް އާއި ރޮޑީ ހޭންޑްސަމް ފިލްމް ގައެވެ.

ކިޔުންތެރިންގެ ހިޔާލު