އިންޑިއާ މީހެއްގެ ފްލެޓެއްގެ ރޫފްޓޮޕް މަތީގައި ހެދި ކުޑަ އެއާކްރާފްޓްގެ ފުރަތަމަ ޓެސްޓު ފްލައިޓް ބާއްވައިފިއެވެ. އެ ދަތުރު ކާމިޔާބު ކަަމަށް ރިޕޯޓްތައް ބުނެއެވެ.

ކެޕްޓަން އަމޯލް ޔަޑަވް މި ޕްރޮޖެކްޓްގެ މަސައްކަތް ފަށާފައި ވަނީ މީގެ 19 އަހަރު ކުރިންނެވެ. އެ މަސައްކަތް އޭނާގެ ގޭގެ ޓެރެސްގައި ހެދިއިރު، އެ އެއާ ކްރާފްޓްގައި ހަ ޕެސެންޖަރ ސީޓް ހުންނާނެ ކަމަށް ވެއެވެ. މިހާރު އޭގެ ޓެސްޓު ބުރު ވަނީ ބާއްވާފައެވެ.

އެހެންކަމުން ދެން އޮންނަ ޓެސްޓު ފޭސްއެއްގައި ޖެހޭނީ 2000 ފޫޓު މަތިން އެ އެއާކްރާފްޓަށް ދަތުރު ކުރެވޭނެ ކަމުގެ ޔަގީންކަން ދޭން ކަމަށް ޔަދަވް ބުނެފައި ވެއެވެ.

ޔަދަވް އެ ބޯޓު ޑިޒައިންކޮށް، ތައްޔާރުކުރަމުން ގޮސްފައި ވަނީ މަހަރްޝްތްރާގައި ހުންނަ އޭނާގެ ގޭގައެވެ.

"ޓެކްނީޝަނަކާއެކު އެ ބޯޓުގެ ފުރަތަމަ ޓެސްޓު ފްލައިޓް ބާއްވާފައި މި ވަނީ، އަދި އެއީ ބްލެންސް ފްލައިޓަކަށްވި. ވަރަށް ސަޅި" އޭނާ ބުނެފައި ވެއެވެ.

އެ ބޯޓުގެ ޓެސްޓު ދަތުރުގައި ފުރަތަމަ ބޯޓުގެ މޫވްމެންޓް ޓެސްޓުކޮށްފައި ވެއެވެ. އެގޮތުން ބިންމަތީގައި މަޑުންނާއި، ވަރަށް ދުއްވާ، ޓެކްސީ ވޭ އާއި ބޭސް އާ ދިމާލަށް ޓާންސް ނަގައި، ބްރޭކްސް އެއްޗެހި ހުރީ ރަނގަޅަށް ތޯ ބަލާފައި ވެއެވެ.

އޭނާއަށް އެ ފްލައިޓް ފުރަތަމަ ފޭސް ޓެސްޓް ކުރުމުގެ ހުއްދަ ލިބިފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ.

"އަހަރެން ބެލި އެ އެއާކްފާރްޓް ނައްޓާލާއިރުވެސް، ބެލެންސް ކުރޭތޯ އާއި އެއްޗެހި". ޔަދަވް ބުނެފައި ވެއެވެ.

ޓެސްޓު ފްލައިޓް ހެދުމަށްވެސް އިންސުރެންސް ބޭނުން ވެއެވެ. އޭނާ ބުނެފައި ވަނީ އެެއަށް ފައިސާ ހޯދާފައި ވަނީ އާއިލާ ފަންޑުންނެވެ.

އެ އެއާކްރާފްޓް ދުއްވާފައި ވަނީ 15-20 ވަރަކަށް ސިކުންތަކަށެވެ. އަދި އިތުރު ވަގުތުތަކަށް ދުއްވާނަމަ ފައިސާ ބޭނުންވާނެތީ އޭނާ ވަނީ އެކަން މަޑު ޖައްސާލާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރިފުޅު

    އައްޑޫގަ ވެސް ތިކަން ކުރި...ހުއްދަ ނުލިބުނީ---އުގެލް ވެސް ވަރަބޭނުންވި އެކަން ކުރަން

    18
    • ޟެެ

      ފޮޓޯ އެއް ކޮބާ

  2. Anonymous

    އައްޗި މިސޮރަށް އެވޯޑްވެސް ދިނީ މޯދީ ދޯ

  3. ޖޯން

    ދިވެހިރާއްޖޭގައި ތިކަހަލަ ކަމެއް މީހަކު ކޮށްފިއްޔާ ލާނީ ޖަލަށް.

  4. ޞބވ

    15 ސިކުންތައް ދުއްވީ ދޯ