އިންޑިއާގައި އަންހެނަކު، އޭނާގެ ދަރިފުޅުގެ އަންހެނުންނާއި، އޭނާއަށް މާމަ ކިޔާ ދަރިފުޅު ގެއްލުމާއި ގުޅިގެން އެ މީހުން ހޯދުމުގެ ބޭނުމުގައި މީހަކު ބުނި ބުނުމަކަށް، ދޫ ބުރިކޮށްލުމަށްފަހު ހިންދޫ މީހުން އަޅުކަން ކުރާ ކަލަންގެއަކަށް ދީފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު އެވެ.

ފުލުހުން ބުނެފައި ވަނީ، އެ އަންހެން މީހާއަކީ ލަކްޝްމީ ނިރާލާ ނަމަކަށް ކިޔާ އަންހެނެއް ކަމަށެވެ.

އަދި މިިދިޔަ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާގެ ދަރިފުޅުގެ އަންހެނުން ޖްޔޯތީ އާއި އޭނާގެ ދަރިފުޅު ގެއްލުނު ކަމަށެވެ. އަދި ނިރާލާ ދިޔައީ އެ މީހުން ފޭނޭތޯ ނުދާ ކުރަމުންނެވެ.

އޭނާގެ ފިރިމީހާ ނަންޑޫ ލަލް ނިރާލާ ބުނެފައި ވަނީ ޖްޔޯތީ ގެއްލުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އެ ދުވަހު ފެށި ކަަމަށެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން، ހޮނިހިރު ދުވަހު ނަންޑޫ ވަނީ އޭނާގެ ފިރިހެން ދަރިފުޅާއެކު ގޮސް ފުލުހުންގެ ސަމާލުކަމަށް ގެެނެސްފައެވެ.

"އަހަރުމެންނަށް ނުފެނުނު ހުކުރު ދުވަހުގެ ރޭގަނޑު އޭނާ ހޯދާ ހޯދާ. އަހަރެން ފުލުހުން ދިއުމުން ބުނީ އޭގެ އަނެއް ދުވަހު ހެނދުނު ދިއުމަށް ، ހޮނިހިރު ދުވަހަކީ މިނިވަން ދުވަސް ކަމުން އަހަރުމެން ދިޔައީ ހަވީރު ފުލުހަށް"

އަދި ފުލުހުންވެސް އޭނާ ހޯދަން ފެށިއެވެ.

"އެކަމަކު މިދިޔަ ހުކުރު ދުވަހު ލަކްޝްމީ ވަނީ އޭނާގެ ދޫ ބުރިކޮށްލާފައި، ކަލަނގެއަށް އޮފަރ ދީފައި، މީހަކު ބުނީ، އެކަމުގެ ސަބަބުން އެ މީހުން އެނބުރި އަންނާނެ ކަމަށް". ނަންޑޫ ބުނެފައި ވެއެވެ.

އެކަމާއި ފުރަތަމަ ލަކްޝްމީ ހޮސްޕިޓަލަށްވެސް ދާން ބޭނުން ނުވިއެވެ. އެހެން ނަމަވެސް އޭނާ ގާތުގައި ފަރުވާ ނުލިބިއްޖެ ނަމަ ހާލަތު ގޯސް ވެދާނެ ކަމަށް ބުނެ ވާހަކަދައްކައިގެން އެންމެ ފަހުން އޭނާ ހޮސްޕިޓަލަށް ދާން އެއްބަސް ވިއެވެ.

އޭނާ ގެންގޮސްފައި ވަނީ މަހާތްމާ ގާންދީ މެމޯރިއަލް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ،

މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާއަށް މިހާރު ވާހަކަ ނުދެއްކެ އެވެ.

އެ މީހުން ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި މީޑިއާ ރިޕޯޓްތައް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މޮޔަވެބަލަ...

    33
  2. ައަހުމަދު

    މާތްﷲ އިންސާނުން މާތްކުރައްވައި ސިކުނޑިދެއްވީ ވިސްނައި ފިކުރުކުރަން ، ޖާހިލުން ކަމުގައި ނުވުމަށް އެކަމަކު އެސިކުނޑީގެ ބެނުން ނުހިފުމުގެ ސަބަބުން ހަލާކުގެ ތެރެއަށް އިނަސާނާވެއްޓި ހަލާކުވަނީ.

    33