މެކްސިކޯއަށް ނިސްބަތްވާ ފަވިއޯލާ ރޮޑްރިގުއޭޒް މަރުވިއިރު އުމުރަކީ އެންމެ ދެ އަހަރެވެ. އޭނާ މަރުވެފައު ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ. އޭނާ މަރުވެފައި ވަނީ، ސައުންޑްރާ ގޮންޒަލް ނަމަކަށް ކިޔާ އެ ކުއްޖާގެ މަންމަގެ ލޯބިވެރިޔާގެ ބެލުމުގެ ދަށުގައި ހުއްޓާއެވެ. އެ ކުއްޖާ މަރުވުމުން، އާއިލާއިން ވަނީ މޮސާނިކް ސަހަރާގައި އެ ކުއްޖާ ވަޅުލާފައެވެ.

އެ ކުއްޖާ މަރުވިތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެފައިވާ ސަައުންޑްރޭ ބުނާގޮތުގައި، ސަހަރާގައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން އޭނާއަށް އޭނާގެ ދަރިފުޅު މަހާނަ ކައިރިއަށް ޒިޔާރަތް ކުރި މަންޒަރު ފެނިފައި ވެއެވެ.

ސައުންދްރާ ބުނެފައިވާގޮތުން އޭނާގެ ދަރިފުޅު ވަޅުލި ފަހުން މައްސަލަތަކެއް ދިމާވެފައި ވެއެވެ. އެގޮތުން އެމީހުން ފަވިއޯލާގެ މަހާނަ ކައިރީގައި ބަހައްޓާފައި ހުންނަ ކުޅޭ އެއްޗެއްސާއި، އެހެނިހެން ބައެއް ތަކެތި ގެންދާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެކަމާއި ހެދި ސަހަރާގައި މަސައްކަތް ކުރާ މީހުން ކައިރީގައި ސައުންދްރާ ވަނީ އެކަން ބަލާދިނުމަށް އެދިފައެވެ.

ސައުންދްރާގެ އާއިލާ ނޫން އެހެން އާއިލާއަކަށްވެސް އެފަދަ މައްސަލައެއް ވަނީ ކުރިމަތިވެފައެވެ. އެ މީހުން ބުނާގޮތުގައި، އެ މީހުންގެ ދަރިފުޅު މަރާލި މީހާ ދޫކޮށްލާފައި ވުމުން، އެ މީހާ ސަހަރާއަށް ގޮސް އޭނާގެ މަހާނައަށް ގެއްލުން ދެނީއެވެ. އެކަން ބެލުމަށް އެ މީހުން ވަނީ ސަހަރާގައި ކެމެރާ ހަރުކޮށްފައެވެ.

އެގޮތުން އެ ހަރުކުރި ކެމެރާއަށް އެއް ރެއެއްގައި ކުޑަ ކުއްޖަކު ސަހަރާ ތެރޭގައި ހިނގާ މަންޒަރު ވަނީ އަރާފައެވެ. އެ މަންޒަރު ފެނުމާއެކު ވަގުތުން އެ އާއިލާއިން ވަނީ ސަހަރާގެ ވެރިން ކައިރިއަށް ގޮސް، އެއީ ގެެއްލިގެން އުޅޭ ކުއްޖެއްކަމަށް ވެދާނެ ކަމަށް ބުނެފައެވެ.

"އަހަރުމެންނަށް އިނގޭ އެ އަންހެން ކުއްޖާ ދިޔައީ ފަވިއޯލާގެ މަހާނައާ ދިމާލަށް ކަން" އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހަކު ވީއޯއޭއައިއަށް ބުނެފައި ވެއެވެ.

އޭގެ އަނެއް ދުވަހު އެ އާއިލާއިން ވަނީ ސަހަރާއަށް ގޮސްފައެވެ. އަދި އެތަނުން ސައުންދްރާ އާއި އޭނާގެ މާމަ އެވަގުތު ފަވިއޯލާގެ މަހާނަ ކައިރީގައި ތިއްބެވެ. އެ މީހުން ވަނީ ސައުންދްްރާއަށް ކެމެރާއިން ފެނުނު މަންޒަރު ދައްކާފައެވެ. އޭނާއަށް އެ މަންޒަރު ބަލާފައި ރޮވުނެވެ.

"އަހަންނަށް އިނގޭ އެއީ އަހަރެންގެ ދަރިފުޅު"

އޭނާ ފޭސްބުކްގައި ލިޔުނީ، އެ ވީޑިއޯއިން ފެނުނު ކުއްޖާގެ ބޮލުން ފަށައިގެން ފައިތިލައާ ހަމައަށްވެސް ވައްތަރީ ފަވިއޯލާ އާ ކަމަށެވެ. އަދި އިސްތަށިގަނޑާއި، ލައިގެން ހުރި އަންނައުނުންވެސް އެއީ އޭނާގެ ދަރިފުޅު ކަމަށް ބުނެފައި ވެއެވެ.

ފަހުން ފެނުނު އެ ސަހަރާގެ ފޮޓޯއަކުން ފެންނަނީ، އެ ކުއްޖާ ދިގުކޮށް ހުރި މީހަކާއެކު ދާ ތަނެވެ. ސައުންދްރާ ގަބޫލުކުރާގޮތުގައި ދަރިފުޅު އެ ދަނީ ސުވަރުގެއަށެވެ.

ފަވިއޯލާ މަރުވެފައި އޮއްވާ ފެނުނުއިރު، އޭނާ މަރާލި ކަމަށް ބެލެވޭ ކަަމަށް އާއިލާއިން ބުނެފައި ވެއެވެ. އެގޮތުން ފަވިއޯލާ ފެނުނުއިރު، ހަށިގަނޑުގައި އަނިޔާތަކެއް ހުއްޓެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ??

    ؟ ޔާ ރައްބީ

    30
    4
  2. ގަރީނު

    އެކަހަލަ ކުޅިވަރު ޖިންނީން ދައްކާނެ. ޢަހަރުމެން މުސްލިމުން ހައިރާން ވާކަށް ނުޖެހޭ.

    30
    1
    • ާައަޒުމާ

      ތެދު

      12